ފުރަތަމަ ސަފްހާ | ޚަބަރު | އިންޑިޔާ ދަތުރުފުޅަށްފަހު ރައީސް ނަޝީދު ގައްދޫއަށް ވަޑައިގެންފި

އިންޑިޔާ ދަތުރުފުޅަށްފަހު ރައީސް ނަޝީދު ގައްދޫއަށް ވަޑައިގެންފި

ފޮންޓް ސައިޒް: Decrease font Enlarge font
image ރައީސް ނަޝީދު ރައްޔަތުންނާއި ސަލާމްކުރައްވަނީ

ރައްޔަތުން އެދުނުކަންތައްތައް އަވަސްމުސްތަގުބަލެއްގައި ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި

29/12/2008 ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުހަންމަދު ނަޝީދު ( އަންނި ) މިއަދު ގައްދޫ އަށް ވަޑައިގެންފި. އެމަނިކުފާނު ދަތުރުފުޅު ކުރެއްވި ލޯންޗު ( ފިނިފެންމާ ) ގައްދޫ އަށް ބަނދަރުކުރީ މިއަދު ހަވީރު 5:15 އެހާކަންހާއިރުގައި. އެވަގުތު ރަށުގެ ގިނައަދަދެއްގެ ރައްޔަތުން އެމަނިކުފާނަށް މަރުހަބާދެންނެވުމަށް ހާޒިރުވެ ތިއްބެވި. ހާޒިރުވެ ތިއްބެވި ރައްޔަތުންނާއި ސަލާމްކުރެއްވުމަށްފަހު ވެދެވަޑައިގެންނެވީ ގދ. އަތޮޅުމަދަރަސާއަށެވެ. އެތަނުން މެހުމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރެއްވުމަށްފަހު ދެންވަޑައިގެންނެވީ ރައްޔަތުންނާއި ބައްދަލުކުރެއްވުމަ ތައްޔާރުކުރެވިފައިވާ ހޯލަށް. މިހޯލަށް ރައީސް ނަޝީދު ވެދެވަޑައިގެންނެވުމާއެކު ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފައްޓަވާދެއްވީ ގައްދޫ ބަހާރުގޭ އަހުމަދު ފަހުމީއެވެ. އޭގެފަހުގައި ޖަލްސާ ތައާރަފުކުރެއްވީ ގައްދޫގެ ކައުންސިލާރ ގައްދޫ ކޮމާގޭ އަބުދުލް އަޒީޒު އެވެ. އަޒީޒުގެ ކުރު ތައާރަފަކަށްފަހު ވާހަކަފުޅުދެއްކެވީ ރައީސް ނަޝީދުއެވެ. ރައީސްގެ ވާހަކަފުޅުގައި ގައްދޫއަށް ކޮށްދެއްވަންބޭނުންވާ ކަންތައްތަކުގެ ތެރެއިން މިހާރުންމިހާރަށް ކޮއްދެވޭންހުރި ކަންތައްތައް މިއަންނަ ޖަނަވަރީ މަހުގައި ފެށޭނެކަމަށް ވިދާޅުވިއެވެ. އެކަންތައްތަކުގެތެރޭގައި ރައްޔަތުންނަށް ގޭސް، ފެން، ކަރަންޓު ލިބޭނެ ފަސޭހަނިޒާމެއް ރައްޔަތުންގެ ޖީބަށް ލުއިގޮތަކަށް ހަމަޖެހިގެންދާނެއެވެ. އަދި އިތުރަށް ރައީސް ވިދާޅުވީ ގައްދޫގެ މަގުތައް ރަނގަޅުފެންވަރަކަށް ހެދޭނެކަމަށާއި ގައްދޫގެ ނަރުދަމާގެ ކަންތައްވެސް ކާރިމުސްތަގުބަލެއްގައި ނިމިގެންދާނެކަމަށެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުހުރިގޮތުން މިހުރިހާކަމަކީވެސް ސަރުކާރުގެ އެކަމަކާއިގުޅޭ ކުންފުންޏަކުން ކުރިޔަށްދާނެ ކަންތައްތަކެއްކަމަށް ފާހަގަވިއެވެ. ޖަލްސާ އިތުރަށް ކުރިޔަށް ގެންދަވަމުން ވިދާޅުވީ ރައްޔަތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއވުމުގެ ގޮތުން ދިގުމުއްދަތެއްގެ ތެރޭގައި ފައިސާދައްކާގޮތަށް ގައްދޫގައި ގެ ތަކެއް އެޅުމުގެ އަމަލީ މަސައްކަތް މިއަންނަޖޫންމަހުގެ ތެރޭގައި ފެށޭނެކަމަށެވެ. އޭގެފަހުގައި ރައްޔަތުންނަށް ބޭނުން ސުވާލެއްކުރެއްވުމުގެ ފުރުސަތު ހުޅުއްވާލެއްވިއެވެ. އެވަގުތު ރ. ކ. ކޮމެޓީން ގައްދޫ ފޫޅުމާގޭ އަހުމަދު ސައީދު ވާހަކަ ދެއްކެވިއެވެ. އަހުމަދު ސައީދުގެ ވާހަކާގައި ގައްދޫގެ ގިރަމުންދާ ސަރަހައްދުގައި ރިވެޓްމެންޓް ނުޖެހި ލަސްވަމުންދާ ކަމަށާއި އަދި ގައްދޫ އެއާރޕޯޓްގެ ވާހަކަ ރައީސްގެ ވާހަކަފުޅުގައި އިށާރާތް ކުރައްވާފައިނެތުމުން ރައީސަށް ހަނދުމަފުޅުކޮށް އެރުވިއެވެ. ރިވެޓްމެންޓާއިބެހޭގޮތުން ރައީސް ދެއްވިޖަވާބަކީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ވާހަކަދައްކަވައިގެން އެކަން އަވަސް ކުރެވޭތޯ މަސައްކަތް ކުރައްވާނެކަމަށެވެ. އެއާރޕޯޓާއިބެހޭ ސައްހަ މައުލޫމާތެއް ލިބިފައިނެތުމުން އެކަމާއިމެދު އެއްޗެއްވިދާޅުވެވޭން ނެތްކަމަށް ރައީސްވިދާޅުވިއެވެ. އެކްސްރޭ، އަދި ސްކޭނެއް ހަދަންވެސް ރަށުންބޭރަށް ފުރައިގެން ދާންޖެހުމާއި، އަދި ގައްދޫ ސިއްހީ މަރުކަޒުން ދެއްވަމުންގެންދަވާ ޚިދުމަތުގެ ފެންވަރު ދައްވުމުން ރައްޔަތުންގެ އަތުން ހޭދަވާފައިސާ އެތައްގުނައަކަށް ހޭދަވާތީ މިކަންތަކާމެދު ސަރުކާރުން ވިސްނާވަޑައިގެންފާ އޮތީ ކޮންގޮތަކަށްތޯ، ގައްދޫ ނެދުންގޭ ޝާމިޚު ސުވާލު ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ ހެލްތު މިނިސްޓަރ އާމިނަތު ޖަމީލް ވީހާވެސް އަވަހަކަށް ގައްދޫ އަށް ވަޑައިގެން ސިއްހީ މަރުކަޒަށް ބޭނުންވަނީ ކޮންކަންތައްތަކެއްތޯ އޮޅުންފިލުއްވާދެއްވުމަށް އެދިދަންނަވާނެކަމަށެވެ. އޭގެފަހުގައި ގައްދޫގެ ހިއްކިބިމުގައި ރިވެޓްމެންޓް ޖަހަންގެނެސްފައިހުރި ގަލުގެ ކޮލިޓީ ދައްކަމާއި، ގައްދޫ އެއަރޕޯޓާއި، އަދި ގައްދޫ އަށް ބެންކިންގެ ޚިދުމަތް ބޭނުންވާކަމުގެ ސުވާލު ދެންނެވީ ގައްދޫ އޭޝިއާރ އިލްހާމް ރަޝީދު އެވެ. އެއާރޕޯޓާއިބެހޭގޮތުން އެއްޗެއްދަންނަވަން ހަމަ ނޭގޭކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ޕޯސްޓްއޮފީސް މެދުވެރިކޮށް ބޭންކިންގެ ޚިދުމަތް ކާރިމުސްތަގުބަލެއްގައި ފޯރުކޮށްދެއްވުމަށް މަސައްކަތްތަކެއްކުރެވެމުންދާކަމަށާއި ގައްދޫގައި ބެންކެއްގެ ޚިދުމަތް ފޯރުކޮށްދެއްވާނެކަމަށް ނަޝީދު ވިދާޅުވިއެވެ. ރިވެޓްމެންޓާއި ބެހޭގޮތުން ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓަރ އާއި ވާހަކަދައްކައިގެން ރަނގަޅުފެންވަރަކަށް އެކަންތައްކުރިޔަށް ގެންދަވާނެކަމަށެވެ. އޭގެފަހުގައި އޮތީ ރައީސް އާއި އަދި އަރިހުގައި ވަޑައިގެންނެވި ޑެލިގޭޓުންނަށް ތައްޔާރުކުރެވިފައިވާ ސައިފޮދަކަށް އިންސާފް ކުރުމެވެ. އެވަގުތު ރަށުގެ ޒުވާނުންތަކެއް އިތުރުފުރުސަތަކަށް އެދުމުން އެފުރުސަތު ދެއްވިއެވެ. މިބައްދަލުވުންއޮތީ ގައްދޫ ސްކޫލްގެ ކޮމްޕިއުޓާރ ލެބު ގައެވެ. މިބައްދަލުވުމުގައި ޒުވާނުން ވާހަކަދެއްކެވީ ކުރީގެ އާއްމުބައްދަލުވުގައި ދެންނެވުނު ސުވާލުތަކުގެ އިތުރުތަފްސީލް ރައީސް ނަޝީދުއަށް ދެންނެވުމަށެވެ. އޭގެތެރޭގައި އެއާރޕޯޓައި، ސިއްހީމަރުކަޒުގެ ވާހަކަ ޚާއްސަކޮށް ފާހަގަކުރެއްވިއެވެ. އެއާރޕޯޓުގެ މަސައްކަތްފެށުނުގޮތާއި މިހާރު އެމަސައްކަތް ގޮސްފައޮތް ހިސާބު ގދ.ގެ އިއްޒަތްތެރި މެމްބަރ ޒާހިރު އާދަމް ރައީސް ނަޝީދަށް ދެންނެވުމުން ނަޝީދު ވިދާޅުވީ މިހާރުން މިހާރަށްވެސް MTCC އާއި ވާހަކަދައްކައިގެން ކާޑެއްދޫންވެސް ލިބޭންހުންނަ ފެސިލިޓީސް ލިބޭނެގޮތަށް ޑޮމިސްޓިކް އެއާރޕޯޓެއް އަޅުއްވާދެއްވާނެކަމަށެވެ. ސިއްހީ މަރުކަޒާއިބެހޭގޮތުންވެސް ވަރަށްތަފްސީލްކޮށް ނަޝީދަށް ދެންނެވުމުން ވިދާޅުވީ ހެލްތުމިނިސްޓަރ އާއި ވާހަކަދައްކައިގެން މަރުކަޒުގެ ކަންތައްވެސް އަވަސްކޮށްދެއްވާނެކަމަށެވެ. މިބައްދަލުވުމުގައި ގައްދޫގެ 20 ވަރަކަށް ޒުވާނުންބައިވެރިވިއެވެ. ރައީސް ނަޝީދު ގައްދޫން ފުރާވަޑައިގަތީ އިރުއޮއްސި 7:30 ގައި އެމަނިކުފާނު ވަޑައިގެންނެވި ފިނިފެންމާ ލޯޗްގައެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (7 ލިބިއްޖެ):

  15 January, 2009 01:08:23
avatar
ލިބޭމިންވަރަށް ޝުކުރުކުރާކަށް ވެސްއެގޭ ބައެއްނޫންހެން މަށަށްހީވަނީ ގައްދޫމީހުންނަކީ
ބަރާބަރު ސަކަރާތް
0
  14 January, 2009 04:02:55
avatar
ހާދަ ހެދިފައި ތިބި ރައްޔިތުންނޭދޯ ގައްދޫގައި ތިބީ؟؟؟؟؟؟؟؟ ތިން ހޮޅި އެއްކާނުގަނޑަކަށްދާއިރު އެކަމަށް ނަގާނެ ދުވަސް ތިޔަ ލޮބުވެތި ރައްޔިތުން ވިސްނާލުން ބުއްދިވެރި!!!!!!!!!
ބަރާބަރު ސަކަރާތް
0
  13 January, 2009 08:43:52
avatar
ކޯލާ ދަޅަކަށް ވީކޭ މީހުންނަށް އަބަދުވެސް ހީވާނީ އަބަދުވެސް ތިޔަގޮތަށް!އެހެން ނޫންތޯ ވާނީ ގައްދޫ ޒާހިރުގެ ކަމަކީ ގައްދޫ ރައްޔިތުން ހައްދާފަ ކޮންމެ ފަހަރަކުވެސް މަޖިލސް ކާމިޔާބުކުރުން. ތިޔަކަހަލަ ސަގާފަތެއް ގެންގުޅޭ ބަޔަކަށް ދުވަހަކުވެސް މީހަކު ދައްކާވާހަކައެއް ޤަބޫލެއް ނުކުރެވޭނެ."ގައްދޫ ކުދިން ކުޅޭ ކުޅިޔާ އަނބިކުޅިޔާ ވާ ކުޅިޔާ".މިއީ ގައްދޫ މީހުންގެ އުޅުން ހުރިގޮތް "އެބަޔެއްގެ ތެރޭގައި ފިތުނަ ފަސާދަ އަށަގެންފިނަމަ ކިތަންމެ ރަގަޅު ވާހަކައެއްދެއްކިޔަސް މުޅިންވެސް ހީވާނީ ދޮގޮކަމަށް".ގައްދު މީހަނެ އޯވަހޯލެ ނޮކޮޓެ ލާހިކޭނުން ގައްދުވާ ރަގަޅެ ވެޔައްނެކަޓެ.
ބަރާބަރު ސަކަރާތް
0
  12 January, 2009 05:01:31
avatar
ޗީޗީ.......... އަންނި ދޮގުވައުދު ތަކެއް ވުމަށްފަހު ދިޔައީތާ ދޯ..ކިހާވަރަކުންވެސް ދާނެބާ............
ބަރާބަރު ސަކަރާތް
-1
  12 January, 2009 01:31:47
avatar
ރައީސުލް ޖުމުހޫރިއްޔާ ދެއްކެވި ވާހަކަ ފުޅަކީ ގައްދޫ ރައްޔިތަކަށް ވެފައި އަޅުގަޑު ވަރަށް ހިންހަމަ ޖެހޭ ވާހަކައެއް، ބަލަ މާވެއްދޫގައި އަޅާ އެއާޕޯޓަކީ ސަރުކާރުން ވަކި ބަޔަކާ ހަވާލުކޮށްގެން ކުރާ ކަމެއް ކަން ހަމަ ނޭގެނީ ބާވައޭ ހިތަށްއަރާ! މިހާރުވެސް ފެންނަން ފައްޓައިފި ރައީސް ނަޝީދުގެ ވައުދު ފުއްދަމުން ދާތަން،އެއޮތީ ގައްދޫ މީހުން ނަގާފަ އޮތް ލޯނުގެ 3/1ބައި މައާފު ކޮށްދީފަ، އެއްފަހަރާ ހުރިހާކަމެއް ނުވާނެ ކަންތައް ކުރެވޭނީ ވަގުތާއި ފައިސާ ހުރެގެން މިކަންތައް ޖެހޭނެ ޤަބޫލު ކުރަން.ފަހުމީމެން އެއްފަހަރުވެސް އެމްޑީޕީގެ މެނިފެސްޓޯ ކިޔާލައިފި ނަމަ އެގޭނެ ކަންތައްތައް ރާވާފައިވާގޮތް. -- މުއާޒު --
ބަރާބަރު ސަކަރާތް
0
  11 January, 2009 02:32:58
avatar
ރައްޔިތުންގެ މަޖްލިސްގެ މެމްބަރމަކަށް ފަހުމީމެން ކެމްޕެއިން ކުރާ ޒާހިރު އާދަމް ވެސް ތިބުނާ އެއަރޕޯޓް އެޅުމާއި ދެކޮޅުކަން އޭނަވަނީ މަޖްލިސް ޖަލްސާއެއްގައި ހާމަކޮށްފައި.އެކަމަކު ފަހުމީމެންނަށް އޯކޭއެއް ނު އެގޮތްވެސް ދޯ؟ .
ބަރާބަރު ސަކަރާތް
0
  31 December, 2008 09:01:32
avatar
ކުރީގެ ރައީސް މައުމޫނުގެ ޒައާމަތުގައިވެސް މި ފަދަ ކިތަންމެ ކަންތައް ތަކެއް "ފޮނި ވާހަކަތަކުން" ކޮށްދެއްވާފައިވެއެވެ.ރައީސް ނަޝީދުގެ ވާހަކަ ތަކުން ގައްދޫގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުން ވެފައިވާ އެއާޕޯޓު ގެ މައުލޫމާތުގެ ކަންފުޅެއް ވެސް އެގިވަޑައި ނުގެން ނެވުމަކީ ގައްދޫ ރައްޔިތުން މާޔޫސް ކުރި ކަމެކެވެ.ތާރީޚެއް ދެއްވީ ހަމަ އެކަނި ފުލެޓް ތަކަށެވެ.އެނޫން ހުރިހާ ކަންތައް ކައިރި މުސްތަގުބަލެއްގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ވިދާޅު ވުމަކީ "މައުމޫނު ގެންގުޅުނު ފަދަ ސިޔާސީ ބޮޑު އުކުޅެވެ.ކުރިއަށް މި އޮތް މަޖިލސް އަށް ކުރި ކެމްޕޭނެކެވެ.ތި ވިދާޅުވި ކައިރި މުސްތަގުބަލަކީ ކޮބާތޯ އެވެ.އެއީ މި ރިޔާސީ ދައުރު ނިމޭހިސާބު ކަން އަޅުގަނޑަށް ޔަގީނެވެ..3 މަސްވުމަށްފަހު ސއރުކާރުން ހުށަހަޅާ ބަޖެޓުން ހަގީގަތް ހާމަވާނެވެ.-އަހުމަދު ފަހީމް-
ބަރާބަރު ސަކަރާތް
1
ޖުމްލަ: 7 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 7

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
4.00