ފުރަތަމަ ސަފްހާ | ޚަބަރު | އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދުކުރާކަމަށް ސޮއިކޮށްފައިވާ މީހުންގެ ނަންތައް އާންމުކޮށްފި

އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދުކުރާކަމަށް ސޮއިކޮށްފައިވާ މީހުންގެ ނަންތައް އާންމުކޮށްފި

ފޮންޓް ސައިޒް: Decrease font Enlarge font

ގައްދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވަނީ ތިން ފަރާތަކުން.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާކަމަށް ސޮއިކޮށްފައިވާ މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ. މިގޮތުން ގައްދޫ ދާއިރާއިން އަމިއްލަކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބްގައި ވާދަކުރައްވަނީ 3 ކެންޑިޑޭޓެކެވެ. މި ކެންޑިޑޭޓުންނަކީ:

1) އަހުމަދު ރަޝީދު (ބަގީޗާ ރަޝީދު)

2) ޒާހިރު އާދަމް (ގައްދޫ ޒާހިރު)

3) މުހައްމަދު ޒާހިރު (ޖަމީލާ ޒާހިރު) އެވެ.

ގައްދޫ ޒާހިރަށް ތާއީދުކުރައްވާ ކަމަށް ޖުމްލަ 74 ފަރާތަކުން ސޮއިކޮށްފައިވާއިރު ބަގީޗާ ރަޝީދަށް ތާއީދުކުރައްވާކަމަށް 67 ފަރާތަކުން ސޮއިކޮށްފައިވެއެވެ. ޖަމީލާ ޒާހިރަށް ތާއީދު ކުރައްވާކަމަށް ސޮއިކޮށްފައިވަނީ ޖުމްލަ 98 ފަރާތަކުންނެވެ. މިކެންޑިޑޭޓުންނަށް ތާއީދުކޮށް ސޮއިކުރައްވާފައިވާ ފަރާތްތަކުގެ ލިސްޓް، އެޓޭޗްމެންޓްސް ބައިން ޑައުންލޯޑްކުރައްވާ!

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (8 ލިބިއްޖެ):

  04 April, 2009 07:42:21
avatar
ޒާހިރު އާދަމް އަށް ތާއީދެއްނެތް. ގައްދޫ މީހުން ބެނުންވަނީ ހެޔޮ ބަދަލެއް.. މާލޭގައި ދިރިއުޅޭ މީހުން ކިޔަނީ އެއްލަވައެއް...ކުޑަ ފައިސާކޮޅަކާއި ކާއެތިކޮޅެއް ދިނަސް ހީއެއްނުވޭ އެއުޅޭ މީހުންވެސް މި ގޮނޑި އަގެއްނެތް ގޮނޑިއަކަށް ހަދަންބޭނުންވާނެހެނެއް..
ބަރާބަރު ސަކަރާތް
0
  02 April, 2009 04:42:46
avatar
" ޒާހިރު އާދަމްބެ" އޭ ކިޔާފައި 1 އެޕްރީލް ގެ 11:08ގައި ލިޔުނު ކޮމެންޓް ހާދަ ގަދައޭ! އެއީ މިއަދު 2 އެޕްރީލްގައި ގުރުއަތުން ކެންޑިޑޭޓް ނަންބަރު 1 ލިބުނީ ވާހޫ ޒާހިރަށް ، އަދި 2 ލިބުނީ ޒާހިރު އާދަމަށް.، ވާހޫ ޒާހިރު އެއްވަނަ ލިބޭއިރު މަހާދަ އުފާވާނޭ!
ބަރާބަރު ސަކަރާތް
0
  02 April, 2009 12:34:19
avatar
ތާއިދުކުރާކަމަށް ސޮއި ކުރި ކޮންމެމީހަކީ ވޯޓުދޭނެމީހެއްކަމަށް ހީކުރުމަކީ މޮޔަކަމެއް.ބައްލަވާ ގައްދޫ ޒާހިރު އަށް ސޮއި ކޮއްފަތިބީ މުޅިންވެސް މާލޭގައި ދިރިއޫޅޭ މީހުން.އެކަމަކު ޖަމީލާގެ ޒާހިރުއަށް ތާއިދުކުރާކަމަށް ސޮއިކޮއްފަތިބީ ރަށުގައާއި މާލޭގައި އުޅޭމީހުނަ.ރަޝީދުވެސް ހަމައެހެން.އަދި ކަނޑައެޅިގެން ޖަމީލާގެ ޒާހިރުއާއި ރަޝީދުއަށް ވޯޓް ނުދޭނެ މީހުންވެސް އެލިސްޓުގައި ސޮއި ކޮށްފައެބަހުރި.
ބަރާބަރު ސަކަރާތް
-1
  01 April, 2009 11:08:48
avatar
މިލިސްޓް ބުނާގޮތުންވެސް ޒާހިރު އާދަމްބެ އުޅެނީ ފަހަތުގައި 2ވަނަގައި، ލިސްޓްގައި 1 ވަނަ އަށް އޮތް ޖަމީލާގެ ޒާހިރު ހީވަނީ މިފަހަރު 1ވަނަ ހޯދާނެހެން، މިހެން ބުނާ އިރުވެސް އިނގޭ މިފަހަރު ކުޑަޒާހިރު އިންތިޚާބުވީމާ، ބޮޑުޒާހިރު ގައްދޫއަށްވެސް އަލްވަދާއު ކިޔާނެކަން.
ބަރާބަރު ސަކަރާތް
0
  01 April, 2009 07:43:59
avatar
ގިނަފަހަރަށް ޒުވާނުންނަށް ޒިންމާ ނަގަން ޖެހިލުންވެއެވެ. މިކަމުގެ ބޭނުންވަނީ ރައްޔިތުންގެ ޙައްޤު އެމީހުން ބޭނުންވާ ގޮތަކަށް ހޯދާދެވޭނެ ވަރުގެ މީހެއް. ހަމައެކަނި ޒުވާނަކަށް ވާކަން ނުޖެހޭނެ
ބަރާބަރު ސަކަރާތް
0
  01 April, 2009 10:36:00
avatar
ޒާހިރުބެގެ ކޯގްރޫޕް ދޯ މީ. ގައްދޫގެ ތިބި ތައުލީމީ ޒުވާނުންކޮޅެއް މި ގްރޫޕްގައި އެބައުޅޭ. އެކަމަކު އެހާޔަގީންކުރާކަށްނުވާނެ ހޮވިދާނެކަމަށް. ޒާހިރުބެ ހަދާގޮތަކީ ބައެއް މިހުނަށް ކޮންމެރެޔަކަށް -/75ރ ދީފަ ޒާހިރުގެ އަމިއްލަ ޖީބުން ދޭ އެހީ އޭކިޔާފަ 5000 ހުން 4000 ހުން ދެނީ. އެއީ ތަންކޮޅެއް އާއިލާ ބޮޑު މީހުނަށް. އަދި ބުނަނީ އެހެނމީހުންކައިރީ މިވާހަކަތައް ނުދެއްކުމަށް. ކެމްޕެއެއިން ކުރުމަކީ މަޖާކަމެއްދޯ!
ބަރާބަރު ސަކަރާތް
0
  01 April, 2009 08:10:16
avatar
މި 3 ވިޔަފާރިވެރިންކުރެ މީހަކު ހޮވުމުގެ ބަދަލުގައި ތައިލީމީ ގާބިލު މީހަކަށް ފުރުޞަތު ދެއްވާ!
ބަރާބަރު ސަކަރާތް
0
  01 April, 2009 02:45:24
avatar
ނިކަން ބައްލަވާ، ޒާހިރު އާދަމް ލިސްޓު ހަދައި ސޮއިކޮށްފައިވަނީ ހަމައެކަނިމާލޭގައި ތިބިމީހުންގެތެރެއިން ބަޔަކު މީހުން، ނަމަވެސް ޖަމީލާގެ ޒާހިރު އާއި ރަށީދުއާއި ދެމީހުންގެ ލިސްޓްހެދީ ގައްދޫންނާއި މާލެއިން. ވީމާ ނަތީޖާ ވާނެގޮތް އަމިއްލަޔަށް ނިއްމަވާ. ތީޔައެއްމެން އެއްގަލަކަށް އެރިކަމުގައިވިޔަސް މިފަހަރު ޒާހިރު އާދަމް ބަލިނުކުރެވޭނެ. ނަތީޖާއަށް އިންތިޒާރުކޮށް ލައްވާ.............
ބަރާބަރު ސަކަރާތް
0
ޖުމްލަ: 8 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 8

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
3.00