ކުއްލި ޚަބަރު: ލޯބީގެ މައްސަލައެއްގައި ޒުވާނަކު އަމިއްލައަށް ގައިގައި ކަޓަރު އަޅައިފި
ގައިގައި ކަޓަރު އަޅާފައިވަނީ ގައްދޫ ސިއްހީ މަރުކަޒުގެ ތެރޭގައި ހުރެގެން ކަމަށްވޭ.
ލޯބީގެ މައްސަލައެއްގައި ދާދި ދެންމެއަކު ޒުވާނަކު އަމިއްލައަށް ގައިގައި ކަޓަރުއަޅައިފިއެވެ. ގައްދޫ ސިއްހީ މަރުކަޒުގެ ކައުންޓަރު ކައިރީގައި ހުރެގެން އަމިއްލަ ގައިގައި ކަޓަރު އަޅައި ޒަޚަމް ވެފައިވަނީ ގައްދޫ ސާވަން ފަރުޒީމް އެވެ.
ފަރުޒީމްގެ ހަށިގަނޑުގެ ޒަޚަމްތަކަށް ފަރުވާދިނުމަށްޓަކައި މިހާރު އޭނާ ވަނީ ގައްދޫ ސިއްހީމަރުކަޒުގައި ބާއްވާފައެވެ އޭނާގެ މޭމައްޗާއި ބަނޑު އަދި އަތުގެ ތަފާތު ތަންތަނުގައި ކަޓަރު އެޅުމުގެ ސަބަބުން ޒަޚަމް ވެފައިވީނަމަވެސް ބަލާބެލުމަށް ޒަޚަމްތައް އެހާ ފުންނޫންކަމަށް ފެނެއެވެ.
ފަރުޒީމްގެ ލޯބިވެރިޔާ ވަޒީފާ އަދާކުރަމުންގެންދަނީ ގައްދޫ ސިއްހީމަރުކަޒުގައެވެ. މިމައްސަލައާއި ބެހޭގޮތުން ފުލުހުންގެ ފަރާތުން މިހާތަނަކަށް އަދި މާބޮޑު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.



ކޮމެންޓްސް ފުނުއްވާ