ފުރަތަމަ ސަފްހާ | ޚަބަރު | ޓޫރިޒަމް ފެއަރ އެއްގައި ކުނާވިޔުމުގެ ހުނަރު ދައްކާލުމުގެގޮތުން ގައްދޫގެ ދެ އަންހެނަކު ޖަރުމަނަށް ފުރަނީ

ޓޫރިޒަމް ފެއަރ އެއްގައި ކުނާވިޔުމުގެ ހުނަރު ދައްކާލުމުގެގޮތުން ގައްދޫގެ ދެ އަންހެނަކު ޖަރުމަނަށް ފުރަނީ

ފޮންޓް ސައިޒް: Decrease font Enlarge font

އާމިނަތު ފާއިޒާއާއި މަރިޔަމް ޒައީމާ ވަނީ ފެބްރުއަރީ 21-24 އަށް އިޓަލީގެ މިލާންގައި އޮތް ފެއަރއެއްގައިވެސް ބައިވެރިވެފައި.

މިމަހުގެ 5-9 އަށް ޖަރމަނީގެ ބަރލިން ގައި އޮންނަ ޓޫރިޒަމްގެ ފެއަރއެއްގައި ބައިވެރވުމުގެ ގޮތުން ގައްދޫ ގަރާޑީގެ އާމިނަތު ފާއިޒާއާއި ގައްދޫ އެވަރގްރީން މަރިޔަމް ޒައީމާ ބަރލިން އަށް އަށް ފުރާގޮތަށް ހަމަޖެހިފައިވާކަމަށް ގައްދޫ އޮންލައިނަށް މައުލޫމާތު ލިބިއްޖެއެވެ.

މިދެމީހުން މިފެއަރގައި ދައްކާލުމަށް ހަމަޖެހިފައިވަނީ ކުނާވިޔުމުގެ ހުނަރު ކަމަށް އެނގިފައިވެއެވެ. ބާލިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެއަރގެ އިތުރުން އިޓަލީގެ މިލާންގައި ފެބްރުއަރީ 21-24 އަށް ބޭއްވި ފެއަރ އެއްގައިވެސް މިދެމީހުން ބައިވެރިވެފައިވެއެވެ.

ގައްދުއަކީ ކުނާވިޔުމުގެ ފަންނުން މުޅިރާއްޖެއަށްވެސް މަޝްހޫރު ރަށެކެވެ. މިގޮތުން ރާއްޖޭގެ ފަރާތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ ހަދިޔާއެއްގެ ގޮތުގައި ގައްދޫކުނާ މިހާރުވެސް ދަނީ ބޭނުންކުރަމުންނެވެ. މީގެ އިތުރަށް އިނގިރޭސި ވިލާތުގެ ބްރިޓިޝް މިއުޒިއަމްގައި ގައްދޫގެ ކުނަލެއްކަމަށް ބެލެވޭ މުސައްލަ ކުނަލަކާއި ތުނޑު ކުނަލެއް ބޭއްވިފައިވެއެވެ. މީގެ ތެރެއިން މުސައްލަ ކުނަލަކީ 1939 ވަނަ އަހަރު އެޗް.ސީޕީ ބެލްގެ ދަރިފުޅު ޒޯ ބެލް މި މިއުޒިއަމަށް ހަދިޔާކުރައްވާފައިވާ ކުނަލެކެވެ. ތުނޑު ކުނަލަކީ 23 ނޮވެމްބަރ 1893 ގައި ކްރިސްޓީ ފަންޑުން ގަނެފައިވާ ކުނަލެކެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0