ރަފްޓާ ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރކަމުގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފި
މިހާރުގެ ޕްރޮޖެކްޓް މެނޭޖަރުގެ ކޮންޓްރެކްޓް މުއްދަތު އެޕްރީލް މަހުގެ ތެރޭގައި ހަމަވާނެ.
ރަފްޓާ ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރ ކަމުގެ މަގާމަށް މީހަކު ހޯދުމަށް އެފްއޭއޯގެ ފަރާތުން އާންމުކޮށް އިއުލާން ކޮށްފިއެވެ. އދ. ގެ ލަންކާ ސައިޓްގައި ވާގޮތުން މިމަގާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައިގަނޑު ޝަރުތެއް ކަމަށް ކަނޑައަޅާފައިވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ގިނަ އަހަރުތަކެއްގެ ތަޖްރިބާ ލިބިފައިވުމެވެ. އަދި މީގެ އިތުރުން އިނގިރޭސި ބަސް އެނގުމާއި، ކޮމްޕިއުޓަރަށް އަހުލު ވެރިވެފައިވުމާއި، ޓީމެއް ގޮވައިގެން މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިފައިވުމާއި އެކު ޕްރެޝަރާއި އެކު ކުރު މުއްދަތުގެތެރޭގައި މަސައްކަތް ނިންމޭނެ މީހެއްކަމަށްވުން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. ހަމަ އެއާއިއެކު ދިވެހި ބަސް ދަންނަ ފަރާތްތަކަށް އިސްކަން ދޭނެކަމަށް ބަޔާން ކުރައްވާފައިވެއެވެ.
މިމަގާމުގެ މުއްދަތަކީ 18 އެޕްރީލް 2009 އިން ފެށިގެން 03 މަސްދުވަހެވެ. އެހެންނަމަވެސް މަގާމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވެއެވެ. މިމަގާމަށް ހޮވޭ ފަރާތް ވަޒީފާ އަދާ ކުރުމަށް ހަމަޖެހިފައިވަނީ ގދ. ގައްދޫގައެވެ.
ރަފްޓާ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދަނޑުވެރިކަމުގެ ތަޖުރިބާކާރު ބޭފުޅެއްކަމުގައިވާ އަބޫބަކުރު މުހައްމަދެވެ. އަބޫބަކުރު މުހައްމަދުގެ މަގާމުގެ މުއްދަތު ހަމަވިރު ގާތްގަނޑަކަށް ޕްރޮޖެކްޓްގެ ހުރިހާ ކޮންސަލްޓެންސީ ރިޕޯޓްތަކެއްނިމި ބައެއް މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފަނީ ފެށިފައެވެ. މިގޮތުން މިހާރުވެސް ގަމާއި ގައްދުއާއި ދޭތެރޭގައި ދަތުރުކުރާ ފެރީ ބަނުމާއި ގަމުގައި ފާޚާނާބަރިއެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
http://un.lk/resources_center/pub_pdf/1072.pdf



ކޮމެންޓްސް ފުނުއްވާ