ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫގައި ކާށިން ތަކެތި އުފައްދާ ފެކްޓަރީއެއް އަޅާގޮތަށް ހަމަޖެހިއްޖެ.

ގައްދޫގައި ކާށިން ތަކެތި އުފައްދާ ފެކްޓަރީއެއް އަޅާގޮތަށް ހަމަޖެހިއްޖެ.

ފޮންޓް ސައިޒް: Decrease font Enlarge font

މިކަމަށް ބޭނުންވާ ބިން މިހާރުވަނީ ކަނޑައަޅާފައިކަމަށް ޚަބަރު ލިބިފައިވޭ.

 ކާށިބޭނުންކޮށްގެން ތަކެތި އުފައްދާ ފެކްޓަރީއެއް ގައްދޫގައި އަޅާގޮތަށް ހަމަޖެހިއްޖެއެވެ. ފިޝަރީޒް މިނިސްޓްރީއިން މިއަދު މައުލޫމާތު ދެއްވި ގޮތުގައި ދިވެހި ރާއްޖޭގައި ކާށިތެޔޮ އުފައްދާ ދުނިޔޭގެ ބާޒާރަށް ނެރުމުގެ ހުއްދަ އެފްއޭއޯގެ ފަރާތުން މިއަދު ރާއްޖެއަށް ދިނުމާއިގުޅިގެން މިމަސައްކަތް ކުރުމަށް ރާއްޖޭގެ ދެކުނާއި އުތުރުން ޖުމްލަ ދިހަ ރަށް ކަނޑައަޅާނެ ކަމަށެވެ. މިގޮތުން މިމަސައްކަތުގައި މައިގަނޑު ދެރަށެއް ގާއިމްކުރައްވަން ހަމަޖެހިފައިވާ ކަމަށާއި، މިދެރަށުގެ ގޮތުގައި އުތުރުން ހދ. ހަނިމާދޫ ހަމަޖެހިފައިވާއިރު ދެކުނުން ހަމަޖެހިފައިވަނީ ގދ. ގައްދޫއެވެ.

ގައްދޫ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާށިތެލުގެ އިތުރުން ސައިބޯންޏާއި، ކާށިހުނި، ކާށިކިރު އަދި ބޮނބި ކުނޑިފަދަ ތަކެތި މިފެކްޓްރީ ތަކުން އުފައްދާގޮތަށް ހަމަޖެހިފައިވެއެވެ.

ގައްދޫގައި އަޅާފެކްޓަރީ އެޅުމަށް ހަމަޖެހިފައިވަނީ ގައްދޫ ސެންޓްގޭ އިރުމަތީފަރާތުގައިވާ ބިމުގައި ކަމަށްވެސް މިސައިޓަށް މައުލޫމާތުލިބިފައިވެއެވެ. އަދި މިގޮތުން ނަގާ ބިމުގެ ބޮޑުމިނަކީ 90،000 އަކަފޫޓްކަމަށްވެސް ޚަބަރުލިބިފައިވެއެވެ.  

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (2 ލިބިއްޖެ):

  15 December, 2008 07:20:38
avatar
ބިން ދޫކުރާއިރު އެއިން ފަހުން ނިކުމެދާނެ މައްސަލަތަކަށް ސަމާލުވާން ޖެހޭ. ތިބިން ދޫކުރަން ތިއުޅެނީ ރަށުގެ މެދުން. އެތަނުން އުފެދޭ ވިހަ ގޭސް އިރުވައި މޫސުމުގައި ހިފާނީ ރަށުތެރެއަށް. މިއީ ވިސްނާލަން ޖެހޭ ކަމެއް.
ބަރާބަރު ސަކަރާތް
-1
  15 December, 2008 05:10:22
avatar
ކިތަންމެ ބޮޑު ބިމެއް ނަގައިގެންވެސް ތިޔަ ކަން ކޮއްދެއްވުމަކީ އަޅުގަޑުމެން ވަރަށް އުފާވާނެ ކަމެއް،މިހެންވީމައޭ އަޅުގަޑުމެން އަންނީ ވެރިޔަކަށް ހޮވީ. --މުއާޒު---
ބަރާބަރު ސަކަރާތް
1
ޖުމްލަ: 2 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 2

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
4.00