ފުރަތަމަ ސަފްހާ | ޚަބަރު | އީދުކުޅިވަރުގެ ތެރެއިން ކޯޑިޖެހުން މިއަދު ނިމިއްޖެ

އީދުކުޅިވަރުގެ ތެރެއިން ކޯޑިޖެހުން މިއަދު ނިމިއްޖެ

ފޮންޓް ސައިޒް: Decrease font Enlarge font
image ފޮޓޯ ގައްދޫ އޮންލައިން

މިކޯޑީގެ ހިގާލުން ގައްދޫގެ ބޮޑެތިމަގުތަކުގައި ބާއްވައިފިއެވެ

ގައްދޫގައި ބޮޑުއީދުގެ ޗުއްޓީއާއި ދިމާކޮށް އިންތިޒާމްކުރި އީދު ކުޅިވަރުތަކުގެ ތެރެއިން ކޯޑިޖެހުން މިއަދު ބާއްވާފިއެވެ. މިކޯޑިޖެހުމުގެ ހުރިހާކަމެއް އިނތިޒާމްކުރެއްވީ ގައްދޫ ޗިޗަންޑާގެ މުހަންމަދު މުޚުތާރު އެވެ.މުހަންމަދު މުޚުތާރުގެ ފަރާތުން ވާހަކަދެއްކި މިކޯޑީގެ ބައިވެރިއަކުހާމަކުރިގޮތުގައި މިކޯޑި ޖެހުމުގައި ބައިވެރިވީ ގައްދޫގެ ދެވަންފުރާގެ އަންހެނުންތަކެކެވެ. މިކޯޑިޖެހުމުގައި ހުށަހަޅައިދިން ކުޅިވަރުތަކުގެ ތެރޭގައި ދަނޑިޖެހުން، މާފަތިޖެހުން، ބަނޑިޔާޖެހުން ޖެހުމުގެ އިތުރުން ލަވަޔާއި ޑާންސް ހުށަހަޅާދިނުން އޮތެވެ. މިކޯޑީގެ ބައިވެރިން ކޯޑިޔާއެކު ރަށުގެ ބޮޑެތިމަގުތަކުގައި ހިގާލުމެއްބާއްވާފައިވެއެވެ. މިހިގާލުމަށްފަހު މިކޯޑި ކަޑާފައިވަނީ ގައްދޫ އަބުލައީގޭ އަމްސޫދާ އަބުދުއްރަހުމާނެވެ. ކޯޑިކެޑުމުގެ އަގަކީ 2000 ރުފިޔާއެވެ. މިކޯޑީގެ ބައިވެރިންގެ ފަރާތުން ކޯޑިކުޅުމުގެ ހަފްލާ ފަހުގެ ތާރީޚެއްގައި ބާއްވާނެކަމަށް އެފަރާތުން ހާމަކުރެއްވިއެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0