ސްޓޭޓް މިނިސްޓަރުންގެ ބައްދަލުވުން ބައިވެރިންގެ ހިތްހަމަނުޖެހުމުގެ ސަބަބުން ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި
ރަށުގެ މަސްވެރިންނާއި ދަނޑުވެރިންނާއި ބައްދަލުކުރެއްވުމަށް ވަޑައިގެންނެވީ ޑރ. ހުސެއިން ރަޝީދާއި، ޑރ. އަހުމަދު އަލީ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ދެސްޓޭޓް މިނިސްޓަރުން ކަމުގައިވާ ޑރ. ހުސެއިން ރަޝީދު ހަސަންއާއި އަދި ޑރ. އަހުމަދުއަލީ ރޭގެ ވަގުތެއްގައި ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި މިއަދު ގައްދޫގައި ތިބި މިދާއިރާތަކާއި ގުޅުންހުރި ބައެއް ފަރާތްތަކާއި އެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
މިބައްދަލުވުމުގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ގައްދޫގައި ތިބި މިދާއިރާގެ މަސައްކަތް ކުރައްވާ ފަރާތްތަކަށް މިނިސްޓްރީގެ ފަރާތުން ވެދެއްވޭނެ އެހީތަކާއި ބެހޭގޮތުން ވާހަކަ ދެކެވުނު ކަމަށްވެއެވެ.
މިބައްދަލުވުމުގައި ވާހަކަ ދެކެވުނު ބައެއްކަންތައްތަކާއި ބެހޭގޮތުން ބައިވެރިން ހިތްހަމަނުޖެހުމުގެ ސަބަބުން ބައްދަލުވުމުން ބައެއް މީހުންނުކުތުމުގެ ސަބަބުން މިބައްދަލުވުން ކުރިއަށް ނުގެންދެވި ނިންމާލަން ޖެހިފައިވާ ކަމަށްވެސް މައުލޫމާތުލިބިފައިވެއެވެ. އަދި މިގޮތުން ބައެއް މީހުންވަނީ ބައްދަލުވުމުން ނުކުމެ މަގުމަތީގައި ތިބެގެން އަޑުގަދަކޮށްފައިކަމަށްވެސް ޚަބަރުލިބިފައިވެއެވެ.
ބައިވެރިން ހިތްހަމަނުޖެހުނު މައިގަނޑު މައްސަލައަކީ ސަރުކާރުން މިދެދާއިރާ ތަރައްގީ ކުރެއްވުމަށްޓަކައި އެހީތެރިވެދެއްވާނެކަމަށް ވިދާޅުވެފައި ވިޔަސް އެކަމަށްޓަކައި ބޭނުންވާ ލޯނު މިވަގުތު ބޭންކުން ލިބެން ނެތްކަމަށް ސްޓޭޓް މިނިސްޓަރުން ވިދާޅުވުމުގެ ސަބަބުން ކަމަށް ވެއެވެ.
މިޓީމް މިއަދު ހެނދު ވަނީ ގައްދޫ އިންފުރައިގެން ގދ ވާދުއަށް ގޮސްފައެވެ.



ކޮމެންޓްސް ފުނުއްވާ