ފުރަތަމަ ސަފްހާ | ޚަބަރު | ކުއްލި ޚަބަރު: ގައްދޫ އިންޖީނުގޭގެ ޖެނެރޭޓަރެއް ގޮވައި ކަރަންޓްގެ ޚިދުމަތް އަނެއްކާވެސް މެދުކެނޑިއްޖެ.

ކުއްލި ޚަބަރު: ގައްދޫ އިންޖީނުގޭގެ ޖެނެރޭޓަރެއް ގޮވައި ކަރަންޓްގެ ޚިދުމަތް އަނެއްކާވެސް މެދުކެނޑިއްޖެ.

ފޮންޓް ސައިޒް: Decrease font Enlarge font
image އިންޖީނުގެ ބޮޑީ ފަޅައިގެންގޮސް ކޭމް ޝާފްޓް ނުކުމެފައި.

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި 400 ކިލޯވޮޓްގެ އާ ޖެނެރޭޓަރެއް މާލެއިން ފޮނުވުމުގެ މަސައްކަތް މިހާރު ކުރެވެމުންއެބަދޭ- ހަމީދު

ގައްދޫ އިންޖީނުގޭގައި ބޭނުންކުރަމުންދާ 3 ޖެނެރޭޓަރުގެ ތެރެއިން 1 ޖެނެރޭޓަރ ގޮވުމުގެ ސަބަބުން ގައްދޫއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. މިރޭ ގަޑިން ގާތްގަނޑަކަށް 07:45 ހާއިރުގައި ގޮވި މިޖެނެރޭޓަރގެ ބޮޑީ ފަޅައިގެންގޮސް ކޭމް ޝާފްޓް ބޭރަށް ނުކުމެފައިވާ ކަމުގައި ވެސް މިސައިޓަށް މައުލޫމާތު ލިބިފައިވެއެވެ.

ސްޓެލްކޯގެ ފަރާތުން 24 ގަޑިއިރަށް ޚިދުމަތް ދެމުންގެންދާ މިއިންޖީނުގޭގައި ބޭނުންކުރަމުންދާ ޖެނެރޭޓަރަށް މައްސަލަތަކެއް ކުރިމަތިވެފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި މިގޮތުން ޖެނެރޭޓަރަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ އާދަޔާ ޚިލާފަށް އަޑީތެޔޮ ލީކުވުމުގެ މައްސަލަ ކަމަށްއިންޖީނުގެއިން މައުލޫމާތު ދެއްވިއެވެ. އިންޖީނު ގޮވާފައިވާ މައިގަނޑު ސަބަބަކަށް ބެލެވެނީ ޖެނެރޭޓަރުން އެއްކޮށް އަޑީތެޔޮ ހުސްވުމުގެ ސަބަބުން ކަމަށާއި ކަރަންޓްގެ ޚިދުމަތް މެދުކެނޑެމުންދާ މައްސަލަ ހައްލުކުރެވޭނީ އާޖެނެރޭޓަރ ލިބިގެންކަމަށްވެއެވެ. މިގޮތުން ފޮނުވުމަށް ހަމަޖެހިފައިވަނީ 400 ކިލޯވޮޓްގެ ޖެނެރޭޓަރެއް ކަމަށާއި މިޖެނެރޭޓަރ މިވަގުތު ހުރީ ކ. ގުރައިދޫގައިކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވާފައިވެއެވެ.  

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (2 ލިބިއްޖެ):

  08 March, 2009 11:56:19
avatar
ގައްދޫގެ ކޮންމެ ކަމެއް އެންމެ ގޯސްވީމާ މިއެގެނީ ކީއްވެބާ؟ އިންޖީނުގޭ ތިހަލާކުވި އިންޖީނު މައްސަލަ ޖެހޭތާ ވީދުވަހެއްވެސް ނޭގޭ. އެކަމަކު ސްޓެލްކޯއަށް އެކަމުގެ މައުލޫމާތު ދާދި ފަހުން ނޫނީ ނުލިބޭކަމަށްވޭ. މިހެން ވާންޖެހެނީ މަސްއޫލިއްޔަތު އުފުލަންޖެހޭ މީހުން އެމީހުންގެ މަސްއޫލިއްޔަތު ނުއުފުލާތީ. ކޮންމެ މީހަކީވެސް ކޮންމެވެސް މަސްއޫލިއްޔަތު ތަކެއް ޙަވާލުކުރެވިފައިވާ މީހެއް. އެހެންކަމުން ރަށުގެ ހާލަތު ރަނގަޅު ވުމުގައި އެމީހެއްގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރުން މުހިންމު.
ބަރާބަރު ސަކަރާތް
0
  08 March, 2009 08:33:54
avatar
ގައްދޫއަށް ފޮނުވަނީ ގުރައިދޫގެ ހުރި ޖަނަރޭޓަރެއް ކަމަށް ބުނެފައިވާ މަޢުލޫމަތަކީ ރަނގަޅު މައުލޫމާތެއް ނޫން. އެއީ ގައްދޫއށް ފޮނުވުމަށް ގެނެސްފައިހުރި އާ ޖަނަރޭޓަރެއް. މި ހަފްތާގެ ތެރޭގައި އެޖަނަރޭޓަރ ގައްދޫއަށް ފޮނުވޭނެކަމަށް މައުލޫމާތު ލިބިފައިވޭ.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 2 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 2

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0