ރިޔަލުބޮއްކުރާ ދުއްވުމުގެ ރޭސް ނިމިއްޖެ
މިރޭހަކީ އަސއރީކުލަބުން އިންތިޒާމްކުރި އީދުކުޅިވަރުގައި ހިމެނޭ ރޭހެކެވެ.
އަސަރީކުލަބުން އިންތިޒާމްކުރި ކުޅިވަރުތަކުގެ ތެރެއިން ބޮއްކުރާ ރިޔަލުރޭސް މިއަދު ނިމިއްޖެއެވެ. ހަތަރުޓީމަކުންވާދަކުރި މިމުބާރާތްފެށުނީ މިއަދު ދިހަގަޑި ސާޅީސްފަހެއް އެހާކަންހާއިރުގައެވެ. މިރިޔަލުރޭހުގަވެސް ވާދަކުރިޓީމް ތަކަކީ ފަލިރޭހުގަވެސް ވާދަކުރި ޓީމްތަކެވެ. އެގޮތުން ހަތަރުޓީމުން ވާދަކުރި މިރޭސް ކާމިޔާބުކުރީ ފަލިގުންބާގެ އަލީރަޝީދު( މާކޯނި އަލިބޭ) ދުއްވި ބޮއްކުރައެވެ. އަލިބޭ އަކީ ކުޅިވަރުގެ ދަނޑުގައި ވަރަށްމަޝްހޫރު ޒުވާނެކެވެ. ވަކީންޚާއްސަކޮށް ކަނޑުގައި ދުއްވާ އުޅަނދު ދުއްވުމުގައި ވަރަށްގާބިލް ހުނަރުވެރި ފަންނާނެކެވެ. ހަތަރު ބޮއްކުރާ ވާދަކުރި މިރޭސް ކާމިޔާބު ކުރުމުގައި އަލިބޭގެ ތަޖުރިބާ ވަރަށްބޮޑަށް ފާހަގަވެގެންދިޔައެވެ. ގިނަބެލުންތެރިނގެ ތަރުހީބު އޮހިގެންދިޔަ މިރޭހުން އެއްވަނައަށްދިޔަ ފަލިގުންބާގެ ޓީމަށް 7500 ރުފިޔާގެ އިނާމެއް ހުށަހެޅިފައިވާކަމަށް އަސަރީކުލަބުން މައުލޫމާތުދެއވިއެވެ. ހަތަރުޓީމުގެ ހަތަރު ބޮއްކުރާ ވާދަކުރި މިރޭސް ނިމިގެން ދިޔައީ ގާތްގަޑަކަށް އެގާރަގަޑިބައި އެހާކަންހާއިރުގައެވެ.
ރޭޓިންގ އެއް ދިނުމަށް



ކޮމެންޓްސް ފުނުއްވާ