"ރެޕިޑް އެސެސްމެންޓް މެޕް" ގެ ނަމުގައި ރަށްރަށަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓްތައް ހާމަކޮށްފި.
މިގޮތުން ގައްދޫގައި 6 ކަމެއް ފާހަގަކޮށްފައިވޭ.
"ރެޕިޑް އެސެސްމެންޓް މެޕް" ގެ ނަމުގައި ރާއްޖޭގެ ރަށްރަށުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކާއި، ނިމިފައިވާ ޕްރޮޖެކްޓްތަކާއި އަދި ކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ތަކުގެ ޕްލޭނެއް ސަރުކާރުން ހާމަކޮށްފިއެވެ. މިޕްލޭނުގައި ގައްދޫގެ 5 ޕްރޮޖެކްޓެއް ފާހަގަ ކޮށްފައިވެއެވެ. މިޕްލޭނަކީ މުޅިން ސައްހަ ޕްލޭނެއް ނޫން ކަމަށާއި މިޕްލޭނަށް ފަހުން ބައެއް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއްކަމުގައި ބަޔާންކޮށްފައިވެއެވެ.
ގދ މާވެއްދޫގައި އެއަރޕޯރޓެއް ތަރައްގީ ކުރެއްވުމަށްޓަކައި ބިންހިއްކަމުން ދިޔަ ކަމުގައިވިޔަސް މި ޕްރޮޖެކްޓްގެ ވާހަކައެއް މި ޕްލޭންގައި ހިމަނާފައެއް ނުވެއެވެ. އެހެންނަމަވެސް ވިލިގިލީގެ އެއަރޕޯރޓް ގެ ޕްރޮޖެކްޓާއި ފުއައްމުލަކުގެ އެއަރޕޯޓް ޕްރޮޖެކްޓް މިޕްލޭންގައި ހިމެނިފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ގައްދޫގައި ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ޕްރޮޖެކްޓް ތަކަކީ:
1) އައިސް ޕްލާންޓް
2) ޑްރައިޑް ފިޝް ލައިސަންސް ހޯލްޑަރސް
3) އެކްސަސް އިމްޕްރޫވްމެންޓް ޕްރޮޖެކްޓް (ހަރބަރ) ކޮމްޕްލީޓެޑް
4) އެޓޮލް އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓް (ކޮމްޕްލީޓެޑް)
5) ސުވަރޭޖް ޕްރޮޖެކްޓް (ޕްލޭންޑް)
http://presidencymaldives.gov.mv/publications/RapidAssesmentMaps/USP.pdf



ކޮމެންޓްސް ފުނުއްވާ