ފުރަތަމަ ސަފްހާ | ޚަބަރު | މިފްކޯގެ ރަންދި 19 އިގެ ފަލްކާގެ ތެރެއަށް ފޭބި ބިދޭސީއަކު މަރުވެ 3 މީހެއްގެ ހާލު ގޯސްވެއްޖެ.

މިފްކޯގެ ރަންދި 19 އިގެ ފަލްކާގެ ތެރެއަށް ފޭބި ބިދޭސީއަކު މަރުވެ 3 މީހެއްގެ ހާލު ގޯސްވެއްޖެ.

ފޮންޓް ސައިޒް: Decrease font Enlarge font

މިހާދިސާގައި މަރުވެފައިވަނީ ބަގްލަދޭޝްގެ ރައްޔިތެއްކަމަށްވޭ.

ގއ. ކޫއްޑޫ ފަޅުތެރޭގައި އޮތް ރަންދި 19 ބޯޓްގެ ފަލްކާ ތެރެއަށް ފައިބައިގެން އުޅުނު ބިދޭސިއަކު މަރުވެ އިތުރު 3 މީހެއްގެ ހާލު ގޯސްވެއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ ރޭފަތިހު 05:30 ހާއިރުގައެވެ.

މިހާދިސާގައި މަރުވެފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަޖިތު ޗަންދުރަދާސް ކިޔާމީހެއްކަމަށާއި ހާލުދެރަވެފައިވާ 3 މީހުންގެ ތެރޭގައި ދިވެއްސެއްވެސް ހިމެނޭކަމަށްވެއެވެ. މިމީހާއަކީ ގއ. ނިލަންދޫ ދީދާރުގެ އަހުމަދު އަލީ 22 ކަމަށްވެސް މައުލޫމާތުލިބިފައިވެއެވެ.

މިހާދިސާ ހިނގައިފައިވަނީ މިފްކޯގެ ރަންދީ 19 ބޯޓްގެ ފަލްކާއިން މަސްހުސްކޮށް ފަލްކާގައި ހުރި ދިޔަގަނޑުވެސް ހުސްކުރުމުމަށްފަހު ފަލްކާގައި ހުރި ބާކީ މަސްތައް ނަގަންވެގެން ބަގްލަދޭޝްމީހާ ފަލްކާތެރެއަށް ފޭބުމުން ކަމަށްވެއެވެ. އެމީހާއަނބުރައިގަނެގެން ވެއްޓުމާއި އެކު އޭނާ ނެގުމަށްޓަކައި އެހެންމީހަކުވެސް ފަލްކާތެރެއަށް ފޭބި ކަމަށާއި މިގޮތުން 3 މީހުން ފޭބުމަށްފަހު 4 ވަނަ މީހާވެސް ފަލްކާތެރެއަށް ފޭބި ކަމަށްވެއެވެ. އެއިރު ފަލްކާއަށް ފޭބި ފުރަތަމަ މީހާގެ ހާލުވަރަށް ދެރަކަމަށްވެއެވެ.

މިހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިހާރު ދަނީ ތަހްގީގް ކުރަމުންނެވެ. 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0