އަންހެނުންގެ ފަލިރޭސް މިއަދު ނިމިއްޖެ
މިރޭހުން އެއްވަނަހޯދީ ޕޮލިސްޓީމް
ގައްދޫ އަސަރީކުލަބުގެ ފަރާތުން އިންތިޒާމުކުރި ފަލިރޭހުގައި އަންހެނުންގެ އީވެންޓު މިއަދު ގައްދޫގެ ބަނދަރު ސަރަހައްދުގައި ނިމިއްޖެއެވެ. މިއީވެންޓުގައި ބައިވެރިވީ ތިންޓީމަކުންނެވެ. އެއީ ގައްދޫ ޕޮލިސް ސްޓޭޝަނުން ބައިވެރިކުރުވި ޕޮލިސްޓީމާއި، އަމިއްލެގޮތުން ބައިވެރިވި ރަނިޓީމާއި، އަދި ވެލާވަޑާއެވެ.
ވަގުތު ބަލައިގެން ކުރިޔަށްދިޔަ މިރޭސް އެންމެ ސިކުންތަކުން މޮޅުވީ ޕޮލިސްޓީމެވެ. އެއްވަނައަށްދާ ޓީމަކަށް 7500 ރުފިޔާ ލިބޭ މިރޭހުގައި ދެވަނައަށް ދިޔައީ ރަނިޓީމެވެ. މިޓީމަށް ކަނޑައެޅިފައިވާ އިނާމަކީ 1000 ރުފިޔާއެވެ. ވެހެމުންދިޔަ ވާރޭގެތެރޭގައި ގިނަ ސަޕޯޓަރުން ތަރުހީބުދިން މިރޭސް ނިމުނީ އެދުވަހު 10:15 އެހާކަންހާއިރުގައެވެ.
ރޭޓިންގ އެއް ދިނުމަށް



ކޮމެންޓްސް ފުނުއްވާ