ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ބޯޅަދަނޑުގެ ގޯލްއޭރިޔާ ސަރަހައްދުގައި ދާޖެހުމުގެ މަސައްކަތް ނިމިއްޖެ.

ގައްދޫ ބޯޅަދަނޑުގެ ގޯލްއޭރިޔާ ސަރަހައްދުގައި ދާޖެހުމުގެ މަސައްކަތް ނިމިއްޖެ.

ފޮންޓް ސައިޒް: Decrease font Enlarge font
image

ގޯލްއޭރިޔާގެ 300 ފޫޓްގެ ސަރަހައްދެއްގައިވަނީ ދާޖެހުމުގެ މަސައްކަތް ނިމިފައި

ގައްދޫ ބޯޅަދަނޑުގެ ގޯލް އޭރިޔާ ސަރަހައްދުގައި ދާޖެހުމުގެ މަސައްކަތް ނިމިއްޖެއެވެ. މިގޮތުން ގޯލްދަނޑިއާއި ދިމާލުން 300 ފޫޓްގެ ސަރަހައްދެއްގައި ދާޖެހުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މިމަސައްކަތް ކޮށްފައިވަނީ ޔޫތް މިނިސްޓްރީ އިން ލިބުނު 185000 ރުފިޔާގެ ތެރެއިން މަސައްކަތަށް އެސްޓިމޭޓް ހުށަހެޅި 6 ފަރާތުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ލިބުނު ފަރާތުން ހުށަހެޅި އަގުކަމަށްވާ 172000 ރުފިޔާ އަށް މަސައްކަތް ހަވާލުކޮށްގެންނެވެ. މިމަސައްކަތުގެ ބީލަން ކާމިޔާބު ކޮށްފައިވަނީ ގައްދޫ ސިންދުބާދުގެ އަހުމަދު ޒާހިރެވެ.

މިމަސައްކަތަކީ 2008 ވަނައަހަރު ގައްދޫގެ ވަފުދެއް ސަރުކާރުގެ ބައެއް އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ބައެއް ކަންތައްތަކުގެ ތެރެއިން ޔޫތުމިނިސްޓްރީ އަށް ހުށަހެޅި ޕްރޮޕޯސަލް އެއްގެ މައްޗަށް ހަމަޖެހިގެންދިޔަ މަސައްކަތެއްކަމަށް ޚަބަރު ލިބިފައި ވެއެވެ.

 

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0