ކެމްޕޭނާއި ދިމާކޮށް ގައްދޫ ލޮނުދޫގެއިން މީހަކަށް 30 ރުފިޔާ ބަހަންފަށައިފި
ފައިސާ ލިބުމުން ފޮތެއްގައި ސޮއިކުރަންޖެހޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުލިބިފައިވޭ.
ގދ.ގެ އިއްޒަތްތެރި މެމްބަރ ޒާހިރު އާދަމްގެ ގައްދޫގެ ގެކަމަށްވާ ލޮނަދޫގެއަށްދާ ކޮންމެމީހަކަށް ދުވާލަކު 30 ރުފިޔާގެ ރޭޓުން ރުފިޔާ ބަހަމުންގެންދާކަމަށް ގައްދޫ އޮންލައިނަށް މައުލޫމާތު ލިބިއްޖެއެވެ. މިރުފިޔާ ބަހަމުންގެންދަނީ ކެމްޕޭނަށް މަސައްކަތް ކުރާމީހުންގެ ސައިގެ ކަންތަކަށް ޚަރަދުކުރާ ރުފިޔާގެ ނަމުގައި ކަމަށާއި އަދި މިގޮތުންއެގެއަށް ގޮސް ފައިސާހޯދުމަށްފަހު ކެމްޕޭންއޮފީހުގައި އޮންނަ ފޮތެއްގައި ސޮއިކޮށްލަން ޖެހޭކަމަށްވެސް އެނގިފައިވެއެވެ. ފަހުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދަދު މިހާރުވަނީ 30 ރުފިޔާއިން 75 ރުފިޔާ އަށް ބަދަލުވެފައެވެ.
ގައްދޫ ޒާހިރު މަޖިލީހުގައި މިދިޔަ 5 އަހަރުގެ މުއްދަތުގައި ކޮށްފައިވާ މަސައްކަތްކާއި މެދު ގދ. ގެގިނަ ރައްޔިތުން ހިތްހަމަ ނުޖެހޭކަމަށް ވެއެވެ. އަދި ޚާއްސަކޮށް ޒާހިރު އާދަމާއި ދޭތެރޭގައި ހިތްހަމަނުޖެހުމުގެ ޝުއޫރުތައް ގައްދޫގެ އެކިފަރުދުންގެ ފަރާތުން މިހާރަކަށް އައިސް އިވެމުން އެބަދެއެވެ.
ގައްދޫގެ ގިނަ ރައްޔިތުންގެ ފަރާތުން ޒާހިރާއި ދެތެރޭގައި ނުރުހުމުގެ ޝުއޫރުތައް އިވެމުން ދިޔަ ކަމުގައި ވިޔަސް މިދުވަސްކޮޅަކީ ގައްދޫރައްޔިތުންގެ މާލީހާލަތު މާ ރަނގަޅު ނޫން ދުވަސްވަރެއްކަމުން މިކަމުގެ ފައިދާ ޒާހިރު ނަގާނެކަމަށް ބެލެވެއެވެ. އެހެންކަމުން މިދުވަސްކޮޅު މިގޮތަށް ރުފިޔާ ބަހަމުން ދަނީ ކެމްޕޭނަށް ނުފޫޒު ފޯރުވުމުގެ ގޮތުގައި ކަމާއި މެދު ޝައްކެއް ނެތެވެ.
އެހެންކަމުން ކޮންމެ ފަހަރެއްގެ ވެސް ކެމްޕޭން ކައިރިވުމުން ޒާހިރު މިގޮތަށް ޖަހާ މަޅިތަކަށް ގައްދޫ ސަރަހައްދުގެ ރައްޔިތުން ފަރުވާތެރިވުމަކީ ވަރަށް މުހިއްމުކަމެކެވެ.



ޒުވާނުން ހޮވަންވީ
މިސާލެއްގެ ގޮތުން ބަލާ އަމީން
ކޮމެންޓްސް ފުނުއްވާ