ގދ. އަތޮޅު އޮފީސް ގައްދުއަށް ބަދަލުކުރާގޮތަށް ހަމަޖެހިއްޖެ.
މިކަމާއި ބެހޭ މަޝްވަރާކުރުމަށްޓަކައި އަތޮޅު ކައުންސެލަރ މިއަދުގެ ވަގުތެއްގައި ގައްދުއަށް ވަޑައިގެންނެވި ކަމަށްވޭ.
ގދ. އަތޮޅު އޮފީސް ގައްދުއަށް ބަދަލުކުރާ ގޮތަށް މުޅިން ނިމިފައިވާ ކަމަށް ގައްދޫ އޮންލައިނަށް ޚަބަރު ލިބިއްޖެއެވެ. މިގޮތުން މިއަދުގެ ވަގުތެއްގައި މިކަމާއި ބެހޭ މަޝްވަރާ ކުރުމަށްޓަކައި އަތޮޅު ކައުންސިލަރ ގައްދުއަށް ވަޑައިގެންނެވި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އަތޮޅު އޮފީސް ގައްދުއަށް ބަދަލުކުރުމަށްޓަކައި ކޮމިޓީއާއި މަޝްވަރާ ކުރުމުގެ ތެރޭގައި ކޮމިޓީގެ ބައެއް މެމްބަރުން މިކަމާއި ދޭތެރޭގައި ޚިޔާލު ތަފާތުވެފައިވާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށާއި އެހެންކަމުން މިކަމާއި ދޭތެރޭގައި ވަރަށްބޮޑަށް ހިތާމަކުރައްވާ ކަމަށް އެމްޑީޕީގެ ފަރާތުން ގައްދޫގެ ދާއިރާއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް މުހައްމަދު އިމްތިޔާޒް ވިދާޅުވިއެވެ. އިތުރަށް އިމްތިޔާޒް ވިދާޅުވިގޮތުގައި ސިޔާސީ ގޮތުން ކިތަންމެ ޚިޔާލު ތަފާތުވި ނަމަވެސް ރަށަށް ތަރައްގީ ގެނެސްދޭ މިފަދަ ކަންތައްތަކާއި ދޭތެރޭގައި ރަށުގެ ކުރިއަށް ތިބި މީހުންގެ ޚިޔާލު ތަފާތުވުމަކީ ވަރަށް ދެރަ ކަމެއް ކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ.
ޕްރޮވިންޝަލް އޮފީސް ތިނަދޫގައި ގާއިމްކުރާގޮތަށް ހަމަޖެހުމާއި ގުޅިގެން އަތޮޅު އޮފީސް ގައްދުއަށް ބަދަލުވެއްޖެނަމަ މިކަމުގެ ސަބަބުން އިތުރު އެތައްފައިދާ ތަކެއް ލިބުމުގެ ދޮރުތައް ހުޅުވި ގައްދުއާއި ގައްދޫ ސަރަހައްދުގެ އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މިކަމާއި ބެހޭ އިތުރު މައުލޫމާތު ހޯދާލުމަށްޓަކައި ގައްދޫގެ ކައުންސެލަރ އަބްދުލް އަޒީޒަށް ގުޅާލެއްވުމުން ފޯނަށް ޖަވާބު ނުދެއްވާތީވެ އޭނާގެ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފައެވެ.



-ޝަރީފް-.
ކޮމެންޓްސް ފުނުއްވާ