ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫގައި ބޭންކެއްގެ ޚިދުމަތް ލިބޭނެ ގޮތްހައްދަވައިދެއްވުމަށްއެދި ރައީސަށް ދެންނެވި ދެންނެވުމަށް ސަރުކާރުން ޖަވާބު ދެއްވައިފި.

ގައްދޫގައި ބޭންކެއްގެ ޚިދުމަތް ލިބޭނެ ގޮތްހައްދަވައިދެއްވުމަށްއެދި ރައީސަށް ދެންނެވި ދެންނެވުމަށް ސަރުކާރުން ޖަވާބު ދެއްވައިފި.

ފޮންޓް ސައިޒް: Decrease font Enlarge font

މިފަދަ މުހިއްމު ޚިދުމަތްތައް ލުއި ފަސޭހަގޮތެއްގައި ލިބިގަތުމުގެ މަގުފަހިކޮށްދެއްވުމަށް ރައްޔިތުން ދަނީ ތަކުރާރުކޮށް ސަރުކާރުގައި ދަންނަވަމުން.

29 ޑިސެމްބަރ 2008 ގައި ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުހައްމަދު ނަޝީދު ގައްދުއަށް ވަޑައިގެން ގައްދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުން ބެންކެއްގެ ޚިދުމަތް ގައްދުއަށް އަވަސް ފުރުސަތެއްގެ ތެރޭގައި ލިބޭނެ ގޮތް ހައްދަވާދެއްވުމަށް އެދި ރައްޔިތުން ރައީސް ނަޝީދަށް ދެންނެވި ދެންނެވުމަށް ސަރުކާރުން ޖަވާބު ދެއްވައިފިއެވެ.

އަތޮޅު އޮފީސް މެދުވެރިކޮށް ގައްދޫ އޮފީހަށް ފޮނުވާފައިވާ ސިޓީގައި ސަރުކާރުން ޖަވާބުދެއްވާފައިވަނީ މިކަމަކީ އަވަސް ފުރުސަތެއްގެ ތެރޭގައި ކުރެވިދާނެކަމެއްތޯ ބެއްލެވުމަށް ފިނޭންސް މިނިސްޓްރީގައި ދެންނެވުމުން އެމިނިސްޓްރީން ޖުމްލަ ގޮތެއްގައި އަންގަވާފައިވަނީ ބޭންކުގެ މާލީ ހާލަތު ރަނގަޅުވުމުން އަތޮޅުތަކުގައި އެ ޚިދުމަތް ފުޅާކުރައްވާނެ ވާހަކައެވެ.

ގައްދޫގެ ރައްޔިތުން ބޭސްފަރުވާ އަށާއި ބޭންކުގެ ޚިދުމަތް ފަދަ މުހިއްމު ޚިދުމަތްތައް ލިބިގަތުމަށްޓަކައި މިވަގުތު ދާންޖެހިފައިވަނީ 58.9 ކިލޯމީޓަރު ދުރުމިނުގައި ގދ. ތިނަދޫގައި ގާއިމްކޮށްފައިވާ މުއައްސަސާތަކަށެވެ. އެހެންކަމުން ޖީބުން ބޮޑެތި ޚަރަދުތައް ކޮށްގެން މިފަދަ ޚިދުމަތްތައް ހޯދަން ޖެހިފައި ވުމުގެ ސަބަބުން ގައްދޫ ރައްޔިތުންވަނީ ތަކުރާރުކޮށް މިފަދަ ކަންތައްތަކަށް ލުއިފާސޭހަގޮތްތަކެއް ހޯއްދަވައި ދެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެދުވެރިކޮށްގެންނާއި އަދި ސީދާ ރައްޔިތުންގެ ފަރާތުން ސަރުކާރުގެ އެކި ފަންތީގެ ވެރިންނަށް ދަންނަވަމުންނެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް މިއިންކަމަކަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ. ގައްދޫ ހިމްނޭ ސަރަހައްދަކީ ހުވަދު އަތޮޅުގައި އެންމެ ގިނަ ރިސޯޓްތައް ހަދަމުންދާ ސަރަހައްދަށްވެފައި އަދި މަސްވެރިކަމާއި އެހެނިހެން އިގްތިސާދީ ގިނަ ކަންތައްތަކެއް ހިނގަމުންދާ ސަރަހައްދެއް ކަމުން ގައްދޫގައި ބޭންކެއްގެ ޚިދުމަތް ގާއިމް ކޮށްފިނަމަ އޭގެ ސަބަބުން ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެން ދާނެއެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (7 ލިބިއްޖެ):

  28 March, 2009 05:42:36
avatar
އިމްތިޔާޒްގެ އާއިލާއަކީ ތިހާ ފިނޑި އާއިލާއެއް ނޫނެވެ. ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތައް ކުރުމުގައި ލަސްކަމެއް ކުރިމަތިވުމަކީ އިމްތިޔާޒްގެ އާއިލާގެ މީހުން އޭނާއަށް ނަފްރަތު ކުރާނޭ ސަބަބެއް ނޫނެވެ. އެނގޭހާވެސް އެއްޗަކީ ގައްދޫ ޒާހިރު ފަދައިން ގައްދޫގައި ހިންގާ ތަފާތު ޕްރޮޖެކްޓްތައް ހުއްޓުމަކަށް ގެނައުމަށް އިމްތިޔާޒް މަސައްކަތެއް ނުކުރާނެ ކަމެވެ. ގައްދޫގެ ޒުވާނުންނާއި އިމްތިޔާޒްގެ އާއިލާ އަބަދުވެސް ތިބޭނީ އޭނާގެ ފަހަތުގައެވެ.
ބަރާބަރު ސަކަރާތް
0
  27 March, 2009 12:29:38
avatar
މި ޚަބަރުގެ ސުރުޚީގެ މައްސަލައެއް ނުފެނޭ. ސުރުޚީގައި އެއޮތީ ސާފްކޮށް "ޖަވާބު" ދެއްވައިފިއޭ. "އިޖާބަ" ދެއްވި ވާހަކައެއްނެތް. ވީމާ ކޮމެންޓް ކުރުމުގެ ކުރިން ސުރުޚީ ރަނގަޅަށް ވިދާޅުވުމަށް ނަސޭހަތްތެރިވަން. ސަރުކާރުން އެކަމަށް ޖަވާބުދެއްވިއްޔާ ދެން ލިޔާނީ ޖަވާބު ދެއްވިޔޭ ނޫންތަ؟
ބަރާބަރު ސަކަރާތް
0
  26 March, 2009 11:50:32
avatar
މި ޚަބަރުގެ ސުރުޚީ އެޑިޓްކޮށް ބަދަލުކުރުމަށް އަޅުގަނޑު ނަސޭހަތް ތެރިވަން...ގައްދޫ އޮންލައިންގެ އިތުބާރު ދެމެހެއްޓުމަކީ މަސްއޫލިއްޔަތަކަށް ވެސް ހަދަންވާނެ..އެހެންނޫނީ ރައްޔިތުންނަށް ވެވޭ ބޭއިންސާފަކަށް މިކަންވެސް ވެދާނެ....
އެގިވަޑައިގަންނަވާނެ ،ފައިނޭންޝިއަލް އިންސްޓިއުޓް ތަކަކީ އޭގެ ވައިބިލިޓީ އަށް ބަލައިގެން ކުރާ ވިޔަފާރިއެއް...އަސާސީ ޚިދުމަތެއްނޫން....ބެންކް އޮފް މޯލްޑިވްސް އަކީ ޕަބްލިކް ބޭންކެއް ..އެތާގެ ބޭންކެއް ހުޅުވާނެ ރަށެއްވެސް ނިންމާނީ އެބޭންކުގެ ބޯޑުން...ފައިނޭންސް މިނިސްޓްރީ އަކީ ސަރުކާރުގެ މާލީ ސިޔާސަތު އެކަށައަޅާ ތަން..
ބަރާބަރު ސަކަރާތް
0
  25 March, 2009 01:50:06
avatar
އަހަރުމެންނަށްވެސް އެނގޭ ބޭންކުގެ މާލީގޮތުން ފުޅާކުރަންޖެހޭ ޙާލަތުގައި ބޮޑު ފައިދާ ހޯދުމުގެ މަޤްސަދުގައި ފުޅާކުރާނެކަން. އަހަރުމެން ބޭނުންވާ ޖަވާބަކީ އެއީ އެއް ނޫން. ބޭނުން ވަނީ އެކަން ވާނީ ކިހާ ހިސާބަކުތޯ ބެލުން. އަދި އެސިޓީގައި ބުނެފައިވާ ގޮތުން ނޭގެ ގައްދޫ އަށް އަހްމިއްޔަތުކަން ދެނީ ކިހާ މިންވަރަކަށްކަމެއް ވެސް.
ބަރާބަރު ސަކަރާތް
0
  24 March, 2009 08:08:10
avatar
މިޙަބަރުގެ ސުރުޚީ ކިޔައިލުމުން ހީވަނީ ގައްދޫގައި ސަރުކާރުން ބޭންކުގެޙިދުމަތް ދިނުމަށް ހަމަޖެއްސިހެން.ނަމަވެސް ތަފްސީލު ކިޔައިލުމުން މިއެގުނީ މިއީކީ ގައްދޫގެ ވާހަކައެއްނޫންކަން.މި ސިޓީގަ ބުނެފައެއްނެތްދޯ ގައްދޫގައި ބެންކެއްއަޅައިދޭނަމެކޭ.ދެން ކޮބައިތޯ އިޖާބަދެވިފަ.ވަރަށްހީވޭ އެމް ޑި ޕީ ގެ ފަރާތުން ކުރިމަތިލައިގެން އުޅޭ އިންތިޔަށް ސަޕޯޓުހޯދަން ކެންޕެއިން ކުރާހެން.
ބަރާބަރު ސަކަރާތް
0
  24 March, 2009 07:16:56
avatar
ކީއްކުރަން ބޭންކެއް އަޅަނީ، 58 ކިލޯމީޓަރގެ މަގެއް ހަދަން އެދުނު ނަމަ އެކަން ކޮށްދިނީސް. ހަމަ ހިލާ ބޭންކް އަޅަން ޕޮޒިޓިވް ޖަވާބެއް ނުލިބޭނަމަ އިމްތިޔާޒްއަށް އެންޓި ކެމްޕެއިން ކުރާނަން.. އާއިލީ ވޯޓް ލިބުނަކަވެސް ނުދޭނަން

އާޢިލީ ގޮތުން ގާތް ކުއްޖެއް.
ބަރާބަރު ސަކަރާތް
0
  24 March, 2009 02:00:14
avatar
ކޮބާ ފެނޭތަ ގައްދޫ އާ ދޭތެރޭގަ ދެކޭ ގޮތް......... ޕޯސްޓް ގެ ހިދުމަތް ވެސް ފަށަނީ ދާންދޫ ގަ؟ ކޮބާ ތިބުނާ އެމް.ޑީ.ޕީ އިން ގައްދޫ އަށް ކޮށްދޭކަމަކީ.......ހުސްވާހަކަ... އެމް.ޑީ.ޕީ ކެންޑިޑޭޓް އިން ނުހޮވަމާ.....ގައްދޫ އޮންލައިން އަކީ އެމްޑީޕީގެ އެޖެންޓެއް......
ބަރާބަރު ސަކަރާތް
0
ޖުމްލަ: 7 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 7

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0