2008 ވަނަ އަހަރުގެ ކެމްބްރިޖް އިމްތިހާނުގެ ވަރލްޑް ޓޮޕް ޓެން އެވޯޑް ގައްދޫ ކުއްޖަކު ހާސިލްކޮށްފި
މީގެ އިތުރުން މުޅި ރާއްޖޭގެ ގަދަ 10 ގެ ތެރޭގައި ގައްދޫގެ 7 ދަރިވަރަކު ހިމެނޭ.
2008 ވަނަ އަހަރު އޮކްޓޯބަރ/ ނޮވެމްބަރ ގައި ބޭއްވި ކޭމްބްރިޖް ޖީ. ސީ އޯލެވެލް، އައި. ޖީ. ސީ. އެސް. އިމްތިހާންގައި ރާއްޖެއިން ބައިވެރިވި ދަރިވަރުންގެ ތެރެއިން އެކިއެކި މާއްދާތަކުން މުޅިދުނިޔެއިން އެންމެ ރަގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ގައްދޫގެ ދަރިވަރެއް ހިމެނިއްޖެއެވެ. މިގޮތުން ޓްރެވަލް އެންޑް ޓޫރިޒަމް މާއްދާއިން ދުނިޔޭގެ ގަދަ 10 ގެ ތެރޭގައި ހިމެނި ބްރިލިއަންސް އެވޯޑް ހޯދާފައިވަނީ ގައްދޫ ހަވީރީނާޒް އިބްރާހިމް ލަމީރު އަބްދުލް ބާރީއެވެ. ލަމީރު ވަނީ މިމާއްދާގެ އިތުރުން ދިވެހި މާއްދާއިންވެސް ރާއްޖޭގެ 1 ވަނަ ދަރިވަރުގެ މަގާމް ހޯދައިގެން ސީއައި އީ އިންދޭ ބެސްޓް އިން ދަ މޯލްޑިވްސް އެވޯޑްވެސް ހާސިލްކޮށްފައެވެ. އަދި ރާއްޖޭގެ ޓޮޕް 10 ގެ 1ވަނަ މަގާމް ލިބުނު ގައްދޫގެ 2 ދަރިވަރުންގެ ތެރެއިން އެކަކީވެސް ލަމީރެވެ.
މުޅިރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހާސިލްކޮށްގެން ޓޮޕް 10 ގެ ތެރޭގައި ގައްދޫގެ 7 ކުއްޖަކު ހިމެނިފައިވާއިރު ޓޮޕް 10 ގެ 1 ވަނަ ލިބުނު އަނެއް ދަރިވަރަކީ ގައްދޫ ޝަބްނަމީގެ ފާތިމަތު ލަމިޔާ އިބްރާހީމެވެ. ލަމިޔާގެ އިތުރުން ރާއްޖޭގެ ޓޮޕް 10 ގައި ގައްދުއަށް ނިސްބަތްވާ އެހެން ދަރިވަރުންނަކީ:
1) މަރިޔަމް ޝަޖްއާ ޝަހީދު ކަފިދޫގެ ގައްދޫ (މުޅި ރާއްޖެއިން 4 ވަނަ)
2) އާއިޝަތު އަފާ މުހައްމަދު ސޯސަންވިލާ ގައްދޫ ( މުޅި ރާއްޖެއިން 2 ވަނަ)
3) އިސްމާއިލް އަޖްލާދު ޖަނބުރޯލްވިލާ ގައްދޫ ( މުޅިރާއްޖެއިން 2 ވަނަ)
4) އިސްމާއިލް އަނީސް ވިލިނގިލީގެ ގައްދޫ ( މުޅިރާއްޖެއިން 5 ވަނަ)
5) ފާތިމަތު ހަނާ އުލާޖެހިގެ ގައްދޫ (މުޅިރާއްޖެއިން 4 ވަނަ) މިއެވެ.
2008 ވަނަ އަހަރުގެ އޯލެވެލްގެ އިމްތިހާންގައި ގދ އަތޮޅު މަދަރުސާއިން އެންމެ ރަނގަޅު ނަތީޖާ ހޯދި 5 ދަރިވަރުން ތިރީގައި މިވަނީއެވެ.
1) އަހުމަދު ނިޒާރު ތިންފިޔަ ގައްދޫ
2) އިސްމާއީލް އަޒުމީން ތިންބުރޯޒުގެ ގައްދޫ
3) އާމިނަތު އިބްރާހީމް ގުލްޒާރުގެ ގައްދޫ
4) އިބްރާހީމް މުހައްމަދު ވައިޖެހޭގެ ގައްދޫ
5) ސަލްދާ ގާސިމް ގަސްކަރަ ގައްދޫ، މި 5 ދަރިވަރުންނެވެ.
2008 ވަނަ އަހަރުގެ ތައުލީމީ ކުރިއެރުމަށް ބަލާއިރު ގދ. އަތޮޅުމަދަރުސާގެ އޭޕީ ސްކޯ ވަނީ މިދިޔަ އަހަރަށް ވުރެ މިއަހަރު ދަށަށް ގޮސްފައި ކަމަށް މިސައިޓަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް މިމަދަރުސާއަށްވުރެ ހާލަތު މާބޮޑަށްވެސް ދަށުގައި އުޅުނު ބައެއް ސްކޫލްތައް ތައުލީމީ ގޮތުން މިއަހަރު ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.
ބްރިލިއަންސް އެވޯޑް ހާސިލްކުރި ދަރިވަރުންގެ ލިސްޓް އެޓޭޗްމެންޓްސް ބައިން ޑައުންލޯޑް ކުރައްވާ!



-ގައްދޫ ދަރިވަރުންނަށް ހެޔޮއެދޭ ޓީޗަރެއް-
ކޮމެންޓްސް ފުނުއްވާ