ފުރަތަމަ ސަފްހާ | ޚަބަރު | ޚިޔާނާތްތެރިވެފައިވާތީ ކުރީ ސަރުކާރުގެ ހުރިހާ މިނިސްޓަރުން ޖަލަށްލެވިދާނެ- މިނިސްޓަރ މުޖްތަބާ

ޚިޔާނާތްތެރިވެފައިވާތީ ކުރީ ސަރުކާރުގެ ހުރިހާ މިނިސްޓަރުން ޖަލަށްލެވިދާނެ- މިނިސްޓަރ މުޖްތަބާ

ފޮންޓް ސައިޒް: Decrease font Enlarge font

މި ސަރުކާރުން ތިންބާރު އެއްކުރަން ބޭނުންފުޅުވާނަމަ ކުރީގެ ރައީސުލް ޖުމްހޫރިއްޔާއާއި ހުރިހާ މިނިސްޓަރުން ޚިޔާނާތުގެ ކުށުގައި ޖަލަށް ލުމަކީ އެއްވެސް ކަމެއް ނޫންކަމަށާއި އެހެންނަމަވެސް މިހާރުގެ ސަރުކާރުން ބަދަލުހިފަން ބޭނުންނުވާކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލްފާޟިލް އަހުމަދު މުޖުތަބާ ވިދާޅުވެއްޖެއެވެ.  މުޖުތަބާ މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ގައްދޫ ދާއިރާއަށްކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް އަލްފާޟިލް މުހައްމަދު އިމްތިޔާޒްގެ ކެމްޕޭން ރަސްމީކޮށް އިފްތިތާހް ކުރުމުގެ ޖަލްސާގައި ރޭ ގދ. އަތޮޅު މަދަރުސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުޖުތަބާ އިތުރަށް ވިދާޅުވިގޮތުގައި ބަދަލުހިފަންނުކުމެއްޖެނަމަ ގައުމުގައި ބޮޑު ލޭއޮހޮރުވުމެއް ހިނގާނެކަމަށާއި އެހެންނަމަވެސް މި ސަރުކާރުން އެކަން އެގޮތަށް ވުމަކަށް ނެދޭ ކަމަށެޥެ. އެހެންކަމުން މިސަރުކާރުން ބޭނުންވަނީ އެފަދަ މީހުން ދޫކޮށްލާފައި ބައިތިއްބަން ކަމަށާއި ބޭނުންވަނީ ދެން އޮތް އެއްޗެއް ހިފައިގެން ގައުމަށް ތަރައްގީ ގެނައުމަށް މަސައްކަތް ކުރުމަށް ކަމަށް މިޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވިއެވެ.

މުޖުތަބާ އިތުރަށް ވިދާޅުވިގޮތުގައި ގައްދުއަކީ ތަރައްގީގެ ރޮނގުގައި ވަރަށް ގިނަ ފުރުސަތު ތަކެއް އޮތް ރަށެއްކަމަށާއި މި ސަރުކާރުން ތަރައްގީކުރަން ބޭނުންވަނީ މިފަދަ ރަށްތައް ކަށްވިދާޅުވިއެވެ. އަދި މިރާއްޖޭގައި އޮތް އެންމެ ބޮޑު ފަޅުރަށް ގައްދޫގެ ކައިރީގައި އެބައޮތް ކަމަށާއި ރިސޯޓް ހެދުމަށް ރީތި ރަށްތަކާއި މަސްވެރިކަމުގެ ސިނާއަތަށް  މުހިއްމު ރަށްތައް އެބަހުރި ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ. އެހެންނަމަވެސް ކުރީގެ ސަރުކާރުން ގައްދޫ ފަދަ ބޮޑެތި ރަށްތައް ގަސްދުގައި ތަރައްގީނުކޮށް ދޫކޮށްލާފައިވަނީ މިފަދަ ރަށްތަކަކީ ސަރުކާރަށްހުރި ބިރެއް ކަމުގައި ދެކިގެން ކަމަށް މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މުޖުތަބާ ވިދާޅުވިއެވެ. މީގެ އިތުރުން މުޖުތަބާ ވިދާޅުވިގޮތުގައި މި ސަރުކާރުން އިތުރަށް އެއަރޕޯޓްތަކެއް ތަރައްގީކުރައްވާނަމަ ގައްދޫގެ ކައިރީގައި އޮންނަ މާވެއްދޫ، އެއަރޕޯރޓެއްގެ ގޮތުގައި ސަރުކާރުން ތަރައްގީ ކުރައްވާނެކަމަށާއި އަދި ތަރައްގީގެ ކަންތައް ރާވާފައިވާ ގޮތަށް ކުރިޔަށް ގޮސްފިނަމަ ގައްދުއާއި ގަމާއި ދޭތެރޭގައި ބްރިޖެއް އުޅުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ގައްދޫ ހިމެނޭ ސަރަހައްދަކީ  ތަރައްގީގެގޮތުން ކުރިއަރައިގެންދާނެ ސަރަހައްދެއް ކަމަށާއި ގައްދުއަށް ހަގީގީ ތަރައްގީއެއް ގެންނާނީ މިސަރުކާރުން ކަމަށްވެސް މިޖަލްސާގައި މިނިސްޓަރ މުޖްތަބާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އަންނަން އުޅުނު އިރު އެމީހުންނަކީ ފައްޅި އަޅަން އުޅޭ ބައެކޭ، ޑްރަގްސް ނަގާބައެކޭ، ރާބޯ ބައެކޭ، ލާދީނީ ކަންތައްތައް ހިންގަން އުޅޭ ބައެކޭ ކިޔާފައި ރައްޔިތުން ބިރު ގަންނަވާލުމަށް މަސައްކަތް ކުރިކަމަށާއި އެހެންނަމަވެސް ރައްޔިތުން އެމްޑީޕީ ވެރިކަމަށް ގެނައުމަށް ފަހު ދީނީ އިލްމުވެރިންގެ އަނގަ ހުޅުވުމަށް ފުރުސަތުދީ، މަސްތުވާ ތަކެތީގެ ދޮރުތައް ބަނދުކޮށް ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުންނާއި ،އިޖްތިމާއީ ގޮތންނާއި އިގްތިސާދީ ގޮތުން މީހުން ކުރިއަރައި ރައްޔިތުން ބާރުވެރިވުމުން އެމީހުން މިހާރު ބުނަމުން ގެންދަނީ ކުރިން ރައްޔިތުންނަށް އެމީހުން ހަދަމުންދިޔައީ ދޮގުތައް ކަމަށެވެ. އެހެންކަމުން ތިންބާރު އެއްކުރަން އުޅެނީ އޭ ކިޔާފައި މިހަރުވެސް އެމީހުން ހަދަމުން އެގެންދަނީ ދޮގުތައް ކަމަށްވެސް މި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުޖުތަބާ ވިދާޅުވިއެވެ.

ގދ. އަތޮޅު މަދަރުސާގެ ހޯލްގައި  މިޖަލްސާކުރިޔަށް ދިޔަ ގަޑީގައި ރައްޔިތުންގެ މަޖިލިހުގެ ގދ. އަތޮޅު މެމްބަރު ޒާހިރު އާދަމްގެ ކެމްޕޭން ޖަލްސާއެއްވެސް މިސަރަހައްދުގައި ކުރިއަށް ދިޔައެވެ.

 ތީމުގޭގެ 2007-2008 ގެ އޮޑިޓް ރިޕޯޓް ބައްލަވާލައްވާ!

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (2 ލިބިއްޖެ):

  27 April, 2009 05:25:09
avatar
ޖަލަށް ލާން ހަދައިފިކަމަށް ވަންޏާ ސަލާމަތްވާނެ އެކަކުވެސް ނުހުންނާނެ
ބަރާބަރު ސަކަރާތް
0
  18 April, 2009 08:18:55
avatar
މި ފަސް އަހަރު ނިމޭ އިރު ގައްދޫ އޮންނާނީ ކަޑަށްތުރެން 30 މީޓަރު މަތީގަ. ގައްދޫ ރައްޔިތުން އުޅޭނީ އުދުހިފަ. ގަމުން އޮޅު އަލަ ބަސްތާ ހިފައިގެން އަންނާނީ ހެލިކޮޕްޓަރުގަ. މީހަމަ ވެދާނެ ކަންތައް. މިހާތަނަން ސަރުކާރުން ހާމަކޮށްފަ ހުރި ކަންތަކުން މުޖުތަބާ ތިބުނާ ތަރަށްގީ ފެންނާން އެބަހުރިބާ.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 2 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 2

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
0