ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫގައި ތިބޭ ދެފުލުހަކު ދެއަންހެންކުދިން ގޮވައިގެން އެކަހެރިތަނެއްގައި ތިއްބާ އަތުލައިގެންފި

ގައްދޫގައި ތިބޭ ދެފުލުހަކު ދެއަންހެންކުދިން ގޮވައިގެން އެކަހެރިތަނެއްގައި ތިއްބާ އަތުލައިގެންފި

ފޮންޓް ސައިޒް: Decrease font Enlarge font
image ބިންހިއްކުމުގެ މައްސަލާގައި ބައަކު ޕޮލިސްސްޓޭޝަންގެ ކައިރިއަށް އެއްވެ ހިތްހަމަނުޖެހުން ފާޅުކުރަނީ.

މީގެ ތެރެއިން އެއް ފުލުހަކީ ގއ. ވިލިނގިލީ ކުއްޖެއްކަމަށާއި އަނެކަކީ ޏ.ފޯއްމުލަކު ކުއްޖެއްކަމަށްވޭ.

ގައްދޫ ޕޮލިސްސްޓޭޝަންގެ ދެފުލުހަކު ދެ އަންހެން ގޮވައިގެން މިހާރު ގައްދުއާއި ގުޅުވާލެވިފައިވާ ރޮދުވައްރެހާގައި ތިއްބާ ރައްޔިތުންގެ ބަޔަކު އެމީހުން އަތުލައިގެންފި ކަމަށް ގައްދޫ އޮންލައިނަށް މައުލޫމާތު ލިބިއްޖެއެވެ.

ގައްދޫ ރައްޔިތުންގެ ދެމީހަކު އެމީހުންތިބި ސރަހައްދަށް ދިޔައިރު އެކުދިން އަރުވައިގެން ގެންދިޔަ ވޭނުގެ ލައިޓްތައް ވަނީ ނިއްވާލާފައި ކަމަށް ޚަބަރު ލިބިފައިވެއެވެ. އަދި އެމީހުން ފެނުމާއިއެކު އަވަސް އަވަހަށް ވޭނުގައި އެމީހުން އެތަނުން ނައްޓާލާފައިވާކަމަށްވެސް އެނގިފައިވެއެވެ. އެންމެ ފަހުން ވޭން ހުއްޓުވާފައިވަނީ ބަޔަކު ވޭނުގެ ކުރިމައްޗަށް އުޅަނދެއް ހުރަސް ކޮށްގެން ކަމަށްވެއެވެ.

މިހާރު މިދެފުލުހުންވަނީ މިމައްސަލައިގެ ތަހްގީގަށްޓަކައި ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެންދެވިފައި ކަމަށާއި، މީގެ ތެރެއިން އެކަކީ ޏ.ފޯއްމުލަކު ކުއްޖެއްކަމަށާއި އަނެކަކީ ގއ. ވިލިނގިލީގެ ކުއްޖެއްކަމަށްވެސް މިސައިޓަށް މައުލޫމާތު ލިބިފައިވެއެވެ.

މިމައްސަލައާއި ބެހޭގޮތުން ގައްދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ވިދާޅުވިގޮތުގައި މިމައްސަލައިގެ ތަހުގީގް މިހާރު ކުރިޔަށް ދާތީވެ އިތުރުމައުލޫމާތެއް މިކަމާއި ބެހޭގޮތުން މިވަގުތު ދެވެން ނެތްކަމަށެވެ.

މިހާދިސާގެ ކުރިންވެސް ގައްދޫ ޕޮލިސްސްޓޭޝަނާއި ހަވާލުވެގެން ހުންނެވި އެތާގެ އިންޗާޖް ގައްދޫގެ އަންހެން ކުއްޖެއް އެސްޓޭޝަންގެ ކޮޓަރިއެއްގެ ތެރެއަށް ވައްދައިގެން އުޅުނު މައްސަލައެއްގެ ތަހުގީގު ވަނީ ކޮށްފައެވެ. މިކަމުގައި ބައިވެރިވި އަންހެންކުއްޖަކީ ގދ. އަތޮޅުމަދަރުސާގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާކުއްޖެއްކަމަށާއި އަދި މިއަދާއި ހަމައަށްވެސް އެކުއްޖާ އަށް އޮންނަނީ އޮފީހަށްގޮސް ސޮއިކޮށްލުން އެކަނި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާގެ ފަހުންވެސް މިއަންހެންކުއްޖާއާއި ބެހޭގޮތުން އެފަދަ ވާހަކަތަކެއް ރަށުތެރޭގައި ދެކެވެމުން ދިޔައެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (8 ލިބިއްޖެ):

  20 March, 2009 05:51:53
avatar
ފުލުހުންނަށް ވެސް އަންހެން ކުދިންނާ ވާހަކަ ދެއްކިދާނެ. އެކަމަކު ކޮންމެ ކަމެއްގެވެސް ރަގަޅުގޮށް އޮންނައިރު ފުލުހުންނަށްވިޔަސް ނުރަގަޅު ގޮތަކަށް ކަންކޮށްގެން ނުވާނެ.....! ނުރަގަނޅު ގޮތަށް އެމީހުން މިކަންކުރަނީ ގައްދޫގެ އަންހެންކުދިން ބަދުނާމުކުރަންކަން އެމީހުންނަށް ނުވިސްނެނީބާ؟
މިކކަމުގެ ޒިންމާ އަޅުވާނީ ކޮންބައެއްގެ ބޮލުގައި. ގައްދޫގެ އަންހެންކުދިންގެ ބޮލުގައިތަ؟ ނޫނީ ފުލުހުންގެ ބޮލުގައިތަ؟ !!!! ނޫނީ މައިންބަފައިންގެ ބޮލުގައިތަ....!!!! ގައްދޫގެ އަންހެން ކުދިން އަދިވެސް ލޯހުލުވާކަށް ނުވޭބާ؟
ބަރާބަރު ސަކަރާތް
0
  24 February, 2009 01:46:20
avatar
ހީވަނީ ހަމަ އެކަނި ގައްދޫގައި ނޫންހެން ހަޔާތްކުޑަ އަންހެން ކުދިން އުޅެނީ.ކޮންމެ ރަށެއްގައި ވެސް އުޅޭނެ.މިއަދު ފުލުހުންނަކީ މި ގައުމުގެ އަމަންއަމާން ކަން ބަލަހައްޓަން ތިބި މީހުން.ވީއިރު ފުލުހުން ވެސް އެމީހުންގެ އަގު ހިފެހެއްޓުން ރަގަޅު ވާނެ.
ބަރާބަރު ސަކަރާތް
0
  24 February, 2009 12:07:21
avatar
އަޖައިބެއް ،ދެން ޕޮލިހުން ވީމަ ދެން އެވީ އަންހެންކުއްޖަކާ އަނގައިންވެސް ނުބުނަންތަ؟ ތި ކަހަލަ ތަނދޮރު ނުދަންނަ މީހުން ރަށުގަ އުޅޭތީ ހައިރާން ވަނީ....
ބަރާބަރު ސަކަރާތް
0
  17 February, 2009 02:09:42
avatar
އެފަދަ އަމަލު ކުރާ ބަޔަކު އަލުގަނޑުމެންގެ ތުއްތުކުދިންނަށް ކިޔަވައި ދޭން ފޮނުވުމަށް ލަދުވެސްގަނޭ! ކިހާރަގަޅު ވަޒީފާއަކަށް ނުދިޔަސް ބަރާބަރަށް ލާރި މިނިސްޓްރީއިން ދެއްނުން. އެއި ޢަދުގެ ސަރުކާރުބޭނުންވާގޮތް! ހުރިހާ ޓިޗަރުން އެހެން އުޅެންވީއެއްނޫން.
ބަރާބަރު ސަކަރާތް
0
  10 February, 2009 02:28:57
avatar
އެ ދެ ފުލުހުންގެ ނަމާއި އެޑްރެސް ސާފުކޮށް ދެއްވުން ވަރަށް ބޮޑަށް އެދެން.މިކަހަކަ ކަންތައްތައް މަދުކުރެވޭނީ އެފަދަ މީހުން ކޮންމެވެސްވަރަކަށް ބޭޒާރުކޮށްގެންކަމަށް ދެކެން...........
ބަރާބަރު ސަކަރާތް
0
  08 February, 2009 08:56:26
avatar
ކޮންމެ ތަނެއްގައިވެސް އަހުލާގީ ގޮތުން ދަށް ފެންވަރުގެ މީހުން އަދި ރަނގަޅު މާތް މީހުންވެސް އުޅޭނެ. ބަޔަކު މީހުން ކުރާ ކުށްތައް ހުރިހާ އެންމެންނަށް އަދަބު ލިބޭ ކަމެއް ނުދެނެ ހުރިން. ގައްދޫގައި އަޙްލާގީ ގޮތުން ރަނގަޅު ކުދިންވެސް އެބަތިބި. ތިޔަ ބުނާ ޒާތު މީހުން ނުއުޅޭ ތަނެއް ނެތް މިހާރު .. އެއީ ވެސްޓާން ތަރައްގީގެ އުސްމިންތަކަށް ވާސިލްވުމުން ވާނެ ގޮތް. ދީނީ ގޮތުން އެބައިމީހުންގެ ރޫހާނިއްޔަތަށް ފަރުވާ ލިބިގެން މެނުވީ ތިފަދަ މީހުން އިސްލާހެއް ނުވާނެ. ދީނީ ގޮތުން އެބައި މީހުން ހޭޅުން ތެރިކުރުވުމަކީ މައިންބަފައިންގެ ޒިންމާއެއްކަން ހަދާން މިހާރުގެ މައިން ހަދާނެއް ނުހުރޭ...މައީ
ބަރާބަރު ސަކަރާތް
1
  08 February, 2009 08:04:29
avatar
ޕޮލިހުންގެ ހަޔާތްވެސް ވަކި ކުޑައެއް ނޫންކަންނޭގެ..............
ބަރާބަރު ސަކަރާތް
0
  08 February, 2009 03:08:43
avatar
ގައްދޫއަކީ ވަރަށް ހަޔާތްކުޑަ އަންހެނުން އުޅޭ ރަށެއްކަން ފާހަގަ ކުރެވޭ.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 8 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 8

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0