ޖަނަރޭޓަރަށް ދިމާވި މައްސަލައެއްގައި ގައްދޫއިން ކަރަންޓް ކަނޑައިގެން ގޮސްފި
އިއްޔެ ހެނދުނު ދިމާވި މައްސަލަ ހައްލުކުރެވުނީ ރޭ 9 ޖަހާކަންހާއިރު
ގައްދޫ އިންޖީނުގޭގެ ޖެނެރޭޓަރަކަށް ދިމާވި މައްސަލައެއްގައި އިއްޔެ ގައްދޫ އިންގިނައިރުތަކެއް ވަންދެން ކަރަންޓް ކަނޑައިގެން ގޮސްފިއެވެ.
އިއްޔެ ހެނދުނު 9 އިން ފެށިގެން ދިމާވި މިމައްސަލަ ހައްލުކުރެވިފައިވަނީ ރޭ ގަޑިން 9 ޖަހާކަންހާއިރުގައެވެ. އިންޖީނަށް ދިވާމި މައްސަލަ ހައްލުވަންދެން ގައްދޫގެ އެކިއެކި ސަރަހައްދުތަކުންދިޔައީ އެކިވަގުތުތަކުގައި ކަރަންޓް ކަނޑައިލަމުންނެވެ. ބައެއް އާންމުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓަށް ދިމާވި މިމައްސަލައިގެ ސަބަބުން ގޭގައި ގެންގުޅޭ ތަފާތު އިލްކްޓްރޯނިކް ސާމާން ތައް ހަލާކުވެފައި ވެއެވެ.
މިމައްސަލަ މެދުވެރިވާން ދިމާވީ ޖެނެރޭޓަރުގެ ސްޓާޓިން މޯޓަރ ހަލާކުވުމުގެ ސަބަބުންނާއި އަދި ޖެނެރޭޓަރުގެ ސްޓާޓަރ ބެޓެރި ގޮވުމުގެ ސަބަބުން ކަމަށް މިސައިޓަށް މައުލޫމާތު ލިބިފައި ވެއެވެ.
ގައްދޫ އަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެއްވަމުން އަންނަނީ 31 ޑިސެމްބަރ 2004 އިންފެށިގެން ސްޓެލްކޯގެ ފަރާތުންނެވެ. މިގޮތުންއެތާގައި އިންސޯޓޯލްކޮށްފައިވާ ޖެނެރޭޓަރ ތަކުގެ ޖުމްލަ ކެޕޭސިޓީ އަކީ 240 ކިލޯވޮޓްސް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި މިހާރު ޖެނެރޭޓަރުތައް ހިންގަމުން ގެންދަނީ ގާތްގަނޑަކަށް އޭގެ ފުލް ކެޕޭސިޓީގައި ކަމަށާއި ސްޓޭންޑް ބައި ގައި ހިންގުމަށް މިވަގުތު ޖެނެރޭޓަރެއް ނެތްކަމަށްވެސް ގައްދޫ އޮންލައިނަށް މައުލޫމާތު ލިބިފައި ވެއެވެ.



ކޮމެންޓްސް ފުނުއްވާ