ފުރަތަމަ ސަފްހާ | ޚަބަރު | އިމްތިޔާޒްގެ ކެމްޕޭން ޕޯސްޓަރ ނެރުމުގެ ރަސްމިއްޔާތު ބާއްވައިފި

އިމްތިޔާޒްގެ ކެމްޕޭން ޕޯސްޓަރ ނެރުމުގެ ރަސްމިއްޔާތު ބާއްވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ބައްދަލުވުމުގައި ގައްދޫ ކައުންސިލަރ އަބްދުލް އަޒީޒް ޕޯސްޓަރ ނެރެދެއްވަނީ

މިރަސްމިއްޔާތުގައި ޕޯސްޓަރ ނެރެދެއްވައިފައިވަނީ ގައްދޫ ކައުންސިލަރ އަބްދުލް އަޒީޒް

ގައްދޫ/ވާދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް މުހައްމަދު އިމްތިޔާޒްގެ ކެމްޕޭން ޕޯސްޓަރ ނެރެދެއްވުމުގެ ރަސްމިއްޔާތު ރޭ 09:00 ގައިގައްދޫ ޒަމާނީ އައްސޭރި ގޭގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ޕޯސްޓަރ ނެރެދެއްވާފައިވަނީ ގައްދޫ ކައުންސިލަރ އަލްފާޟިލް އަބްދުލް އަޒީޒް މުހައްމަދެވެ.

މިބައްދަލުވުމުގެ މަގްސަދަކީ ކެމްޕޭން ޕޯސްޓަރ ނެރެދެއްވުމުގެ އިތުރަށް އިމްތިޔާޒް ރައްޔިތުންގެ މަޖިލިސްގެ މެމްބަރުކަމަށް ކުރިމަތިލައްވާފައިވާތީވެ އެކަން އާއިލާގެ ގާތްބޭފުޅުންނާއިއެކު ހިއްސާކޮށްލުންކަމަށް އިމްތިޔާޒް  ބައްދަލުވުމުގައި ވިދާޅުވިއެވެ. 

މިޕޯސްޓަރުގައި އިމްތިޔާޒް މަޖިލިހަށް ހޮވިއްޖެނަމަ ގައްދޫ ދާއިރާގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވާނެ 2 ކަމެއް ހިމަނާފައިވެއެވެ.  އެއީ ގައްދޫ އެއަރޕޯޓްގެ މަސައްކަތް ހަގީގަތަކަށް ހައްދަވައި ދެއްވުމާއި ގައްދުއާއި ވާދޫގެ ބަނދަރު ހެއްދެވުމުގެ މަސައްކަތް 5 އަހަރުގެ މުއްދަތުގެ ތެރޭގައި ކޮށްނިންމުމެވެ. އެމްޑީޕީ ގެ ފަރާތުން މަޖިލީހަށް ކުރިމަތިލައްވާފައިވާ ކޮންމެ ކެންޑިޑޭޓެއްގެ ޕޯސްޓަރުގައި ވެސް މިފަދަ ކޮންމެވެސް 2 ކަމެއް ހިމަނާފައިވާނެކަމަށް އޭނާ މިބައްދަލުވުމުގައި ވިދާޅުވިއެވެ.

 އިތުރަށް ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވިގޮތުގައި މަޖިލިހަށް އޭނާ ހޮވިއްޖެނަމަ ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަގު އެހެންކެންޑިޑޭޓުންނަށްވުރެ އޭނާއަށް ފަސޭހަ ވުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ އޭނާ އަކީ މިހާރު ރާއްޖޭގައި ވެރިކަން ކުރާޕާޓީގެ ކެންޑިޑޭޓަށް ވުމުގެ ސަބަބުން ސަރުކާރާއި ގުޅިގެން ކަންތައްތައް ކުރުމުގެ މަގު ފަހިވެގެންދާނެތީއެވެ.

މިބައްދަލުވުމުގައި އިމްތިޔާޒްގެ އިތުރުން ގައްދޫ ކައުންސިލަރ އަބްދުލް އަޒީޒާއި ގައްދޫ ފަނޑުނުވާގެ އަހުމަދު އާތިފް ވާހަކަ ދެއްކެވިއެވެ. އަބުދުލް އަޒީޒްގެ ވާހަކަފުޅުގައި ވެރިކަން ކުރާޕާޓީއަށް މަޖިލިހުގެ އަޣްލަބިއްޔަތު ލިބިއްޖެނަމަ ލިބިގެންދާނެ ކުރިއެރުންތަކާއި ދޭތެރޭގައި ތަފްސީލްކޮށް އަލިއަޅުއްވާލެއްވިއެވެ.

 

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (11 ލިބިއްޖެ):

  09 March, 2009 10:20:11
avatar
އަޅެ ފަހެ މީހަކު ހައިރާނެއްނުވާނެތަ؟ މުޅި އޮޑީގަ ހަސަނު ދެފައޭ ބުނާ އުސޫލުން މުޅި ގައްދޫ އޮންލައިންގައި އިމްތިޔާޒު ގެ ވާހަކަ.އެހެން ކެނޑިޑޭޓެއްގެ ވާހަކަވެސް ޖަހަން ވެއްޖެ އެންނު މިހާރު .
ބަރާބަރު ސަކަރާތް
0
  08 March, 2009 05:07:50
avatar
ކޮބާ ތިޔަ އިމްތިޔާޒު ގައްދުއަށް ކުރިކަމެއް މީގެ ކުރިން ވެސް ތިޔަ އިމްތިޔާޒު ހުރި .ތީ ކަނޑާ ހުސްފޮނި އަޅުގަނޑުމެން ވޯޓެއް ނުލާނަން
ބަރާބަރު ސަކަރާތް
0
  07 March, 2009 02:13:40
avatar
އިމްތިޔާޒު އެނާގެ ގާބިލްކަން ދެއްކޭތޯ ވަރަށް މަސަކަތް އެބަ ކުރޭތާ! އެކަމަކު އެމް.ޑީ.ޕީ އަށް ނެތް ސަޕޯޓެއް އިމްތިޔާޒަށް އޮންނާނެކަމަށް ގަބޫލެއް ނުކުރެވޭ.
ބަރާބަރު ސަކަރާތް
0
  06 March, 2009 03:33:01
avatar
އިމްތިޔާޒު ހޮވަންމިތިބީ ތައްޔާރަށް.ނަމަވެސް ސަރުކާރުން ގައްދުއާ ދޭތެރޭ ދެކޭގޮތް ބަދަލު ނުވެ މިކަމެއް ނުވާނެ. ބޭނުމީ ސަރުކާރުން މިކަންތަކަށް ދޭ ތާރީޚު.--އަލަޑަބިޔާ-
ބަރާބަރު ސަކަރާތް
0
  05 March, 2009 09:12:38
avatar
"ކޮށްމެ މީހަކީވެސް މިނިވަނެއް އެމިނިވަންކަން އިންޑިއާ ދަތުރަކަށް ނޫނީ ދެތިން ހާސް ރުފިޔާއް ވިއްކާ ނުލަށްވާ، މިއަދު ބަނޑު ފުރާ ކާންލިބުނަސް ނޫނީ ލިބޭ ތިރީސް ރުފިޔާއަށް ވުރެ މާދަމާ އަހަރުމެން ގެދަރިން ގެ މުސް ތަގުބަލަށް އެޅިދާނެ ހުރަހަކަށް، ވެދާނެ ގެއްލުމަކަށް ފުންކޮށް ވިސްނަން ތިބީ ހަމަ އަހަރުމެން".
މާދަމާގެ މުސް ތަގުބަލަލް އުޖާލާ ކުރުމަށް އިމްތިޔާޒް އަށް އިޚުލާސްތެރި ވޯޓެއް ދެއްވާ.،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،
=ފަޑުނުވާ=
ބަރާބަރު ސަކަރާތް
1
  04 March, 2009 07:32:58
avatar
އިމްތިޔާޒަށް ހަމަސާބަސް، މިފަހަރު ހުރިހާގޮތަކުން ބެލިޔަސް ގާބިލް މީހަކީ ހަމަ އިމްތިޔާޒް.
ބަރާބަރު ސަކަރާތް
1
  04 March, 2009 06:02:34
avatar
އިމްތިޔާޒަކީ މިފަހަރު ތަފާތުގޮތަކަށް ކެމްޕެއިން ކުރާމީހެއް. އެހެން ކެންޑީޑޭޓުންވެސް މިގޮތް ދަސްކުރަންވީ. މިގޮތަށް މައުލޫމާތު ދޭންވީ. ގާބިލޭ/ނާގާބިލޭ ނުބުނެ ރައްޔިތުންނާ ފޭސްކުރަންވީ. މިހާހިސާބައް އެއްމެ ގާބިލްކަން ދެއްކި ކެންޑިޑޭޓަކީ އިމްތިޔާޒް. އަހަރުމެން އިމްތިޔާޒް ބަލައިގަނެފިން. އިމްތިޔާޒަށް ވޯޓެއް. ނަވީން
ބަރާބަރު ސަކަރާތް
2
  03 March, 2009 12:16:56
avatar
އ.ފޙމ- ރައީސް ނަޝީދު ތިޔަކަލަ ވައުދުތައްވިއެއްނު. އަހަރުމެން ހީކުރީ ނަޝީދު ވަރަށް ހެޔޮކޮށް ވެރިކަންކުރާނެ ކަމަށް. އެކަމަކު ކެމްޕެއިން ތެރޭގައި ދެއްކިވާހަކަ އާއި މިހާރު ކަން ހިނގާގޮތާއި ދިމާވަނީ ކިހާވަރަކަށްބާ؟ ކޮބާ ނާގާބިލު މީހުން މަގާމުތަކަށް ނުލާނަމޭ ބުނެފައި މިހާރު ސިޔާސީ މަގާމުތަކަށް ލާފައި ތިބީ ހުސް ގާބިލު މީހުންތަ؟ ވިޔަފާރިވެރިން ފިހާރަ ވައްގަނޑު ބަލަން ބައިތިއްބާނަމޭ ބުނެފައި ވަޒީރުކަން ނުދޭތަ؟ ބޮޑު ސަރުކާރެއް ބޭނުމެއް ނޫނޭ ބުނެފައި މިހާރު ހަދާފައި އޮތް ސަރުކާރު ކުޑަތަ؟ އަދި ވެސް ކިތައްމެކަމެއް. ދެން މިހާރު ތިބުނަނީ އިމްތިޔާޒު އެމްޑީޕީ ކެންޑިޑޭޓްކަމަށްވާތީ އޭނައަށް ސަރުކަރުން ކަންކަން ފަހިވާނެއޭ. ކުރިން މިބުނީ ދިވެހިރައްޔިތުން ކުރިމަތީގައި ނަޝީދު ވީ ވައުދުތައް. އެކަމެއް ނުވިތާގައި އެމްޑީޕީ ފަރާތުން ހޮވޭ މެމްބަރަކު ކުރާ ވައުދުތައް ފުއްދޭނެތަ؟ އެނގޭތަ ވާނެ ގޮތް. ހޮވުނީމާ ބުނާނީ ސަރުކާރުން ބުނެޔޭ ކޮށްދޭނަމޭ. ދެން ލަސްވެގެން އަހާލީމާ ބުނާނީ ވަކިތަރުތީބަކުންނޭ ކުރަނީ . ދެން ބުނާނީ ފައިސާ ދަތިވިމާއޭ އަދި ނުވަނީ. އެމްޑީޕީ ތަމްސީލުކުރާ މެމްބަރަކަށް ވާތީ ސަރުކާރު ނުރުހޭގޮތަކަށް ވަހަކައެއް ނުދައްކާނެ. މިއީ ދިރިދިރި ހުރި ހަގީގަތް. އަހަރުމެންނަށް ލަނޑުދެވޭނީ އެއްފަހަރު. ނަޝީދުހީކުރަނީ ދިވެހިންނަނީ ގުބޯލުންކަމަށް. ބަލަ ނަޝީދަށް ވެރިކަން ދިނީ އޭނަ ކުރި ވައުދުތަކަށް. އޭނައަކަށް ބަލާފައެއް ނޫން. ދެން މިހާރު މާޒީން އިބުރަތް ލިބިއްޖެ. އިމްތިޔާޒަށް ބުނާނީ ސޮރީއޭ.
ބަރާބަރު ސަކަރާތް
0
  03 March, 2009 12:14:04
avatar
އިމްތިޔާޒުގެ ސަޕޯޓު އިތުރުވަމުން ދިއުމުގެ އަސްލަކީ ކެމްޕޭނުގެ ސުޓެރެޓްޖީ ރަގަޅުވެފައި ފަހަތުގައި ޒުވާން ބެކަޕެއް އޮތުން ކަމަށް ގަބޫލުކުރެވޭ.--އފ
ބަރާބަރު ސަކަރާތް
1
  03 March, 2009 09:03:09
avatar
އިމްތިޔާޒު އަކީ ސަރުކާރުން ހޮވާފައިވާ ކެންޑިޑޭޓަށް ވުމަކީ، ރަގަޅު ފާލެއް. ގައްދޫ ގެ ތަރައްގީ ގެ މަޝްރޫއުތައް ހަގީގަތަކަށް ހެދުމަށްޓަކައި، މަޖިލީހުގެ ތަޅަމުގައި މާ މޮޅެތި ވާހަކަ ތަކެއް ދެއްކުމަކުން އަދި ނުފުދޭނެ ކަން އަދުގެ ޒުވާނުން ގަބުލު ކުރައްވާނެ. .ކަންތައް އިމްޕުލިމެންޓު ކުރުމުގައި "ގާނޫނީ ބާރު" މިއީ އެންމެ މުހިއްމު ބަހާ.. ވީ އިރު މި ފަހަރު އިމްތިޔާޒު އަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަން އެންމެން ވެސް ގަބޫލު ކުރޭ..-އ.ފޙމ-
ބަރާބަރު ސަކަރާތް
1
1 2 next ޖުމްލަ: 11 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 10

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
4.00