ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ރައްޔިތުން ފެނަށް ޖެހިފައި- ޕްލާންޓް ހަލާކުވެފައި ހުންނަތާ ގިނަދުވަސްތަކެއްވެއްޖެ.

ގައްދޫ ރައްޔިތުން ފެނަށް ޖެހިފައި- ޕްލާންޓް ހަލާކުވެފައި ހުންނަތާ ގިނަދުވަސްތަކެއްވެއްޖެ.

ފޮންޓް ސައިޒް: Decrease font Enlarge font

ޕްލާންޓް ހުއްޓިފައިވަނީ ހައިޕްރެޝަރ މޯޓަރަށްދިމާވި މައްސަލަ އެއްގެ ސަބަބުން ކަމަށްވޭ.

ގައްދޫގެ ރައްޔިތުން ފެނަށްޖެހިއްޖެ ހާލަތެއްގައި ހިންގުމަށް ބަހައްޓާފައި ހުރި ފެންޕްލާންޓް ހަލާކުވެފައި ހުންނަތާ ގިނަދުވަސްތަކެއް ވެފައިވާއިރު ވާރޭނުވެހި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ގައްދޫގެ ބައެއް ރައްޔިތުންވަނީ ފެނަށް ޖެހިފައެވެ.

މިޕްލާންޓް  ބަހައްޓާފައިވަނީއޮސްޓްރޭލިއަން ރެޑްކްރޮސްގެ ފަރާތުންނަމަވެސް އެފަރާތުން ޕްލާންޓް ހިންގުމަށް ހަވާލުކޮށްފައިވަނީ ގައްދޫ ރަށްކުރިއަރުވާ ކޮމިޓީއާއި ކަމަށް އެނގިފައިވެއެވެ. ނަމަވެސް ޕްލާންޓްގެ 9 މަސްދުވަހުގެ ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކާ ގިނަދުވަސްތަކެއް ވުމުގެ ސަބަބުން މިދިޔަ އަހަރު މޭމަހުގެ 26 ވަނަދުވަހު ގައްދޫ އިންޖީނުގެއިންވަނީ ޕްލާންޓްގެ ކަރަންޓް ކަނޑައިލައިފައެވެ. އެހެންނަމަވެސް ރަށުއޮފީހުން ފުނުވި ސިޓީއަކާއި ގުޅިގެން ޖޫން މަހުގެ 05 ވަނަދުވަހު ސްޓެލްކޯގެ ފަރާތުން އަލުން ޕްލާންޓަށް ކަރަންޓް ދީފައިވެއެވެ.

މިމައްސަލައާއި ގުޅިގެން މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އަށް ގުޅާލުމުން އެތަނުން ވިދާޅުވީ ޕްލާންޓްގެ ހައިޕްރެޝަރ މޯޓަރަށް ދިމާވި މައްސަލައެއްގެ ސަބަބުން މޯޓަރ މިހާރުވަނީ މާލެއަށް ގެނެސްފައި ކަމަށެވެ. އަދި ސަރުކާރުގެ މުދަލާއި ތަކެތި ބޭނުންކުރުމުގެ ގަވާއިދުގެ ދަށުން މިހާރު އޭތި ވަނީ ކަމާއިބެހޭ ފަރާތަށް ފޮނުވިފައިކަމަށާއި، އެފަރާތުން އެކަމުގެ ކަންތައް ހަމަޖެއްސިހާ އަވަހަކަށް މޯޓަރު ގަނެފައި ފޮނުވާލަދޭނެކަމަށެވެ. މީގެ މޯޓަރެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 140،000 ރުފިޔާ އަށް ކަމުގައިވެސް އޭނާ މައުލޫމާތު ދެއްވިއެވެ.

އެނަރޖީ އޮތޯރިޓީގެ ފަރާތުން އިތުރަށް ވިދާޅުވިގޮތުގައި ގައްދުއަކީ އެހާބޮޑަށް ފެނުގެ ދަތިކަން އިހްސާސްކުރަންޖެހިދާނެ ރަށެއްކަމަށް ދެކިނުލައްވާ ކަމަށާއި ސަބަބީ ގައްދޫގެ ކޮންމެ ގެއަކަށް 2500 ލިޓަރުގެ ފެންޓޭންކެއް ދީފައިވާނެތީއެވެ. އަދި މީގެ އިތުރަށް ގައްދޫގައި ޕަބްލިކް ޓޭންކްތަކެއް ބަހައްޓާފައިވާކަން އެނގިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ގައްދޫގެ ހުރިހާ ގެތަކަށް ފެންތާންގީތައް ލިބިފައިނުވާކަމަށާއި ފެންތާނގީ ތައް ފުރަތަމަ ބުރުގައި ނުލިބޭ ގެތަކުގެ ލިސްޓެއް ގައްދޫ އޮފީހުން ނެގުމަށްފަހު އެގެތަކަށް ދެވަނަ ބުރެއްގައި ފެންތާންގީތައް ލިބޭނެކަމަށް އަންގާފައިވާކަމަށް ގައްދޫ އޮންލައިނަށް މައުލޫމާތު ލިބިފައިވެއެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (6 ލިބިއްޖެ):

  05 March, 2009 08:39:05
avatar
ފެންޕުލާންޓު ހަލާކުވެގެން ގައްދޫ ރައްޔިތުންނަށް ފެނުގެ ދަތިކަމެއް ލިބިއްޖެ ނަމަ އެކަމުގެ ހުރިހާ ޒިންމާއެއް ނަގަންޖެހޭނީ ގައްދޫ ރައްޔިތުން ހޮވާފަ ތިބި ރައްކުރިއަރުވާ ކޮމެޓީގެ މެންބަރުން، މީގެން އެގޭ ކަމަކީ އެމަޤާމު ތަކަށް ހޮވާފައި އެތިބީ ޤާބިލު ބައެއް ނޫންކަން، އަދި ހަމަ މިދަނޑިވަޅުގައި ޒިންމާ ނުނެގޭނަމަ އިސްތިއުފާ ދިނުމަށް ގޮވާލަން. ކޮބާތޯ އިއްޒަތްތެރި މެންބަރުން، ބަލަގަ އަންނަ ކޮންމެ މީހަކަށް 30ރުފިޔާ ދީ ރައްޔިތުން ވާވައްދަމުން ދާއިރު ހަމަ މިކަން ނޭގެނީބާ، މަޖިލީހުގައި ވަކާލާތު ކުރާ އެހެނިހެން މެންބަރުން އެބައި މީހުންގެ އަމިއްލަ އަތޮޅުގައި ހުރި މައްސަލަ ތަކާބެހޭ ގޮތުން ވަކާލުކުރާއިރު އަޅުގަޑުމެންނަށް މިފެންނަކީ އައްޑޫ ޝަރީފާ ދެމީހުން ކޮންމެވެސް ވައްކައްގެ ވާހަކަ ދައްކާތަން އެކަކު މީހަކު މަރާފައޭ އަނެކަކު ފުރަނަފުށިން 50000$ ވަގަށް ނެގީއޭ، މިއީތޯއަޅުގަޑުމެން ޒާހިރު ހޮވިކަމަކީ، މިކަންކުރަން ރަގަޅުވާނެ ގައްދޫ ބަދަރުމަތި. ބަލަ މިފަދަ ޒުވާބު ކުރަން ނަހަދާ 6 މަސްވީ އިރު ފެންޕުލާންޓު ހަލާކުވެފަ ހުރި ވާހަކަ ކީއްވެތޯ ނުދެއްކީ. ކޮންމެ މީހަކުވެސް ހާލުހުރި ގޮތް ކިޔާދޭ އިރު އެބޭފުޅާއަށް އެގޭބާ މިފަދަ ދަރަޖައަކަށް ގައްދޫ ގެންދިޔައީ ކާކުކަން " އެއީ މިހާރު ކޮއްތު 30 ބަހަމުންދާ ގައްދު ޒާހިރާ ގައްދޫގެ ވެރިކަންކުރި މީހުން.. މުއާޒު..
ބަރާބަރު ސަކަރާތް
1
  05 March, 2009 08:05:45
avatar
މޯޓަރ ލިބުމުގައި މިހާ ލަސްވުމުގެ ޒިންމާ ފުރަތަމަ ނަގަންޖެހެނީ ގައްދޫ ރައްކުރިއަރުވާ ކޮމެޓީ.މިތާގައި ވެސް ފާހަގަކޮށްލާ ހިތްވަނީ ގައްދޫ ކުރައިމް ޕުރިވެންޝަން ކޮމެޓީއަށް މީހުން ހޯދާފައިވާ ގޮތާއި މެދު އަޅުގަނޑުގެ ނަޒަރު..މިވެރިންނަކީ ގައްދުގެ ލާބައާއި މަންފާ އަށް މަސައްކަތް ކުރާބަޔެއްތޯ ސުވާލު އުފެދޭ؟ގަދަރުވެރި ،ކަމުވޮށިގެންވާ،ފައިސާވެރި،މޮޅު ކެޔޮޅުން މިފަދަ ކޮމެޓީތައް ތަމްސީލުކުރަން ޖެހި،ގައްދޫގެ ޒުވާނުން މިކަންތަކަށް ކުރިމަތިލުމުގައި ހުރަސްތައް ކުރިމަތިކުރުވާ ކަމީ ވިސްނާލަންޖެހޭ ކަމެއްނޫންތޯ؟މިއީ މައުމޫނުގެ ސަރުކާރު،ނުވަތަ ނަޝީދުގެ ސަރުކާރުގައި ހުރި މައްސަލަތަކަށް ވުރެ ރަށުގެ ތަރައްގީއަށްޓަކައި އުފެދިފައިވާ ކޮމެޓިތަކުގެ ހިންގުމުގައި ހުރި ފުނުބެދޭ ކަންތއކުން ދިމާވެގެން އުޅޭ މައްސަލަ ތަކެއް.---އހމދފ
ބަރާބަރު ސަކަރާތް
0
  04 March, 2009 05:25:54
avatar
ކޮމެންޓް ލިޔާ އިރު ކޮންމެވެސް ވަރަކަށް މައުލޫމާތު ސާފު ކޮއްލާފަ ލިޔުމުން މީހުންނަށް ކޮންމެވެސް ވަރަކަށް ކަންތައްތައް އޮޅުން ފިލާނެ، މިފަދަ ނޫސް ތަކުގެ މަގުސަދު ގެއްލޭ ގޮތައް ލިޔުމަކީ ވަރަށް ދެރަ ކަމެއް، ބަލަ އެމްޑިޕީ އާތޯ ގައްދޫ ބަލަން ހަވާލުކުރި ނޫނީ މިހާލަތަށް ދާންޖެހުނީ ވަކިބަޔަކު ވެރިކަމަށް އައުމުންތޯ ސުވާލުއުފެދޭ. ގައްދޫގެ ރައްޔިތުން ކުރިމަތީ ބޮޑެތި ވައުދުތައްވެ އެތައްކަމެއް ކޮށްދޭނެ ކަމުގެ ހުވަފެންދައްކާ ވޯޓު ހޯދައިގެން ހޮވި ރައްކުރިއަރުވާ ކޮމެޓީއާ ނޫންތޯއޭ އެތަން ހަވާލު ކޮށްފަ އޮތީ، ކޮބާ އެމީހުންގެ ޒިންމާ، އަދިވެސް ހޮވާ ގައްދޫގަ ތިބި އުޑެއް ބުޑެއް ނުދަންނަ މީހުން އޭރުން ހުރިހާ ކަމެއް ހުންނާނީ ރަގަޅަށް، ތިއޮތީ ވަގުތުގެ ފާއިދާ އަކަށް ވިސްނާގެން ވޯޓުދޭތީ ވާގޮތް "ވަރަށް ދެރަވޭ ރަށުމީހުންނާ ދިމާލަށް މިގޮތަށް ލިޔަންޖެހުމުން" ކޮއްތު30، ކޯލާދަޅު، ނޫޑްލްސް ޕެކެޓް... މިހިރީ ދުރު ވިސްނުން ހުރިވަރު، ކިރިޔާ ކަމެއްވާ އިރަށް އިމްތިޔާޒު ނޫނީ އެހެން މީހެއް ބޮލުގައި އެޅުވިޔަސް ތިތިބަ ވާހަކަތައް ގަބޫލު ކުރާ މީހުން އެބުރޭނެ ލޮނަދޫގޭ ވަށައިގެން، ބުނާތީ އަޑުއަހަން އެބައެއްގެ މުސްތަގުބަލް ބައްޓަން ކުރާނީ އެބަޔެކޭ، ގައްދޫ މީހުން ވިސްނާނީ ގައްދުގެ ކުރިމަގަށް.
ބަރާބަރު ސަކަރާތް
0
  04 March, 2009 11:25:33
avatar
ތަރައްގީގަ ރައްޔިތުންގެ ހިއްސާއަކީ ބޮޑު އެއްޗެއް. މުހިންމީ ހިންގޭ ވެރިންތަކެއް ތިބެފަ ޒިންމާދާރު ރަށްކުރިއަތުވާ ކޮމެޓީއެއް އޮތުން. ކޮމެޓީގެ މެމްބަރަކަށް ވުމުގެ ބޭނުމަކީ ހިންގާ ޕްރޮޖެކްޓެއްގެ ކޮންސަލްޓަންސީ ނެގުމާއި ކޮންޓްރެކްޓްތައް ނެގުމެއް ނޫން. އެމީހުން އެކަންތަކަށް ބިޑްކުރާނަމަ އެއީ އެމީހުންގެ ހައިސިއްޔަތާއި ޚިލާފްކަމެއް. އިތުރަށް ބުނެލަން އޮތީ ތިބުނާ މޯޓަރގެ ވޮރަންޓީ ހަމަނުވާކަމުގައި ވާނަމަ އޭތި ރިޕްލޭސްކޮށްދޭނެ މެނުފެކްޗަރަރ. އެކަންކުރެވޭނީ އެކަންކުރަންތިބި މީހުން ކުރިއްޔާތާ. ތިބުނާ ބިލްދައްކަން ޖެހޭނީ ކޮންބައެއްކަން ސާފްކޮށްލަން ބޭނުން.
ބަރާބަރު ސަކަރާތް
1
  04 March, 2009 10:51:23
avatar
އ. ފަހީމު އަދިވެސް ތިބުނަނީ އެކަމަކު މިހާރުގެ ސަރުކާރު ހިންގާ އެމްޑީޕީގެ ކެންޑިޑޭޓް ހޮވައިގެންނޭ ރަށަށް ފައިދާވާނީ. އެކަމަކު މިހުރީ ހާލަތު ހުރިގޮތް. މިހެން ކަންތައްހުއްޓާ ހީވޭތަ ވަކިން ރަގަނޅުވާނެކަމަށް. ނުވާނެ އިނގޭ.
ބަރާބަރު ސަކަރާތް
0
  04 March, 2009 09:30:24
avatar
އެނަރޖީ އޮތޯރިޓީގެ ބެފުޅުން ނަށް ކިހިނެއްތޯ ގައްދޫ ދަރިން ފެންބޮވައިގެންފަތޯ،ފެނަށް ޖެހިފަތޯ އެގިލައްވާނީ؟.ގައްދޫގެ ދަރިންނާ މެދު އެބޭފުޅުން ސަމާލުކަންދޭވަރު ނޫންތޯ 6 މަސްދުވަހަށް ވުރެ ގިނަ ދުވަސްވީ އިރު ކިރިޔާ ރޭކާލީ. ...ތި ބުނާ މޯޓަރ ގަތުމަށް ބިޑަށްލެވޭ ވަރު ވާނީ ކޮންއިރަކުންތޯ .ސަރުކާރުގެ މުދަލާއި ތަކެތި ބޭނުންކުރުމުގެ ގަވާއިދުގެ ދަށުން މިގަތުމަށް އިއުލާން ކުރަންޖެހޭނެ..ނަމަވެސް ޕުލާންޓު ގެ މަސައްކަތް ކުރިޔަށްނުދެވި މި ކަންތައް ހަމަ ނުޖެހި ބިޑަށްލުމަށް މިހާގިނަދުވަސް މިނަގަނީ ސަރުކާރުގެ މުދަލާއި ތަކެތި ބޭނުންކުރުމުގެ ކޮން ގަވާއިދެއްގެ ކޮންމާއްދާ ދަށުންތޯ ސާފުކޮށްލާ ހިތްވޭ.ގަވާއިދުގަ ބުނާ އިއުލާން ކުރުމުގެ މަރުހަލާ ތާށިވީ ކޮންތާކުބާ؟،އ.ފަހީމް.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 6 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 6

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
1.00