ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ދާއިރާއަށް ފަސް ބޭފުޅަކު ކުރިމަތިލައިފި.

ގައްދޫ ދާއިރާއަށް ފަސް ބޭފުޅަކު ކުރިމަތިލައިފި.

ފޮންޓް ސައިޒް: Decrease font Enlarge font
image

މިބޭފުޅުން ތާއީދު ހޯއްދެވުމުގެ ގޮތުން މިހާރުވެސް ދަނީ ކެމްޕޭން ހަރަކާތްތައް ކުރިޔަށް ގެންދަވަމުން.

09 މެއި 2009 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި ގައްދޫ/ވާދޫ ދާއިރާއަށް 5 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. މި ފަސް ބޭފުޅުންނަކީ:

 

1) އަލްފާޟިލް އަހުމަދު ރަޝީދު  ދަފްތަރު ނަމްބަރު 1458، މާލެ.

އެޖެންޓް: އަހުމަދު ނިޔާޒް ހީނާމާގެ ގދ. ގައްދޫ

ޕާޓީ: އަމިއްލަގޮތުން

ކެމްޕޭން އޮފީސް: ރަޝީދު ކެމްޕޭން އޮފީސް، މއ. އާހިޔާ (ތިރީބައި) މާލެ.

 

2) އަލްފާޟިލް މުހައްމަދު އިމްތިޔާޒް   ހުޅުމާލެ ފްލެޓް ނަމްބަރު 3-ޖީ-6 ، މާލެ.

އެޖެންޓް: އަހުމަދު ފަސީހު އާހިޔާ ގދ. ގައްދޫ

ޕާޓީ: އެމްޑީޕީ

ކެމްޕޭން އޮފީސް: ހުޅުމާލެ ފްލެޓް ނަމްބަރު: 03-ޖީ-6، މާލެ.

 

3) އަލްފާޟިލް ޒާހިރު އާދަމް     ދަފްތަރު ނަމްބަރު 1578، މާލެ.

އެޖެންޓް: އަލީ އަޝްރަފް،  ދަފްތަރު ނަމްބަރު 3366 މާލެ

ޕާޓީ: އަމިއްލަގޮތުން

ކެމްޕޭން އޮފީސް: މއ. އާޕިޔާ، ގްރައުންޑް ފްލޯރ، މާލެ.

 

4) އަލްފާޟިލް މުހައްމަދު ޒާހިރު  ދަފްތަރު ނަމްބަރު 3182، މާލެ.

އެޖެންޓް: އާއިޝަތު މުއީނާ،  ވ. ފުރަވެލި، މާލެ

ޕާޓީ: އަމިއްލަގޮތުން

ކެމްޕޭން އޮފީސް: މ.ސިލްވަރޑޭލް، މާލެ.

 

5) އަލްފާޟިލް އަބްދުﷲ އަމީން  ރޯސްމާގެ، ގދ. ގައްދޫ

އެޖެންޓް: އަހުމަދު ޝާހިދު، ކޮމާ، ގދ. ގައްދޫ

ޕާޓީ: ގައުމީ ޕާޓީ

ކެމްޕޭން އޮފީސް: މ. މާހި 2 ވަނަ ފަންގިފިލާ، މާލެ.

 

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (28 ލިބިއްޖެ):

  03 May, 2009 09:11:24
avatar
ގައްދޫ އަދި ވަދޫގެ ރައްޔިތުންގެ މަންދޫބަކަށް ހަރުދަނާ މީހަކު އިޚްތިޔާރުކުރުމުގެ ގޮތުން ، ވާހޫޒާހިރަށް ވޯޓްދެމާތޯއެވެ.
ބަރާބަރު ސަކަރާތް
-1
  10 April, 2009 03:00:10
avatar
ޕާރޓީ އަށާއި ރައްޔިތުންނަށާއި ދެފަރާތަށް ހަމަހަމަކޮށް ވަކާލާތް ކުރާނީ ކިހިނެއްބާ؟ މިއީ ދެއަނބިންނާއި އިދެގެން އުޅުންފަދަ ކަމަކަށް ވާނީ!! އެނޫނަސް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާރޓީ ތަކަކީ ބަޔަކު ހިސާރުކޮށްގެން ތިމާމެންގެ އަމިއްލަ ވިޔަފާރި މުދާގަނޑަކަށް ހަދައިގެން ޑިމޮކްރަސީގެ ރޫޙާއި ޚިލާފަށް ޕާރޓީއެކޭ ކިޔައިގެންއުޅޭ ތަންތަންދޯ!!
ބަރާބަރު ސަކަރާތް
1
  10 April, 2009 02:48:54
avatar
ވާހޫ ޒާހިރަކީ ޑީއާރުޕީ ގެ މީހެއްވީމާ މަށެއް ތާއީދެއް ނުކުރާނަން، ހެޔޮ ކިތައްމެ ތައުލީމީ އަދި ގާބިލު މީހަކަސް؛
ބަރާބަރު ސަކަރާތް
-2
  09 April, 2009 01:02:06
avatar
ޓީވީ ބަހުސް ނިމެންދެން އަޅުގަނޑު ހުރީ ވޯޓްދޭނެ މީހަކާ ދޭތެރޭ ވިސްނަ ވިސްނައެވެ. ނަމަވެސް އަމީނަކީ އަދި ތި މަސްއޫލިއްޔަތަށް ތައްޔާރުވެފައިވާ މިހެކޭ އެއްގޮތަކަށްވެސް އަޅުގަނޑަށް ދެންނެވޭކަށް ނެތެވެ. ކުރިން އިވުނު އަޑާއި ބަލާއިރު ، އަމީނުގެ ޕާރފޯރމަންސް ވަރަށްދަށެވެ. އެންމެކުޑަމިނުން ރައްޔިތުންގެ މަޖްލިސް މެމްބަރެއްގެ ދަވްރަކީ ކޮބައިކަންވެސް ނޭގުނެވެ. ކޮންމެއަކަސް ، މައުލޫމާތާއި އިލްމީގޮތުން ބަލާފައި މިފަހަރު ވޯޓްދޭން މީހަކު އަހަންނަށް ޗޫސްކުރަން ފަސޭހަ ވެއްޖެވެ. އަޅުގަނޑު އަބަދުވެސް ބޭނުމީ މިގައުމުގެ ކުރިއެރުމެވެ. ފައިސާދިނަސް ވޯޓް ނުދޭނަމެވެ.
ބަރާބަރު ސަކަރާތް
2
  08 April, 2009 02:48:27
avatar
ތިމާއަށް އެއްޗެއް ނުވަތަ ފައިސާއެއް ދިނަކަސް އޭގެ ބަދަލުގައި ވޯޓްދޭކަށް ނުޖެހޭނެ. ..އެއީ ޑިމޮކްރަސީގެ ރޫޙާއި ޚިލާފް ކަމެއް... އަދި ގައުމުގައި ކޮރަޕްޝަން ފެތުރުމަށް ކަނޑައެޅިގެން ތިމާ ދޭ ވޯޓެއް... މިވަބާއިން ގައްދޫގެ ރައްޔިތުން އެކަހެރިވަމާތޯއެވެ.
ބަރާބަރު ސަކަރާތް
3
  07 April, 2009 07:38:17
avatar
ސިޔާސީ ގޮތުން ބަރުދަން ބޮޑު މީހުންނަކީ، ވޯޓް އަޅާ މޫސުމް ކުރިމަތިވީމާ، ނޫޓް ބަހާ މީހުނެއްނޫން... ނިކަމެތި ރައްޔިތުންނަށް އޯގާތެރިވުމާއި އެހީތެރިވުމަކީ އެބައިމީހުންނަށް ދާއިމީ އުފާ ފާގަތި ކަމަށް މަސައްކަތްކުރާ މީހުން.. އެހެންވިއްޖިއްޔާ ތިމާގެ އަމިއްލަ އެދުމެއް ހާސިލްކުރުމަށް، ނިކަމެތި އަންހެންކުދިންގެ އިއްފަތްތެރިކަމަށް އަރައިގަތުމަށް، ކޮންމެ ކުއްޖަކަށް މަސްދުވަހަށް 15000 ރުފިޔާ ދިނީމާ ، އެނިކަމެތި އަންހެންކުދިންނަށް ހާދަ ބޭނުންތެރިއޭ އެމީހާދޯ..އިންސާނަކު މަގުފުރެދިއްޖިއްޔާ ވިސްނޭނީ، ޝައިތާނާގެ ބަސްމަގު..
ބަރާބަރު ސަކަރާތް
2
  31 March, 2009 01:12:01
avatar
ތިޔަ5 މީހުންގެތެރެއިން ސިޔާސީގޮތުން އެއްމެ ބުރަދަން ހުރިމީހަކީކާކު. ހަމަގައިމުވެސް ޒާހިރު އާދަމްދޯ. އެޖެންޑާވީދާލީމާވެސް ފަހަތުންދުވެ އާދޭސްކުރާ މީހުން ހާދަ ގިނަޔޭދޯ. ބަޔަކު ޤަބޫލުކުރަން ދަތިވިޔަސް މިވޯޓު ކާމިޔާބު ކުރާނީ ހަމަ ޒާހިރު އާދަމް. ގދ. ރައްޔަތުން ޤަބޫލުކުރޭދޯ ޒާހިރު އާދަމަކީ އެނިކަމެތި ރައްޔަތުންނަށް ކިހާ ބޭނުންތެރި މީހެއް ކަމަށް.............
ބަރާބަރު ސަކަރާތް
-3
  31 March, 2009 11:02:37
avatar
އަމީން ކައިރިން އަހާބަލަ އަމީން ސަރުކާރަށް އަދާކުރަންޖެހޭ ބޮންޑް އަދާކޮށްފިންހޭ؟ މިއިން އެގޭނެ ކިހާ އިޚްލާސްތެރިއެއްކަން.
ބަރާބަރު ސަކަރާތް
2
  31 March, 2009 08:20:24
avatar
އަހަރެން ސަޕޯރޓްކުރަނީ އަމީންއަށް. ސަބަބަކީ އަމީންއަކީ މިވަގުތު އެންމެ ކުރިއަރަމުން އަންނަ ސިޔާސީ ޒުވާން ލީޑަރަށްވާތީ އަދި އޭނަ މިވަގުތު ހުރި ޕޯސްޓަކީވެސް އެފަދަ މަގާމަކަށް އޭނަ އަކީ އެންމެ މުހިންމު މީހާކަން ދައްކުވައިދޭ ކަމެއް. އަމީން ހޮވިއްޖެ ނަމަ ގައްދޫ ވާދޫ ސަރަޙައްދުގައި މިހާރު މިއޮތް އަޅުވެތިކަން ނިމިދާނެކަމަށް ގަބޫލުކުރެވޭ. އަހަރުމެންގެ މުސްތަގުބަލަށްޓަކައި ގައްދޫ ޒާހިރަށް ވޯޓް ނުދެއްވާ.
ބަރާބަރު ސަކަރާތް
1
  31 March, 2009 03:06:02
avatar
ތިޔަކު މާބޮޑުވިސްނުމެއް މިފަހަރަކު ނެތް. ހުރިހާ ގޮތަކުންވެސް ތި ގޮނޑިއަށް އެންމެ ފިޓީ ވާހޫ ޒާހިރު! އަނގަ ފޮކާ ވާހަކަ ދެއްކުމުގެ މިނިވަންކަން ލިބުނަސް ، އިސްލާމީ މުޖްތަމައެއްގައި ކަންކަމާއި މެދު ވިސްނުން ބައްޓަންކުރަން ނޭގިއްޖެއްޔާ ދެން ގެންނާނެ ހެޔޮ ބަދަލަކީ ކޮބާއިކަމެއް ނުވިސްނޭނެ.! ތިމާމެންގެ ހާލަތު އަމިއްލަ އަތުން ބަދަލަ ކުރުމަށް ފަސްޖެހޭ މީހުން އަބަދުވެސް ޖެހޭނީ ބޮޑުޒާހިރު ކަހަލަ މީހަކަށް އަމިއްލަ ނަފްސް އަޅުދާސްކުރަން.، އެކަމަކު ގައްދޫގެ ރައްޔިތުން އެމީހުންގެ ނިންމުން މޭ 9 ވަނަ ދުވަހު ނިމްމާނީ ގައްދޫގެ ފަސްގަނޑައްޓަކައި ފަޚުރުވެރިކަމާއި އެކު!
ބަރާބަރު ސަކަރާތް
5
1 2 3 next ޖުމްލަ: 28 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 10

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
4.67