ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ފެނަށް ޖެހުމުގެ ސަބަބުން ސަރުކާރުން ބޯފެނުގެ ޝިޕްމެންޓެއް ގެނެސްފި

ގައްދޫ ފެނަށް ޖެހުމުގެ ސަބަބުން ސަރުކާރުން ބޯފެނުގެ ޝިޕްމެންޓެއް ގެނެސްފި

ފޮންޓް ސައިޒް: Decrease font Enlarge font

ގައްދުއަށް އިއްޔެވަނީ 100000 ލީޓަރުގެ ފެން ގެނެސްފައި

ގިނަދުވަސްތަކެއް ވަނެދެން ގައްދުއަށް ވާރޭނުވެހި އޮތުމުގެ ސަބަބުން ރައްޔިތުން ފެނަށް ޖެހިފައިވާތީ އެކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ގައްދުއަށް ބޯފެން ގެނެސްފިއެވެ.

މިގޮތުން އިއްޔެ ގައްދުއަށް 100000 ލީޓަރުގެ ފެން ދޯންޏަކުން ގެނެސްފައި ވާކަމަށާއި، އިތުރު 100000 ލީޓަރުގެ ފެން ގެންނަގޮތަށް ހަމަޖެހިފައިވާ ކަމަށް ގައްދޫ ކަތީބު އިސްމާއީލް ޝަމީމް މައުލޫމާތު ދެއްވިއެވެ. އެހެންނަމަވެސް ފެން ގެނައިދުވަހު ގައްދުއަށް ގިނަ އަދަދެއްގެ ވާރޭ ވެހުމުގެ ސަބަބުން މިހާރު އެއަދަދަށް ފެންބޭނުންވާނެކަމަށް ހީފުޅުނުވާ ކަމުގައިވެސް އެފަރާތުން މައުލޫމާތު ދެއްވިއެވެ.

ގައްދޫގައި ފެނަށް ދަތިވެއްޖެ ހާލަތެއްގައި ބޭނުންކުރުމަށް ފެންޕްލާންޓެއް ހުރި ކަމުގައިވިޔަސް އޭގެ އެދެވޭ ފައިދާއެއް ރައްޔިތުންނަށް ލިބެމުންނެއް ނުދެއެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (2 ލިބިއްޖެ):

  08 April, 2009 02:54:47
avatar
ގައްދޫ ރައްޔިތުންނަށް ފެންޕްލާންޓުން ، ފެނަށްދަތިވެގެން އުޅޭއިރު ފެންލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރ.ކ ކޮމިޓީގެ ޒިމްމާއަކަށް ވާންވާނެއެވެ. ނޫން ނަމަ ތިކޮމިޓީގެ މެންޑޭޓަކީ ދެން ވަކި މުހިއްމު ކޮންކަމެއް ކުރުންތޯއެވެ!!!!
ބަރާބަރު ސަކަރާތް
0
  07 April, 2009 09:21:15
avatar
ގައްދޫގެ ފެންޕުލާޓަކީ ވަކިބަޔަކަށް ހުންނަ އެއްޗެއް!
ބަރާބަރު ސަކަރާތް
0
ޖުމްލަ: 2 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 2

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
5.00