ފުރަތަމަ ސަފްހާ | ޚަބަރު | މާވެއްދޫ އެއަރޕޯރޓްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން މަސައްކަތް މިއަދު ފަށައިފި

މާވެއްދޫ އެއަރޕޯރޓްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން މަސައްކަތް މިއަދު ފަށައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image މާވެއްދޫ އެއަރޕޯޓް ހިއްކުމުގެ ޕްލޭން އޮތްގޮތް

މަސައްކަތް ހުއްޓިފައިވަނީ ޑްރެޖަރަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށްވޭ

ގދ. މާވެއްދޫ އެއަރޕޯރޓް އެޅުމަށްޓަކައި ހިއްކަންޖެހޭ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު މިއަދު އަލުން ފަށައިފިއެވެ.

މާވެއްދޫގެ މަސައްކަތް ހުއްޓިފައިވަނީ ޑްރެޖަރަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް މިސައިޓަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެއަރޕޯރޓްގެ މަސައްކަތް ހުއްޓުމާއި ގުޅިގެން ގައްދުއާއި އަދި ގައްދޫގެ ކައިރި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މާވެއްދޫ އެއަރޕޯރޓް އެޅުމަށް ހަވާލުކޮށްފައިވަނީ އެއަރޕޯރޓް އިންވެސްޓްމެންޓް މޯލްޑިވްސް (އެއިމް) ކުންފުންޏާއެވެ. މިކުންފުންޏަކީ އެމްޓީސީސީ، އެއަރޕޯރޓްސް ކޮމްޕެނީ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ.

އެއަރޕޯރޓްގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން އެކަމާއި ބެހޭގޮތުން ބަހެއް ހޯދާލުމަށްޓަކައި އެއިމް އާއި ގުޅުއްވުމުން އެފަރާތުން ވިދާޅުވެފައިވަނީ ހިއްކުމުގެ މަސައްކަތް ކަނޑައެޅިފައިވާ ގޮތަށް ކުރިޔަށް ދާކަމަށެވެ. އަދި ހަމައެއާއިއެކު އެމްޓީސީސީ އިންވެސް ވަނީ މިއަދު މަސައްކަތް އަލުން ފަށައިފިކަން ކަށަވަރު ކޮށްދެއްވާފައެވެ. މިގޮތުން އެފަރާތުން ވިދާޅުވީ ހިއްކުމުގެ މަސައްކަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ނިންމާލެވޭނެކަމަށް ވަރަށްބޮޑަށް އުންމީދުކުރައްވާ ކަމަށެވެ.

ޑޮމެސްޓިކް އެއަރޕޯރޓަކާއި އެއްކޮށް އެރަށުގައި ޔޮޓްމެރީނާއެއް އަޅާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޚަބަރުލިބިފައިވެއެވެ. ގދ. މާވެއްދުއަކީ ގައްދުއާއި އެއްފަޅެއްގެ ގޮތުގައި ގައްދޫގެ އެންމެ ކައިރީގައި އޮންނަ ރަށެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (1 ލިބިއްޖެ):

  09 February, 2009 11:22:03
avatar
ގައްދޫ ގެ ތަރައްގީ އައްޓަކައި ތި މަސައްކަތް އަލުން ފެށިކަމަށް ޓަކައި ގައްދޫ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް އުފާ ކޮއްފިން. =ސަރޫފް=
ބަރާބަރު ސަކަރާތް
0
ޖުމްލަ: 1 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 1

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
3.00