ގައްދޫ ކައުންސެލަރކަމުގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފި
މިމަގާމަށް ހަމަޖެއްސެވީ ގައްދޫ ކޮމާ އަލްފާޟިލް އަބްދުލް އަޒީޒް މުހައްމަދު
ގައްދޫ ކައުންސެލަރގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ ބޭފުޅަކު އިސްކުރައްވައިފިއެވެ. މިމަގާމަށް ހަމަޖައްސާފައިވަނީ ގައްދޫ ކޮމާ އަލްފާޟިލް އަބްދުލް އަޒީޒް މުހައްމަދެވެ.
އަބްދުލް އަޒީޒަކީ އެމްޑީޕީވުޖޫދަށް އައި ހިސާބުން ފެށިގެންވެސް އެމްޑީޕީ ގެ ޓީމުން ގައްދޫގައި ހިންގި ހަރަކާތްތަކަށް ވަރަށް ބޮޑު ތަރުހީބަކާއި އެއްބާރުލުމެއް ދެއްވަމުން އައިސްފައިވާ ބޭފުޅެކެވެ.
އަލްފާޟިލް އަބްދުލް އަޒީޒް މުހައްމަދު ކައުންސެލަރގެ މަގާމަށް އިންތިޚާބް ވުމާއި ގުޅިގެން ގައްދޫ އޮފީސް މިހާރު ހިންގަވުން ގެންދަވަނީ އޭނާއެވެ. ލޯކަލް ގަވަރމެންޓް ނިޒާމް ގާއިމްވެ ރަށުކައުންސިލް އިންތިޚާބް ވުމާއި ހަމައަށް މިމަގާމް ގައި އަޒީޒް ދެމިހުންނަވާނެއެވެ.
އެހެންކަމުން އަބްދުލް އަޒީޒަށް ގައްދޫ އޮންލައިންގެ ފަރާތުން މަރުހަބާ ދަންނަވަމެވެ.



ކޮމެންޓްސް ފުނުއްވާ