ފުރަތަމަ ސަފްހާ | ޚަބަރު | ވާރޭވެހި ގޭގެއަށް ފެންވަނުމުގެ ސަބަބުން ބައެއް ތަކެއްޗަށާއި މުދަލަށް ގެއްލުން ވެއްޖެ

ވާރޭވެހި ގޭގެއަށް ފެންވަނުމުގެ ސަބަބުން ބައެއް ތަކެއްޗަށާއި މުދަލަށް ގެއްލުން ވެއްޖެ

ފޮންޓް ސައިޒް: Decrease font Enlarge font

ބައެއްގޭގެއިން ފެން ހިއްކުމަށްޓަކައި ބާލިދީފަދަ ތަކެތި ބޭނުންކޮށްފައިވާކަމަށް މައުލޫމާތުލިބިފައިވޭ.

އިއްޔެ ގައްދުއަށް ކުރި ވިއްސާރާގައި ބައެއްގެތަކަށް ފެންވަނުމުގެ ސަބަބުން ބައެއް ތަކެއްޗަށާއި މުދަލަށް ގެއްލުން ވެއްޖެކަމަށް ގައްދޫ އޮންލައިނަށް މައުލޫމާތު ލިބިއްޖެއެވެ.

އިއްޔެ ހަވީރު ކުއްލިއަކަށް ގިނައަދަދެއްގެ ވާރޭ ވެހި ފެންގަނޑު ބޮޑުވުމުގެ ސަބަބުން ބާލިދީފަދަ ތަކެތި ބޭނުންކޮށްގެން ގޭގެއިން ފެންގަނޑު ހިއްކާލައިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ގައްދޫގެ ބިންހިއްކުމުގެ ސަބަބުން ރަށުގެ އެތެރޭގެ ބައެއް ސަރަހައްދުތަކަށްވުރެ ހިއްކާފައިވާ ސަރަހައްދު އޮންނަނީ އުސްކޮށެވެ. އެހެންކަމުން ބިންތިރި ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން އެހިސާބުގައި ދިރިއުޅޭ މީހުންނަށް ދަނީ ވަރަށްބޮޑެތި ދަތިތަކާއި ދިމާވަމުންނެވެ. 

ގައްދޫ ބިން ހިއްކުމުގެ ޕްލޭންގައި ފެންހިންދުމަށްޓަކައި ކާނުތަކެއް ހަދަން ހަމަޖެހިފައިވީނަމަވެސް އަދިމިއަދާއިހަމައަށްވެސް މިމަސައްކަތްފެއްޓޭގޮތެއްވަނީ ނުވެފައެވެ. އަދި ހަމައެއާއިއެކު އެޕްރޮޖެކްޓްގައި ހިމެނޭ ރިވެޓްމެންޓްގެ މަސައްކަތްވެސް ވަނީ އެދެވޭގޮތެއްގައި ކުރިޔަށް ނުގޮސްފައެވެ.

ގައްދުއަކީ ދުއްވާއެއްޗެހި ފުދޭވަރަކަށް ގިނަ ރަށެއްކަމުން ކިރިޔާވެސް ވާރޭކޮޅެއްވެހިލައިފިނަމަ ރަށުގެ މަގުތަކުގައި އޮންނަނީ ފެންބޮޑުވެފައެވެ. އެހެންކަމުން ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މަގުތައްހެދި ކާނުތަކުގެ މަސައްކަތް އަވަސްކުރަންޖެހިފައިވެއެވެ.

ގައްދޫ އުތުރުކޮޅުގައި ފެންބޮޑުވާ މައްސަލައިގައި މީގެ ދެތިންދުވަސްކުރިން އެސަރަހައްދުގެ ބައެއްމީހުން ރަށުއޮފީސް ކުރިމައްޗަށް އެއްވެ މުޒާހަރާކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް މިކަންތައް ފަސްކޮށްފައިވަނީ އެމީހުންނަށް އެކަމާއިބެހޭގޮތުން ހަފްތާއެއްހާދުވަސް ތެރޭގައި އޮފީހުން ޖަވާބުދިނުމަށް ބުނުމުން ކަމަށް ގައްދޫ އޮންލައިނަށް މައުލޫމާތު ލިބިފައި ވެއެވެ.

  

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0