ފުރަތަމަ ސަފްހާ | ޚަބަރު | ފުޓްބޯލް މުބާރާތުގެ ތިންވަނަމެޗް އިއްޔެވަނީ ކުޅެފައި

ފުޓްބޯލް މުބާރާތުގެ ތިންވަނަމެޗް އިއްޔެވަނީ ކުޅެފައި

ފޮންޓް ސައިޒް: Decrease font Enlarge font
image ފުޓްބޯލް މުބާރާތުގެ ތެރެއިން ނެގިފައިވާ ފޮޓޯއެއް

މިމެޗްގެ މެއިންއޮފްދަމެޗަށް އިނާމުދެއްވީ ގދ އިއްޒަތްތެރި މެންބަރ ޒާހިރު ޢާދަމް އެވެ.

ގައްދޫގެ ކުލަބެއްކަމަށްވާ ޔޫތުސޮސައިޓީން އީދު ޗުއްޓީއާއިދިމާކޮށް އިންތިޒާމްކުރި ފުޓްބޯލް މުބާރާތުގެ ތިންވަނަ މެޗް އިއްޔެ ގައްދޫގެ ރަސްމީ ދަނޑުގައިކުޅެފިއެވެ. މިމެޗްގައި ބައްދަލުކުރީ ޕޮލިސްޓީމާއި ގެނޭޑާއެވެ މެޗުގެ ވަރަށްކުރީކޮޅު ގެނޭޑާއިން ލަނޑުޖަހާ މެޗްގެ ލީޑުވަނީ ހޯދާފައެވެ. ފުރަތަމަހާފް ނިމުނުއިރުވެސް އެކެއްސުމަކުން ކުރީގައިއޮތީ ގެނޭޑާއެވެ. ގެނޭޑާގެ ކުރީގެ މެޗަށްވުރެ ކުޅުން ރަގަނޅުކުރި މިމެޗްގެ ދެވަނަހާފްވެސް ރަގަޅަށްކުޅެ ލަނޑުޖަހާނެ ފުރުސަތު ލިބިފައިވަނީ ގެނޭޑާއަށެވެ. ނަމަވެސް ފަހުހާފްގެ ފަހު ވިހިމިނުޓްގެ ތެރޭގައި ދަނޑުގެ ދެކޮނުކޮޅު އިރުމަތީފަރާތުން ޕޮލިސްޓީމުގެ ކުޅުންތެރިއަކު ހުރަސްކުރި ބޯޅައަކުން ހަމައެޓީމުގެ ފޯވާޑު ކޭޓީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާއިގެން މެޗްގެ ސްކޯވަނީ ހަމަހަމަކޮށްފައެވެ. ލަނޑު ޖެހުމަށްފަހު ޕޮލިސްޓީމުގެ ކުޅުން ރަގަނޅުކަމަށް ފާހަގަކުރެވުނު މިމެޗްނިމުނީ އެކެއް އެކަކުން ދެޓީމް އެއްވަރުވެގެންނެވެ. މިހާރު ހަތަރު ދެމެޗް ކުޅެ ހަތަރުޕޮއިންޓާއެކު މުބާރާތުގެ އެންމެކުރީގައި ޕޮލިސްޓީމެވެ. ގެނޭޑާއަށް އެއްޕޮއިންޓް ލިބުނުއިރު ދެކޮނުކޮޑާ އަށް ވަނީ ތިންޕޮއިންޓް ލިބިފައެވެ. މިއަދުގެ މެޗުން ކެޓީ ޖެހިލަނޑާއެކު ކޭޓީ ވަނީ ދެލަނޑުޖަހާފައެވެ. މިއަދުގެ މެޗްގެ މެއިންއޮފްދަމެޗަކަށް ހޮވުނީ ގެނޭޑާގެ ޖޯޒީނަމްބަރ 7 ކެވެ. މެއިންއޮފްދަމެޗްގެ އިނާމްދެއްވީ ގދ. އިއްޒަތްތެރި މެމްބަރ އަލްފާޟިލް ޒާހިރު އާދަމް އެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0