ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ފެހިކުރުމުގެ ގޮތުން ގަސްއިންދުމުގެ ޕްރޮގްރާމެއް ބާއްވައިފި

ގައްދޫ ފެހިކުރުމުގެ ގޮތުން ގަސްއިންދުމުގެ ޕްރޮގްރާމެއް ބާއްވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ގަސްއިންދުމުގެ ހަރަކާތުގައި ރައްޔިތުން ހަރަކާތްތެރިވަނީ

މި ޕްރޮގްރާމަށް ރައްޔިތުންގެ ވަރަށްބޮޑު ތަރުހީބެއް ލިބިގެންދިޔަ

ރަފްޓާ ޕްރޮޖެކްޓްގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ގައްދޫ ފެހިކުރުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހް ކުރައްވައިފިއެވެ. ގައްދޫ ރައްޔިތުންގެ ވަރަށްބޮޑު ތަރުހީބަކާއި އެއްބާރުލެއްވުމެއް ލިބިގެންދިޔަ މިޕްރޮގްރާމް ފެށުނީ މިއަދު ހެނދުނު 07:00 ގައެވެ.

މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު 4 ގްރޫޕަކަށް ބަހައިލައިގެންނެވެ. މިގޮތުން ގްރޫޕްތައް ބަހާލައިފައިވާ ގޮތަކީ ރަށުގެ އުތުރުކޮޅުޒުވާނުންގެ ގްރޫޕަކާއި، ދެކޮނުކޮޅުގެ ޒުވާނުންގެ ގްރޫޕަކާއި، ރަށުގެ މުއައްސަސާތަކުގެ ގްރޫޕަކާއި، އަދި ގދ. އަތޮޅުމަދަރުސާގެ ގްރޫޕެއް ހިމެނޭ ގޮތަށެވެ. ސްކޫލްގެ ގްރޫޕް މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިތުރު 10 ގްރޫޕަކަށް އެގްރޫޕް ބަހާލައިގެންނެވެ.

މިމަސައްކަތަށް ބޭނުންވާ ކަޅުފަސްގެނައުމާއި ދަނޑިތައް ގެނައުމުގެ މަސައްކަތް ކޮށްފައިވަނީ ގައްދޫގެ ޒުވާނުން އިސްނަގައިގެން ވަރަށް ޖޯޝާއި ފޯރިއާއި އެކުގައެވެ. މިހަރަކާތުގައި ގައްދޫގެ ޒުވާނުން ދައްކައިދީފައިވަނީ މިފަހަށް އައިސް ޒުވާނުންގެ މެދުގައި ނުފެންނަފަދަ ފުރިހަމަ ބައިވެރިވުމަކާއި އެއްބާރުލުމެއްކަން ފާހަގަކޮށްލެވެއެވެ. އަދި މިއަދުގެ ގަސްއިންދުމުގެ ހަރަކާތުގައި ބައިވެރިވި ފަރާތްތަކަށް ބޭނުންވާ ކެއުމާއި ޖޫހުގެ ކަންތައްތައް އިންތިޒާމްކުރުމުގައި ވެސް ގައްދޫގެ އަންހެން ބޭފުޅުންދެއްވި އެއްބާރުލެއްވުން ފާހަގަކޮށްލެވެއެވެ.

ގަސްއިންދުމުގެ ޕްރޮގްރާމްގައި މިއަދު ގަސްތައް އިންދާފައިވަނީ ރަށުގެ އުތުރު ސަރަހައްދުގައެވެ. ދެކުނުގެ ސަރަހައްދުގައި ގަސްއިންދެވުމަށް ހަމަޖެހިފައިވަނީ އެސަރަހައްދުގައި ލުމަށް ހަމަޖެހިފައިވާ ރިވެޓްމަންޓްގެ މަސައްކަތް ނިމުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިގޮތަށް ނިންމާފައިވަނީ އެ ސަރަހައްދުގައި މިހާރު ގަސްތައް އިންދައިފިނަމަ ރިވެޓްމެންޓްގެ މަސައްކަތް ކުރިއަށް ގެންދާއިރު ގަސްތަކަށް ގެއްލުން ލިބިދާނެކަމަށް ވިސްނައިފައެވެ.

ގައްދޫގައި އިންދުމަށް ބޭނުންވާ ގަސްތައް މުޑުވައްކުރަނީ ގދ. ގަމުގައި ތައްޔާރުކޮށްފައިވާ ނާސަރީއެއްގައެވެ. މި ނާސަރީގައި ތަފާތު ވައްތަރު ވައްތަރުގެ ގަސްތައް މުޑުވައް ކޮށްފައިވެއެވެ. ގަސްއިންދުމުގެ މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ރަފްޓާ ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލް އަބޫބަކުރު މުހައްމަދު މައުލޫމާތު ދެއްވެވިއެވެ.

 

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (2 ލިބިއްޖެ):

  12 April, 2009 09:39:32
avatar
ގައްދޫގެ ޒުވާނުން ތިޔަ ދައްކައިދެނީ ވަރަށް ރީތި ނަމޫނާއެއް. ކުރިއަށް އޮތްތަނުގައިވެސް ތި އަޒުމުގައި ކުރިއަށް ދިޔުމަށް ގޮވާލަން.
ބަރާބަރު ސަކަރާތް
0
  12 April, 2009 09:37:29
avatar
ފާއިތުވި ދުވަސްތަކުގައި ގައްދޫގެ އިސްފަރާތްތަކުން ގައްދޫގެ ޒުވާނުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން އަދި މަޝްވަރާއެއް އެއްވެސް ގޮތަކަށް ބޭނުމެއް ނުކުރޭ. މިހާ ދުވަސްވަންދެން ޒުވާނުން ތިބީ އެކަހެރިކޮށް ބާކީ ކޮށްފައި. އެކަމަކު މިހާރު އެގިއްޖެއެއް ނޫންތޯ ޒުވާނުންނަކީ ވެސް ތިބި ބައެއްކަން. ޒުވާނުންނަކީ ހިތްވަރާއި ޖޯޝާއިއެކު ކަންތައްތައް ކުރަން ތައްޔާރަށް ތިބި ބައެއްކަން. ގައްދޫ ޒުވާނުން އަބަދުވެސް ތިބޭނީ ގައްދޫގެ ތަރައްގީއަށް ކުރާ ކޮންމެކަމަކަށް އެންމެ އިސްސަފުގައި ހަރަކާތްތެރިވާން ތައްޔާރަށް. ކުރިއަށް އޮތްތާގައި ޒުވާނުން ބައިބައިވެގެން ދިޔުމަށް ފުރުޞަތު ނުދިނުމަށް ގޮވާލަން. އެންމެން އެއްކޮށް އެއްސަފެއްގައި އަތުކުރި އޮޅާލައިގެން މަސައްކަތް ކުރުމަށް ވެސް ގޮވާލަން. ކުރިއަށް އޮތްތާގައި މިފަދަ އެކިކަހަލަ ކަންތައްތައް ޒުވާނުންގެ ފަރާތުން ފެންނާނެ ކަމަށް އުއްމީދުކުރަން.
"ގައްދޫ ޒުވާނުން ގައްދޫގެ ތަރައްގީއާއިގެން ކުރިއަށް"
= ގައްދޫގެ ހިތްވަރުގަދަ ޒުވާނެއް=
ބަރާބަރު ސަކަރާތް
0
ޖުމްލަ: 2 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 2

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ލިޔުމާއިގުޅޭ ފޮޓޯތައް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
5.00