މަޖިލިސް ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރު އިއުލާން ކުރައްވައިފި
ކެންޑިޑޭޓް ނަމްބަރު ހޮއްވަވާފައިވަނީ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތްލުމަށްފަހު ގުރުއަތުން ދިމާވި ތަރުތީބުން.
މެއި 09 ގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި ގައްދޫ ދާއިރާއިން ކުރިމަތިލައްވާފައިވާ 5 ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރު އިއުލާންކޮށްފިއެވެ. ކެންޑިޑޭޓުންގެ ނަންބަރު ހޮއްވަވާފައިވަނީ މަޖިލިހަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތްލުމަށްފަހު ގުރުއަތުން ދިމާވި ތަރުތީބުންނެވެ. މިގޮތުން ގައްދޫ ދާއިރާގެ 5 ކެންޑިޑޭޓުންނަށް ގަރުއަތުން ދިމާވި ނަމްބަރުތައް ތިރީގައި މިވަނީއެވެ.
1) އަލްފާޟިލް މުހައްމަދު ޒާހިރު ދަފްތަރު ނަމްބަރު 3182، މާލެ
2) އަލްފާޟިލް ޒާހިރު އާދަމް ދަފްތަރު ނަމްބަރު 1578، މާލެ
3) އަލްފާޟިލް އަހުމަދު ރަޝީދު ދަފްތަރު ނަމްބަރު 1458، މާލެ
4) އަލްފާޟިލް އަބްދުﷲ އަމީން ރޯސްމާގެ، ގދ. ގައްދޫ
5) އަލްފާޟިލް މުހައްމަދު އިމްތިޔާޒް ހުޅުމާލެ ފްލެޓް ނަމްބަރު 3-ޖީ-6 ، މާލެ އެވެ..



ކޮމެންޓްސް ފުނުއްވާ