ފުރަތަމަ ސަފްހާ | ޚަބަރު | ޓްރާންސްޕޯޓް މިނިސްޓަރު މާވެއްދުއަށާއި ގައްދުއަށް ވަޑައިގެންފި

ޓްރާންސްޕޯޓް މިނިސްޓަރު މާވެއްދުއަށާއި ގައްދުއަށް ވަޑައިގެންފި

ފޮންޓް ސައިޒް: Decrease font Enlarge font
image އަސްލަމްގައްދޫ ބައެއް ރައްޔިތުންނާއި އެކު ބޭއްވި އާންމުބައްދަލުވުމުގެ ތެރެއިން

މިދަތުރުފުޅުގައި ގައްދޫރައްޔިތުންވަނީ ގައްދުއަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ އަސްލަމަށް ދަންނަވާފައި.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް ހައުސިންގ އެންޑް އެންވައަރަންމެންޓް އަލްފާޟިލް މުހައްމަދު އަސްލަމް މިއަދު ހަވީރު ގައްދުއަށާއި ގދ. މާވެއްދުއަށް ވަޑައިގެންފިއެވެ.

އަސްލަމްވަނީ މިއަދު ހަވީރު ގައްދޫ ސެންޓުގޭކައިރީގައި އާންމުންގެ ބައެއް ފަރާތްތަކާއި އެކު ބައްދަލުވުމެއް ބޭއްވުމަށްފަހު އެފަރާތްތަކުން ކުރި ސުވާލުތަކަށް ޖަވާބުދެއްވައިފައެވެ. މިގޮތުން ރައްޔިތުންނާއި ބައްދަލުކުރައްވަމުން އަސްލަމް ވިދާޅުވިގޮތުގައި އެމަނިކިފާނުގެ މިދަތުރަކީ މާވެއްދޫ އެއަރޕޯރޓްގެ މަސައްކަތް އެދެވޭގޮތެއްގައި ކުރިޔަށް ނުދާތީވެ އެކަންހިނގަމުންދާ ގޮތް ބެއްލެވުމަށްޓަކައި ކުރެއްވި ދަތުރުފުޅެއްކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވިގޮތުގައި އެމަނިކުފާނަށް މައުލޫމާތު ލިބިވަޑައިގެންފައިވާގޮތުގައި މިހާތަނަށް އެމްޓީސީސީ އަށް ހިއްކުމުގެ މަސައްކަތް ނިންމިފައިވަނީ އެއަރޕޯޓްގެ ޖުމްލަ 15 ޕަސެންޓް ކަމަށާއި އެހެން ކަމުން މިދަތުރުގައި މަސައްކަތް ކުރިއަށް ގެންދެވިފައިވާ މިންވަރު ބައްލަވަން ބޭނުންފުޅުވާކަމަށެވެ. އަދި މަސައްކަތުގެ ސްޕީޑް އެކަށީގެންވާ ވަރަށްވުރެ ލަސްވުމުގެ ސަބަބުން އެމްޓީސީސީއާއި އެކު އެހެންގޮތަކަށް މިމަސައްކަތް ކުރިޔަށް ގެންދިޔުމަށް މަޝްވަރާކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މިކަމުގެ މާބޮޑު ތަފްސީލަކަށް އަސްލަމް ވަޑައިނުގަންނަވައެވެ.

ގައްދުއަށް ކުރެއްވި ދަތުރުފުޅުގައި އަސްލަމް ވަނީ ގައްދޫ އުތުރުކޮޅުގައި އޮންނަ ބިންގަނޑު ތިރި ސަރަހައްދު ބައްލަވައިއެސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ޝުއޫރުތައް އަޑުއައްސަވާފައެވެ. މިސަރަހައްދަކީ ބިންތިރި ސަރަހައްދެއްކަމަށްވެފައި އަދި ވަށައިގެން ހިއްކާފައިވާ ސަރަހައްދުހިއްކާފައިވަނީ ފުދޭވަރަކަށް އުސްކޮށްކަމުން ކިރިޔާވެސް ގިނައިން ވާރޭވެހިލައިފިނަމަ މިސަރަހައްދުގެ ގޭގޭގެތެރެއަށް ފެންވަނުމުގެ މައްސަލަ ދިމާވެފައިވެއެވެ. އެހެންކަމުން މިމައްސަލައަށް އަވަސްހައްލެއް ހޯދުމަށްޓަކައި ވަރަށްބޮޑަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

ގައްދޫގެ ރައްޔިތުން ވަނީ ފާޚާނާ ނިޒާމްގެ މައްސަލައާއި، ރިވެޓްމެންޓްގެ މައްސަލަ އަދި ފަޅުގެ ދަތިކަމުގެ މައްސަލަ އަސްލަމަށް ދަންނަވާފައެވެ. 

 މިދަތުރުފުޅުގައި އަސްލަމްއާއި އެކު އެމްޑީޕީގެ ފަރާތުން އެންޑޯސްކުރައްވާފައިވާ ކެންޑިޑޭޓް މުހައްމަދު އިމްތިޔާޒްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ގައްދޫއިންފުރާވަޑައިގަތުމަށްފަހު އަސްލަމްވަނީ 5:30 އެހާކަންހާއިރު މާވެއްދުއާއަށް ދިޔުމަށްޓަކައި ފުރާވަޑައިގެންފައެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (7 ލިބިއްޖެ):

  13 February, 2009 03:57:59
avatar
ޑިމޮކްރަސީ އަކީ ރައްޔިތުންނަށް އޮޅުވާލުމެއް ނޫން.. ވީއިރު އިމްތިޔާޒް އަކީ އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވާ، އަދި ސަރުކާރުގެ ސްޓޭޑަރޑް ބޭފުޅުންނާއި ގުޅުން ބޭފުޅެއް ކަމަށް ވުމުން ރަށަށް ކުރިއެރުން ހޯދައިދެވޭނެ ކަމަށް ރައްޔިތުންނަށް ވިސްނައި ދިނިމަކީ ވަރަށް ބޮޑު ގޯހެއް. ޒާހިރަކީ އަހަރެމެން ތާއިދު ކުރާ މީހެއް ނޫން ، މިހާތަނަށް ވެސް އަހަރުމެން މިތިބީ އެގޮތުގައި.. ނަމަވެސް ރައްޔިތުންގެ ބޮލަށް ސަވާރު ވާން ބަޔަކު މަސައްކަތް ކުރަނީ އެމީހުންގެ އަމއްލަ އެދުން ބޮޑު ކަމުން ކަން ހުދު އަހަރުމެން ގަބޫލު ކުރަން. އަހަރުމެން ބޭނުން ވަނީ ވަކި ގައްދުއަށް މަންފާ ވާކަށް ނޫން . މަޖުލީހަކީ މުޅި މިގައުމުގެ ރައްޔިތުންގެ ހައްގުގައި ވަކާލަތު ކުރާ އަހަރުމެން އެންމެންގެ ތަނެއް. ވީމާ މަޖުލިހަކީ ވެރިކަމުގައި ހުންނަ ކޮންމެ މީހަކު ކުޅެން ގެންގުޅޭ ރާޒުވާ ކުޅިބައެއް ކަމަށް ހީކޮށްގެން ނުވާނެ. އަހަރުމެން ބޭނުންވީ ތައުލީމީ މީހުން....އަހަރުމެން ވޯޓް ދޭނީ ކިތަންމެ ލާރި ދިނަސް ތައުލީމީ މީހުންނަށް ،،
ބަރާބަރު ސަކަރާތް
0
  12 February, 2009 04:47:36
avatar
ކޮމެންޓް ލިޔުނު ބޭފުޅާ ވެސް ކޮންމެވެސް ވަރަކަށް ޑިމޮކްރަސީ ގަބޫލު ކުރާހެން ހީވޭ. ނަމަވެސް ޤާނޫނީ ގޮތުން މީހަކަށް ލިބިފައިވާ ހައްގެއްގެ ބޭނުން 30ރުފިޔާ އަށް ނުވަތަ ކޯލާދަޅަކަށް އަތުލައިގަތުމަކީ ވަރަށް ހުތުރު ކަމެއް.ނޫނީ ގައްދޫ ރައްޔިތުންނަކީ މީހުން ކައިރީ އާދޭސް ކުރާ ބަޔެއްކަމަށް ހެދުމަކީ ވެސް ޤާނޫނު ހުއްދަ ކުރާ ކަމެއްނޫން،ބޭފުޅާވެސް ޒާހިރައް ދަންނަވައިގެން ނަމަވެސް ގައްދޫ ރައްޔިތުންނަށް އޮޅުވާލައިގެން ރިޝްވަތުދީގެން ނޫނީ މަކަރުވެރިކަމުން ތި ގޮޑި ކާމިޔާބު ނުކުރުމަށް އެދެން،އެހެން ނޫނީ މިދިޔަ 5އަހަރު ވީގޮތް ވާނީ..
ބަރާބަރު ސަކަރާތް
0
  12 February, 2009 03:15:53
avatar
މަލްޓި ޕާޓީ ސިސްޓަމެއް ކަމުގައި ވީ ނަމަވެސް ކޮމެންޓް ކުރެއްވި ބޭފުޅާއަށް ނޭގެނީ ކަންނޭގެ އަހަރުމެން ޕާލަމެންޓްރީ ނިޒާމަށް އާއެކޭ ނުބުނާކަން. އެމް ޑީ ޕީ ގެ ވެރިކަމެއްގައި ސަރުކާރުގައި އެމްޑީޕީ މީހުން ތިބެން ޖެހޭނެ ކަމަކަށް ފެހި ގާނޫނު އަސާސީގައި ބަޔާން ވެފައެއްނެތް. ތި ގޮތަށް މީހުންގެ ސިކުޑި ދޮވެލަން މަސައްކުރިނަމަވެސް ރައީސް ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ ހުރިހާ ބާރެއް އަށްދަށު ލާން ކަން އަހަރުމެންނަށް އެނގޭ!! ކެމްޕެއިންގައި ވައއުދުތައް ވީ މަޖުލިހުގެ އަގުލަބިއްޔަތު ލިބުނީމަ ވައުދު ފުއްދާކަށް ނޫން. އިމްތިޔާޒް މަޖުލީހަށް ނުހޮވޮނު ކަމުގައި ވިޔަސް އަސާސީ ގޮތުން ގައްދުއަށް ކޮށް ދޭންޖެހޭ ކަންތައް ކުރުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް.. ސަރުކާރަކީ ވަކި އެމްޑީޕީ ސަރުކާރެއް ނޫން. އެބަޔަކު ބޭނުން ބަޔަކަށް ތާއިދު ކުރުމަކީ ގާނޫނީ ގޮތުން ލިބިފައިވާ ހައްގެއް...
ބަރާބަރު ސަކަރާތް
0
  12 February, 2009 08:31:21
avatar
ފަހަރެއްގަ ކޮމެންޓް ލިޔުނު ބޭފުޅާއަށް އަދިވެސް ހީވާކަހަލަ ރާއްޖޭގައި މިހާރު މިއޮތީ ދިމާކުރާތީ ވެރިކަމެއްކަން،ނޫނީ ޤާނޫނު އަސާސީ އިސްލާހު ކުރިކަން ހަދާން ނެތުނީހެން ހީވަނީ.ބަލަގަ 11ނޮވެމްބަރު2008ވީ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގަ ކުރަމުން މިއަންނަނީ ގިނަ ޕާޓީ ނޫނީ މަލްޓި ޕާޓީ ސިސްޓަމެއް،ޑިމޮކްރަސީގެ އުސޫލުން ހިގާ ވެރިކަމެއް،ޕާޓިވެރިކަމުގައި ސަރުކާރުގައި ތިބޭނީ ޕާޓިމީހުން މިނިސްޓަރު އަސްލަމް، އިމްތިޔާޒު އަދި ރައީސް ނަޝީދަކީވެސް އެމްޑީޕީ މެމްބަރުން ވީމާ ކޮބާ މައްސަލައަކީ އިމްތިޔާޒު އެބޭފުޅުންނާއި އެކު އައުމުން،ނަޝީދު ހޮވަން މަސައްކަތް ކުރީ އިމްތިޔާޒު،އިމްތިޔާޒު ހޮވަން މަސައްކަތް ކުރާނީ ރައީސް ނަޝީދުމެން.މިހާރު މަޖިލިހުގަ ޒަޙިރު ކުރާ ކަމަކީވެސް މިނިސްޓަރު އަތުގަ ހިފައިގެން އިމްތިޔާޒު ދާތީވެ ބޮޑާ ހޭކުން އެކަން ހަޖަމު ނުކުރެވިގެން އުޅޭތަން.
ބަރާބަރު ސަކަރާތް
0
  11 February, 2009 08:44:36
avatar
ޒާހިރުގެ ފަޅިން އައިމީހުން އެތާގައި އަޑުގަދަކޮށް ކަންތައްކުރީ އަދިވެސް ނުފޫޒުގަދަ މީހަކީ ޒާހިރުކަން ދައްކަން. އަސްލަމް އާއި އެކީ އިމްތިޔާޒް އައުމުން އެއީ ޒާހިރު މެންނަށް ހަޖަމް ކުރެވޭ ވަރުގެ ކަމަކަށް ނުވި. ބަލަ ކަންކަން ހަލާކުކުރުމުގެ ބަދަލުގައި އެއްފަހަރުވެސް ގައްދޫގެ މުސްތަގްބަލަށް ވިސްނާލަބަލަ. ބަޔަކު އެތަނަށް ގޮސް ހަޅޭލެވުމަކުން ކުރާނެއެއްވެސް ފައިދާއެއް ނޯންނާނެ. ތިބޯދާ ގޮތްގަނޑު ދޫކޮށްލާ ތަންކޮޅެއް ސިވިލައިޒްޑް ވާންވެއްޖެއެއްނުން. އަހަރެމެން ބޭނުންވަނީ ކަންތައްތައް ލިބިގަންނަން. އެހެންވީމާ ސަރުކާރުގައި އާދޭސް ދަންނަވައިގެން ވެސް އަހަރެމެން ބޭނުން ގައްދުއަށް ކަންތައްކުރަން. އެހެންވީމާ ޒާހިރުމެން ފަޅީގެ މީހުންވެސް ގައްދުއަށް ހެޔޮގޮތް އެދޭނަމަ މިގޮތަށް ކަންތައްކުރަން ބުއްދިވެރި.
ބަރާބަރު ސަކަރާތް
0
  11 February, 2009 07:54:50
avatar
މިނިސްޓަރުގެ މިދަތުރުގައި އިމްތިޔާޒް ބައިވެރި ކުރުމަކީ ސުވާލުއުފެދޭ ކަމެއް.މީގެއިން ދޭހަވަނީ މިސަރުކާރުން ވެސް މިއިންތިޚާބުގައި ނުފޫޒުފޯރުވާނެކަމުގެ އަލިގަދަހެއްކެއް.
ބަރާބަރު ސަކަރާތް
0
  10 February, 2009 09:01:13
avatar
ގައްދޫ އޮންލައިނަކީ ހާދަ މަތި އޮމާން ކުރާ ސައިޓެއްކަން މިހާރު އެގިއްޖެ.ގޮޑި ހޫނުކުރާ ޒާހިރައް 30ރުފިޔާ އަށް ވިކިފައިތިބި މީހުން މިނިސްޓަރު ގެ އިސްތިއުފާއައްވެސް ގޮވި،ގައްދޫގެ ޝަގާފަތާ އެއްގޮތައް ހަޑި ހުތުރު ބަހުން ވާހަ ދެއްކި،ގައްދުއަށް ބޭނުން ކަންތައްތަކަށް މަޝްވަރާ ކުރުމުގެ ބަދަލުގައި ސަރުކާރާއި ދޭތެރޭ އާންމުން ނަފުރަތު ކުރުމުގެ ރޭވުން ހިންގި މީގެ ތެރޭގައި ޙާއްސަކޮށް ގައްދޫގައި ތިބި ރައްޔިތުންގެ ފައިސާއިން ފެނަވަރާ މީހުން އިސްކޮށް އުޅުނުކަން ފާހަގަ ކުރެވޭ)ދިރާގު މީހުން،އިންޖީނުގޭ މީހުން،ގައްދޫ އޮފީހުގއި މަސައްކަތް ކުރާ ސިވިލް ސާވެންޓުން ).ކުރިން ސްޓޭޓް މިނިސްޓަރުންގެ ބައްދަލުވުން މެދު ކަޑާލީ މިހިރީ ގައްދޫ މީހުންގެ ހާލަތު ހުރިގޮތް،އެންމެންވެސް ދައްކަނީ ގައްދޫ ތަރައްގީ ނުވާ ވާހަކަ،ކިހިނެތްހޭ ތަރައްޤީ ވާނީ މީގެ ކުރިން އޮތް ސަރުކާރާ ދެކޮޅު،މިހާރުގެ ސަރުކާރާ ދެކޮޅު،މިހުރިހާ ކަމަކީ ގައްދޫ ޒާހިރުގެ ވަބާ މީނަގެ ކަމަކީ ގައްދޫ މީހުން ކޯލާ ދަޅަކަށް ނުވަތަ 30ރުފިޔާ އަށް ހައްދާފަ ނާޖާއިޒު ފައިދާ ނެގުން....
ބަރާބަރު ސަކަރާތް
0
ޖުމްލަ: 7 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 7

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ލިޔުމާއިގުޅޭ ފޮޓޯތައް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0