ބަގީޗާ ރަޝީދަކީ ޑީއަރޕީގެ ކެންޑިޑޭޓެއް ނޫންބާ؟
ރަޝީދުގެ ކެމްޕޭންގައި މައިގަނޑުގޮތެއްގައި ހަރަކާތްތެރިވަނީ ޑީއަރޕީއަށް ނިސްބަތްވާމީހުން.
ކުރިޔަށް އިތް ރިޔާސީ އިންތިޚާބްގައި ވާދަކުރައްވާނެކަމަށް ބެލެވޭ ގައްދޫ ބަގީޗާގެ ރަޝީދަކީ ޑީއަރޕީ ލައިނުން މަސައްކަތް ކުރާ ކެންޑިޑޭޓެއްކަމަށް ޝައްކުކުރެވޭ ސަބަބުތަކެއް އެބަހުއްޓެވެ. އަދި މިހާތަނަށް ރަސްމީ ގޮތެއްގައި ރަޝީދުގެ ނަން ޑީއަރޕީ އިން އިއުލާން ނުކުރި ކަމުގައި ވިޔަސް ރަޝީދަށް ކެމްޕޭންކުރުމަށްޓަކައި މައިގަނޑުގޮތެއްގައި ހަރަކާތްތެރިވަމުން ގެންދަނީ ޑީއަރޕީއަށް ނިސްބަތްވާ މީހުންނެވެ.
މިގޮތުން ރަޝިދަށް ކެމްޕެއިންކުރަމުންދާ ބައެއްމީހުންނަކީ މިދިޔަ ރިޔާސީ އިންތިޚާބްގައި އިއްތިހާދަށް ތާއިދުކުރިމީހުން ކަމުގައިވިޔަސް މިފަހަކަށް އައިސް އެފަރާތްތަކުގެ ރާގު ޑީއަރޕީއާއިގުޅޭ ގޮތަށް ބަދަލުވެފައިވެއެވެ.
އެހެންކަމުން ސިޔާސީ ސަބަބުތަކަށްޓަކައި ރަޝީދަކީ ޑީއަރޕީންއެންޑޯސް ކޮށްފައިވާ ކެންޑިޑޭޓެއްކަމަށް މިހާތަނަށް ހާމަކޮށްފައި ނުވިނަމަވެސް މިގޮތަށް ބެލެވޭނެ ފުރުސަތު އެބައޮތެވެ. ރަޝީދު މިހާރުވެސް ކެމްޕެއިނަށް ޚަރަދުކުރަމުންދާ މިންވަރަށް ބަލާއިރު ފަހަތުގައި ވަރުގަދަ ބަޔަކުނެތި ރަޝީދުގެ އަމިއްލަ ޚަރަދުގައި މިފަދަ ބޮޑެތި ޚަރަދު ތަކެއް ކުރާނޭކަމަށް ބެލުމަކީ މުސްތަހީލް ކަމެކެވެ.
މިވަގުތަށް ބަލާއިރު ރަޝީދަކީ މާބޮޑު ވިޔަފާރިއެއް ކުރަމުންދާ މީހެއް ނޫންކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން ޕާޓީލައިނުން ނޫންނަމަ ވިޔަފާރިވެރިންތަކެއް ފަހަތުގައި ތިބެގެންނޫނީ ރަޝީދުމިފަދަ ބޮޑު ޚަރަދު ތަކެއް ނުކުރާނެކަން ޔަގީނެވެ.
ގައްދޫގައި ޑީއަރޕީ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ގެންދާ ނައީމްވެސް މިފަހަރު ކެމްޕޭންކުރަމުން ގެންދަނީ ރަޝީދަށެވެ. ނަމަވެސް ނައީމް ވިދާޅުވާގޮތުގައި އޭނާ މިފަހަރު ރަޝީދަށް ތާއިދުކުރަން ޖެހުނު މައިގަނޑު ސަބަބަކީ އޭނާގެ ދެކޮއްކޮ އެއް ރަޝީދަށް ތާއިދުކުރުމަށް ނިންމުމުގެ ސަބަބުންނެވެ. ނަމަވެސް މިދެންނެވި ކަންތައްތަކުގެ މައްޗަށް ރިއާޔަތް ކުރާއިރު ނައީމްގެ އެވާހަކައަކީވެސް މުޅިން ހަގީގަތް ކަމާއިމެދު ޝައްކުއުފެދެއެވެ.



ޭ
ކޮމެންޓްސް ފުނުއްވާ