ޝީގެ ފަރާތުން ތެލިސީމިޔާ ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި
މި ޕްރޮގްރާމްގައި ޒުވާނުންގެ އެކިއުމުރުފުރާތަކުގެ ކުދިން ޓެސްޓްކޮށްފައިވޭ.
ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) ގެ ފަރާތުން ތެލެސީމިޔާ އަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް މިމަހުގެ 20 ވަނަ ދުވަހު ގައްދޫގައި ގައި ބާއްވައިފިއެވެ. މި ޕްރޮގްރާމްގައި ގައްދޫގެ އެކި އުމުރު ފުރާތަކުގެ ޒުވާނުން ތެލެސީމިއާއަށް ޓެސްޓް ކޮށްފައިވެއެވެ. ތެލެސީމިއާ ނުވަތަ ލޭ އަޅާބަލި ރާއްޖޭގައި ކަންބޮޑުވާހާ ދަރަޖައަކަށް ފެތުރިފައިވާ ކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކުރެއެވެ. މިޕްރޮގްރާމް ހުވަދު އަތޮޅުގެ އެކިރަށްރަށުގައި ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޚަބަރުލިބިފައިވެއެވެ.
ރޭޓިންގ އެއް ދިނުމަށް



ކޮމެންޓްސް ފުނުއްވާ