ގައްދޫ/ވާދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އިމްތިޔާޒްގެ މެނިފެސްޓޯ ހާމަކޮށްފި
2009 ވަނަ އަހަރު ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބްގައި އަޅުގަޑަށް ވޯޓް ދެއްވައިފިނަމަ ﷲ ސްބުޚާނަހޫ ވަތައާލާގެ ވާގިފުޅާއެކު ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް އަޅުގަޑު އަޑު އުފުލާދޭނަން- އިމްތިޔާޒް.
އަލްމަރުޙޫމް އިބްރާހިމް ޖަމީލް(ފ.ޖަމީލް) އާއި އަލްފާޟިލާ ފާތުމަތު ވަރުދާއަށް ލިބިލައްވާފައިވާ މުޙައްމަދު އިމްތިޔާޒް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 18 އޮކްޓޯބަރ 1969 އަހަރުގައި ގދ.ގައްދޫ އަލިވާގޭގައެވެ.
އިމްތިޔާޒް ބަލައިބޮޑުކޮށްފައިވަނީ އޭނާގެ މަންމަޔާއި، މަންމަގެ މައިންބަފައިންގެ އިރުޝާދާއިއެކުއެވެ. ފަޤީރު އާއިލާއެއްގައި އުޅެ ބޮޑުވިކަމުގައިވިޔަސް އިމްތިޔާޒްގެ މަންމަ ވަނީ އެވަގުތު ދިވެހިރާއްޖެއިން ލިބެން ހުރި އެންމެރަގަޅު ތަޢުލީމެއް އިމްތިޔާޒަށް ހޯދައިދިނުމަށް މަގު ފަހި ކޮށްދެއްވާފައެވެ. އިމްތިޔާޒަކީ، ތިމާގެ ހާލަތަކީ ގަދައަޅައި ހިއްވަރާއެކު މަސައްކަތްކޮށްފި ކޮންމެމީހަކަށްމެ ބަދަލުކުރެވޭނެ ކަމުގެ ފުރިހަމަ ހެއްކެކެވެ. ސްކޫލް ދައުރުގައިވެސް އިމްތިޔާޒަކީ ވަރަށްހަރަކާތްތެރި ބޭފުޅެވެ. މިގޮތުން ސްކައުޓްގައި ވަރަށް އިސްދައުރެއް އަދާކުރެއްވުމުގެ އިތުރުން ކުޅިވަރާއި، އަދަބީ ހަރަކާތް ތަކުގައި ފާހަގަ ކޮށްލެވުނެވެ.
އަމިއްލަދިރިއުޅުމެއް އުޅުއްވަމުންވެސް ލަންޑަންގެ އެސޯސިއޭޝަން ފޯރ ބިޒްނަސް އެގްޒެކެޓިވްސް އިން "ބިޒްނަސް އެޑްމިނިސްޓްރޭޝަން"ގެ ރޮގުން މަތީތައުލީމް ހާސިލް ކުރައްވައިފައިވާ އިމްތިޔާޒަކީ ދުނިޔޭގެ ވަރަށްގިނަޤައުމުތަކަށް ދަތުރުކޮށް ދުނިޔެއަށް ލޯހުޅުވިފައިވާ މީހެކެވެ. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ފަޔަރ ފައިޓަރެއްގެ ވަޒީފާއަށް ވެންނެވި އިމްތިޔާޒް ވަނީ އާގުބޯޓްފަހަރުގެ ރޭޑިއޯ އޮފިސަރުކަމާއި، ޓޭބަލްޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީކަމުގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގައިވެސް މަސައްކަތް ކުރައްވާފައެވެ. މީގެއިތުރުން އެކިއެކި ސެމިނަރތަކާއި، ޖަލްސާތަކުގައި ރާއްޖެއިންބޭރަށްގޮސް ރާއްޖެ ތަމްޝީލް ކޮށްދެއްވާފައިވެއެވެ.އަމިއްލަފައިމައްޗަށް ތެދުވެވޭނެ ދުވަހަކަށް އިންތިޒާރުކުރައްވަމުން ގެންދެވި އިމްތިޔާޒަކީ މިހާރު ހުޅުމާލޭގައި ތިއްބެވި އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރެއިން އެކެކެވެ. އިމްތިޔާޒް ވަނީ ވިޔަފާރީގައި ތަފާތު އުދަގޫ މަރުހަލާތައް ސާބިތުކަމާއި ވިސްނުންތެރިކަމާއެކު ގިރާކުރައްވާފައެވެ. މިގޮތުން 2004 ވަނަ އަހަރު ކުޑަގޮތަކަށް ފެށި ވިޔަފާރިވަނީ ކާމިޔާބު ވިޔަފާރިއަކަށް ހައްދަވާފައެވެ.
އަބަދުވެސް ސަރުކާރުގެ ސިޔާސަތުތަކާމެދު ފިކުރުބަހައްޓަވާ އިމްތިޔާޒް ސިޔާސީ ހަރަކާތްތަކާއި ގުޅުނީ މީގެ އަހަރުތަކެއްކުރިން ފެށުނު މިނިވަން ބަހުސްތައް ކުރިޔަށް ގެންދެވުނު ދުވަސްވަރުއެވެ. މިރާއްޖެއަށް ފުރިހަމަ ޑިމޮކްރެސީ ތައާރަފްވުން ވެގެން ދިޔައީ މިޤައުމަށް ލިބިގެން ދިޔަ އެންމެބޮޑު ކުރިއެރުން ކަމުގައިދެކޭ އިމްތިޔާޒް ވިސްނާގޮތުގައި ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ހީވެފައި އޮންނަނީ އިންތިޙާބެއް ބޭއްވުމުން ޑިމޮކްރަސީގެނެވުނީކަމަށެވެ. އެކަމަކު އެއާއިއެކު ބާރުތަށް ވަކިކުރުމާއި ރައްޔިތުންނާއިމެދު ހަމަހަމަކޮށް ކަންތައްތައް ކުރުމާއި ސަރުކާރުހިންގުމުގައި ރައްޔިތުންގެ ހިއްސާ އޮންނަންޖެހޭނެކަމަށެވެ. އެހެންވެ މިދަޑިވަޅު ރައްޔިތުންގެ މަޖިލީހުގައި އެކަމަށް ޤާބިލް ޒުވާނުން ތިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ދެކި، ތިޔަ ލޮބުވެތި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމަށް އިމްތިޔާޒް ވަނީ އަޒުމް ކަޑައަލައިފައެވެ.އިމްތިޔާޒްގެ އަމިއްލަ ހާލަތުގެ މައްޗަށް ރޮއެ ހިތާމަކުރުމުގެ ބަދަލުގައި ކުރިއަށް އޮތް އުޖާލާކަމުގެ މިސްރާބަށް ދަތުރު ކުރުމަކީ އޭނާ ރައްޔިތުންނާއިމެދު ކުރާ އުއްމީދެވެ. ޒަމާނުއްސުރެ މަޖިލިސްތަކާއި އިސްމަޤާމުތަކުގައި ތިބިގެން ރައްޔަތުންގެ ހައްގައްވުރެ އަމިއްލަ އެދުން ކުރިއަށް ނެރުނު މެމްބަރުންނާއި އިމްތިޔާޒް ކުރިމަތިލަނީ އެއްމެ އާދައިގެ ނިކަމެތި ރައްޔަތެއްގެ ވިންދު އިހްސާސް ކުރެވިގެން، ރައްޔަތުންގެ އަޑުއުފުލުމަށް ނުކުންނަ ނިކަމެތި ރައްޔިތެއްގެ ގޮތުގައެވެ.
ރަށުތަރައްގީއަށް ކޮށްދޭނެ ކަންތައް:
-
އެއަރޕޯޓް ހަގީގަތަކަށް ހެދުމަށްޓަކައި ސަރުކާރަށް ބާރުއަޅައި، އެކަމުގައި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުން...
-
ޒުވާނުންނަށް ޔޫތުސެންޓަރެއް އެޅޭނެގޮތް ހަދައިދިނުމަށް މަސައްކަތްކޮށްދިނުން...
- ހޮސްޕިޓަލްތަކުގެ ޙިދުމަތް ރަގަޅުކުރުމާއި، ރަގަޅު ޑޮކްޓަރުން ހޯދައިދިނުމަށް މަސައްކަތްކޮށްދިނުން..
- ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ބާރުއެޅުމާއި ކޮލިޓީ ޓީޗަރުން ހޯދުމަށް މަސައްކަތް ކޮށްދިނުން...
- ބޭންކުގެ ޙިދުމަތް ލިބޭނެގޮތް ހޯދައިދިނުމަށް މަސައްކަތްކޮށްދިނުން...
- މަސްވެރިންނަށް ބޭނުންވާ ތެޔޮ މާލެއެކޭ އެއްއަގެއްގައި ހޯދައިދިނުމާއި ދޯނިފަހަރު އެހެލޭނެ ޒަމާނީ ވަސީލަތެއް ގާއިމުކުރުކޮށްދިނުން...
- ޒަމާނުއްސުރެ ދަނޑޫވެރި ގައްދުއާއި ވާދޫގެ ރައްޔިތުންނަށް ޒަމާނީ ވަސީލަތްތަކާއި ހޯދުންތަކުގެ އަލީގައި ދަނޑުވެރިކަމުގެ ފައިދާހޯދާދީ ފުދުންތެރި ރައްޔިތަކަށް ހަދައިދިނުން...
- ސަރުކާރާއި، އެމް.ޑީ.ޕީ އިން ކޮށްފައިވާ ވައުދުތަކާއި އެއްގޮތަށް ކަންތައްތައް ކުރެވޭތޯބަލައި، ނުކުރެވޭނަމަ އެކަންތަކުގައި ސަރުކާރަށް ސަރުކާރަށް ބާރުއަޅައި، އެކަމުގައި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުން...
އެމް.ޑީ.ޕީ ގެ ފަސް ވައުދު:
-
ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅާލުން...
-
ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުން...
-
މަސްތުވާ ތަކެއްޗައް ހުޅުވިދޮރުތައް ބަންދުކުރުން...
-
ދިރިއުޅުމުގެ އަގު ތިރިކުރުން...
-
އަތްފޯރާފަށުގައި ބޯހިޔާވަހިކަން...
އެމް.ޑީ.ޕީ ސަރުކާރުން ކޮށްފައިވާ ގައްދޫދާއިރާ (ގައްދޫ/ވާދޫ) ގެ ވައުދުތައް ހަޤީގަތަކަށް ހެދުން:
-
ނަރުދަމާ، ފެން،ގޭސް މަސައްކަތް ކައިރި މުސްތަގްބަލެއްގައި ކޮށްދިނުން...
-
ގެދޮރުގެ ދަތިކަން ހައްލުކޮށްދިނުމަށްޓަކައި ގައްދޫގައި އަޅާ 150 ފްލެޓްގެ މަސައްކަތް ހަލުވި ކުރުވުން...
-
މިއަހަރު ރާއްޖޭންބޭރުން ގެނެވޭ ޓީޗަރުންގެ ތެރެއިން ގައްދުއާ ވާދޫ ޓީޗަރުން ހަމަޖެއްސުން...
-
އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރާއިއެކު މަސައްކަތް ކުރުން...
-
ގައްދުއާއި ވާދޫ ބަދަރުގެ މަސައްކަތް ހަގީގަތަކަށް ހެދުން...
-
ޑްރަގްގެ ވަބާގައިޖެހިފައިވާ ކުދިން މުޖުތަމައަށް ނެރެދިނުން...
-
ހެލްތް އިންޝްއަރެންސް ސްކީމްގެ ތެރެއިން ގައްދުއާއި ވާދޫގެ ރައްޔިތުންގެ ހައްގު ހިމާޔަށްކުރުން...



ގައްދޫ މީހުންނަކީ މޮޔައިންނެއްނޫނޭ...އަހަރުމެން ޔަގީންކުރާގޮ
ތުން އެމްޑީޕީ އަށް ސަޕޯޓެއް ނެތް މިހާރު..އަހަރުމެން ވެސް
ބަދަލަށް ވޯޓުލިން އެކަމަކު މިހާރު އެއްވެސް މީހަކު ތިޔަދައްކާ
ހުވަފެން ނޫޅޭ ބަލާކަށް......މާލޭދިރިއުޅޭ ގައްދޫ އާއިލާ އެއް،...=
ކޮމެންޓްސް ފުނުއްވާ