ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫގައި ކްރައިމް ޕްރިވެންޝަން ކޮމިޓީއެއް އިފްތިތާހް ކޮށްފި.

ގައްދޫގައި ކްރައިމް ޕްރިވެންޝަން ކޮމިޓީއެއް އިފްތިތާހް ކޮށްފި.

ފޮންޓް ސައިޒް: Decrease font Enlarge font
image ފައިލްފޮޓޯ: ގައްދޫ ގައި ތިބޭ ފުލުހުންގެ ބަޔަކު ބަނދަރު ސަރަހައްދުގައި ހަރަކާތްތެރިވަނީ.

ކްރައިމް ޕްރިވެންޝަން ކޮމިޓީގެ މަގްސަދަކީ ފުލުހުންނާއި ގުޅިގެން ކުށްމަދުކުރުމަށް އެހީވުން.

މުޖްތަމައުގައި ހިނގަމުންދާ ކުށްތައްމަދުކުރުމުގެ ގޮތުން ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ގައްދޫގައި ކްރައިމް ޕްރިވެންޝަން ކޮމިޓީއެއް އިފްތިތާހް ކޮށްފިއެވެ. މިކޮމިޓީ އިފްތިތާހް ކޮށްފައިވަނީ މިދިޔަ އާދީއްތަދުވަހު 09:00 ގައި ގދ. އަތޮޅުމަދަރުސާގެ ހޯލްގައި އޮތް ރަސްމިއްޔާތެއްގައި ގައްދޫ ކައުންސިލަރ އަލްފާޟިލް އަބްދުލް އަޒީޒް މުހައްމަދެވެ.

މިކޮމިޓީން ފުލުހުންނާއި ގުޅިގެން ކުރުމަށްހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ވަރކްޝޮޕް، ސެމިނަރ ފަދަ ކަންކަން ބޭއްވުމާއި،  ތަފާތު ކުށްތަކާއި ބެހޭގޮތުން ސްކޫލްކުދިން ހޭލުންތެރުކުރުވުމުގެ ޕްރޮގްރާމްހިންގުމާއި، ކުށްތަކާއި ބެހޭގޮތުން ދީނީ ނަޒަރަކުން ބަލައި ނަސޭހަތް ދިނުމާއި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މައިންބަފައިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ތައް ހިންގުން ފަދަ ކަންކަމެވެ.

މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުރިޔަށް ގެންދާ "އެންމެންގުޅިގެން ކުށްމަދުކުރެވޭނެ" މި ޝިއާރުގެ ދަށުން ކުރިއަށްދާ ޕްރޮގްރާމެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

މިގޮތުން ގައްދޫގައި އުފެދުނު ކޮމިޓީގެ ޗެއަރޕަރސަނަކަށް ގައްދޫ އޭޝިއާ އިލްހާމް ރަޝީދު ހޮވިފައިވާއިރު ވައިސް ޗެއަރޕާސަން ކަމުގެ މަގާމަށް ހޮވިފައިވަނީ ގައްދޫ ވެލްކަމް އަލީ އުޒައިރެވެ. މީގެ އިތުރުން ކޮމިޓީގައި އިތުރު 10 މެމްބަރުން ހިމެނޭކަމަށް ޚަބަރުލިބިފައި ވެއެވެ. މިބޭފުޅުންނަކީ ބަހާރުގެ އަހުމަދު ފަހުމީއާއި ރަމްޒް އަހުމަދު ރަބީލް، އޯކިޑްވިލާ އަހުމަދު ފަޟީލް، އަލިވާގެ އާއިޝަތު ހަބީބާ، އަސަރީވެލި މުހައްމަދު ނާސިރު، ހުދުވެލި ހަސަން ވަހީދު، ބްލޫޑައިމަންޑް އަބްދުﷲ އާދިލް އަދި ފޫޅުމާގެ އަހުމަދު ސައިދެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (14 ލިބިއްޖެ):

  03 March, 2009 10:14:51
avatar
ރަށަށް ކަންތަށް ކުރެވޭނީ ހަމައެކަނީ ރަށުގައި އުޅޭ މީހުންނަށް އެކަނީ ނޫހެން ހީވަނީ.ރަށުން ބޭރުގައި އުޅޭމުން ވެސް ރަށަށް ޙިދުމަތް ކޮށްދެވޭނެ.ޚިއްވެ ނުކޮށް ދެވެން ވެންވީ މީ ޓެކްނޮލޮޖީން ކުރި އަރާފައިވާ ޒަމާނެއް.ނޫންނަމަ ތިޔަ ފަރާތުން އެންމެ ފަހަރެއްގައި ވެސް ތައުލީމް ހާސިލްކޮށްފައި ތިބި ޒުވާނުން ކިބައިން ކަމަކަށް އެދުނިންތޯ!
ބަރާބަރު ސަކަރާތް
0
  02 March, 2009 09:48:58
avatar
ވަކި ވަކި މީހުންގެ ނަންތައް ފާހަގަ ކުރި އިރު ތިޔައިގެ ތެރެއިން ކިތަންމީހުންތޯ ގައްދޫގައި އުޅެނީ، އެމީހުން ރަށުގައި އުޅެންޏާ އެމީހުންނަށް މިހާރުވެސް ހަމަދޭންވީ.
ބަރާބަރު ސަކަރާތް
0
  02 March, 2009 07:19:40
avatar
ގައްދޫ އަށް އުފަން ދަރިންގެ ތެރޭގައި ހަމަގައިމް ވެސް މިހާރު ކައުންސެލިންގެ ދާއިރާ އިންނާ ސޯޝަލް ވޯރކް ދާއިރާއިން މަތި ތައުލީމް ހާސިލް ކޮށްފައި ތިބި ޒުވާނުން އެބަތިބި. ކީއްވެގެންތޯ އެފަދަ ޒުވާނުންނަށް ފުރުސަތު ނުދެނީ. ކީއްވެގެންތޯ އަދިވެސް ބޯދާ މީހުން މި ކަހަލަ ކަންތަކަށް މި ނަންގަވަނީ. ހަމަ ގައިންމުވެސް ކައުންސެލިން ގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރެއްވި ޒުވާނެއް ގައްދޫގެ އާމިނަތު މަންސޫރަކީ. ސޯޝަލް ވޯރކް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރެއްވި ޒުވާނެއް ގައްދޫ ރިސްމީ އަކީ. ޕޮލިހުންގެ ތެރެއިން މިފަދަ ކަންތަކުގައި އުޅުއްވާ ޒުވާނެއް ގައްދޫ ރީހާން އަކީ. މި ޒުވާނުންގެ ބޭނުން ކީއްވެތޯ ނުހިފަންވީ
ބަރާބަރު ސަކަރާތް
0
  02 March, 2009 08:03:51
avatar
ގައްދޫ ކުރައިމް ޕުރިވެންޝަންގެ ކޮމެޓިގެ މެމަބަރުންގެ މެންޑޭޓަކީ ކޮބާތޯ އަކީ ވެސް ބުނެދެވިފައެއްނެތް.ކޮމެޓިއަށް މެމްބަރުން ހޮވާފައިވަނީ ކޮން އުސޫލަކުންތޯ؟ތައުޅިމީ ދަރިން މިފަދަ ކަންތަކަށް ކުރިމަތިނުލަނީ ކީއްވެތޯ؟ތައުލީމީ ދަރިންނަށް ފުރުސަތު ނުދެނީތޯ މީ އުފެދޭ ސުވާލެއް.ގައްދޫގެ ޒަމާންވީ ދިގު ތާރިޚުގައި މި ފެންނަނީ ގައުމުގެ މި ފަދަ ކަންތަކުގައި.ކޮމެޓީތަކުގައި އެއްބަޔަކު..."ސޭމް އޯލްޑް ޕީޕަލް".މި ކޮމެޓީގެ 90% އަކީ ރަށުގެ ތަފާތު ކޮމެޓީ ތަކުގައި ހަރަކާތއްތެރިވެ ނާކަމިޔާބުވެ "ފެއިލް" ވެފައިވާ ބައެއް.އެވެރިން 30 އަހަރުވީ ވެރިކަމުގައި އެކަކު ބެއްދިޔަތީ މި ވަނީ "ބަދަލަކަށް" ވޯޓުދީފަ.ގައުމުގެ މަސްރަހު މިހެންފެންނައިރު މި ފަދަ ކޮމެޓިތަކުގައި ތައުލީމީ ޒުވާނުންގެ އެކަށީގެންވާ ހިއްސާނެތި "ރަށުގެ ކަމުވޮށިގެންވާ މީހެކޭ" "ގަދަރުވެރިއެކޭ"ކުރީގެ ގަދަރުވެރި އާއިލާ" އެކޭ ބުނެ ބޯދާ ވެރިކަމުގެ އުކުޅުތައް ގައްދުން ފޮހެނުލެވި ވާކަމީ ގައްދޫގެ ޒުވާނުން ފުންކޮށް ވިސްނަންޖެހޭ ކަމެއް..ޒަމާނެއްގައި ހަމައެކަނި ބޮޑުން"ފައިވާނަށް އެރި ޒަމާން މާޒިއާ އެކު ގޮސްފި.މީ އާ ދުވަހެއް..ޒުވާން ތައުލީމީ ދަރިންގެ ރަށުގެ ކުރިމަގު ބިނާކުރުމަށް ނެރެންޖެހޭ ޒަމާން.....އހމދ.ފ.
ބަރާބަރު ސަކަރާތް
0
  01 March, 2009 09:53:25
avatar
ޙަލާސް އިން ވާހަކަ ތި ދައްކަނީ ދެ ފަހަރު ދެ ގޮތަށް.މި ގޮތަށް ލިޔުންތަކަށް ކޮމެންޓް ކުރަން ހުޅުވާލުމުން ކޮމެންޓް ކުރާ މީހުން ނަށް ޖެއްސުން ނުކުރޭ!
ބަރާބަރު ސަކަރާތް
0
  01 March, 2009 09:36:30
avatar
މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާ ކުރިޔަށްވުރެން ވަރުގަދަކޮށް ވަރަށް އަވަހަށް ފެންނާނެ ކަމުގެ ޔަގީންކަން ދެން. މިވަގުތު ޖަމްއިއްޔާގެ ހަރަކާތްތަށް އާންމުންނަށް ނުފެނުނަސް ޖަމްއިއްޔާ ދަނީ ހަރަކާތް ވަމުން.. ޢާންމުކޮށް ހަރަކާތްތެރިވުން މިއީ އެންމެ ރަގަޅު ވަގުތެއް ކަމަކަށް ޖަމްޢިއްޔާގެ އިސް މެމްބަރުންނަށް ނުފެނޭ. އެގޭނެ ފަދައިން މިޖަމްޢިއްޔާގެ އެއްމުއައްސިސު އަދިހިންގާ ކޮމެޓީގެ މެމްބަރު އިމްތިޔާޒް އުޅެނީ މެމްބަރުކަމަށް ކުރިމަތިލައިގެން. މިވަގުތު އާންމުންނަށް އެގޭނެ ހަރަކާތެއް ހިންގައިފި ނަމަ އެކަމާއި ވޯޓާއިގުޅުވާނެ. އެފަދަ ކަމަކުން ޖަމްޢިއްޔާގެ ނަން ކިލަބުވާން ނޭދެވޭ. އަދި މިވަގުތު މިޖަމްޢިއްޔާގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ގިނަމެމްބަރުން ދަނީ ރާއްޖެއިން ބޭރުގައި ތައުލީމް ހާސިލް ކުރަމުން ކަންވެސް ހަދާންކޮށްދެން. އެމީހުންގެ ކުރި އެރުމަކީ ޖަމްޢިއްޔާ އަށާއި ރަށަށް ވެސް ލިބޭ ކުރި އެރުމެއްކަމަށް ޖަމްޢިއްޔާއިން ދެކޭ.
ބަރާބަރު ސަކަރާތް
0
  01 March, 2009 03:15:25
avatar
އަސްލު ގައްދޫގެ މައްސަލަ އަކީ ތިމާމެންނަށްވުރެ ކަންކަން އިނގޭ މޮޅު ބަޔަކު ނެތޭ އަދި ތިމަންނަމެން ނޫނީ ގައިގަ ބާރުހުރި ކެރޭ ބަޔަކުނެތް ކަމަށް ހެދިގެން އުޅޭ ބަޔަކު އުޅޭ ތަނެއް. އެހެންވެ ގޯސްވަނީ...
ބަރާބަރު ސަކަރާތް
0
  01 March, 2009 01:13:35
avatar
ރަނގަޅުވާހަކައެއް. ގައްދޫގައި ތިން ހަތަރު ޖަމިއްޔާ އުފެދިފައިވާއިރު މިއިން އެއްބައެއްވެސް މިކަހަލަ ކަމަކަށް އިސްނަގާތަނެއް ނުފެނޭ. އެންމެފަހުން ގައްދޫގައި ތިބި ގިނަ ހަރުދަނާ ޒުވާނުންވެގެން އުފެއްދި ޖަމިއްޔާއެއް މުސްކުޅިދަރިވަރުންގެ ޖަމިއްޔާއަކީ. އެކަމަކު އެޖަމިއްޔާވެސް މިހާރު ހިންގާގޮތް މާތްރަސްކަލާންގެ ދެނެވޮޑިގަންނަވާނީ. އެހެން ޖަމިއްޔާތަކަށްވުރެ އެޖަމިއްޔާ ރަނގަޅުވާނެކަމަށް އަޅުގަނޑު ވަރަށް އުންމީދުކުރިން. ކަންކަމަށް ކުރިމަތިލާއިރު ޖަމިއްޔާގެ އިސްމީހުންގެ ހާލުވެސް ހުރީ މިފަދަ ގޮތަކަށް.
ބަރާބަރު ސަކަރާތް
0
  28 February, 2009 05:24:30
avatar
ގައްދޫގެ އަންހެދަރި ތިދައްކަވަނީ ވަރަށް ހެއްވާ ވާހަކައެއް. ކާކުތޯ ކުށެއް ކޮށްފައި ތިމަން އިސްލާހު ވާން ބޭނުމޭ ބުނެ އެހީތެރިކަމަށް ދާނީ. މިއަދުގެ ޒުވާނުން އެތިބީ އެއަށް ވުރެ ބޮޑަށް އައިޑިއަލޮޖީގައި ޖެހިފައި. ރަސޫލުﷲ ގެޒަމާނުގައި ތިގޮތަށް ކަންތައް ދިމާވެފައި ހުއްޓަސް މިއަދު ޒުވާނުން ޤިޔާމަތަކަށް ބިރުވެތިއެއް ނުވޭ..ގައްދޫގައި އެތައް ބޭކާރު ޖަމްއިއްޔާތަކެއް އެބައޮތް.. އެކަމަކު މިއިން ޖަމްއިއްޔާ އަކުން ޒުވާނުން މޯޓިވޭޓް ކުރުވަން މަސައްކަތެއް ނުކުރޭ...ހަލާސް
ބަރާބަރު ސަކަރާތް
0
  28 February, 2009 03:17:27
avatar
ތީ ރަގަޅު ވާހަކަ އެއް!ﷲ އަށް ބިރުވެތިވާނަމަ އެކަކުވެސް ކުށެއް ނުކުރާނެ ދޯ! ގައްދޫ އަށް މި ވަގުތު ކުށްތަށް ކުރާ މީހުންނަށް އެންމެ ބޭނުން ވަނީ ކޮން ކަމެއް ކަން ވަރަށް ރަގަޅަށް އިނގޭ! މި ފާއިތު ވެދިޔަ 14 މަސް ދުވަހުގެ ތެރޭގައި އެކި އެކި މައްސަލ ތަކުގައި ގައްދޫ އަށް 4 ވަރަކަށް ފަހަރު ދިއުމުގެ ފުރުސަތު ވަނީ ލިބިފަ. އަޅުގަނޑުގެ ފަރާތުން އެހީ އަކަށް ބޭނުންނަމަ ވެވުނު ވަރަކުން އެހީތެރި ވާނަށް: ގައްދޫ ގެ އަންހެން ދަރިއެއް!
ބަރާބަރު ސަކަރާތް
0
1 2 next ޖުމްލަ: 14 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 10

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0