ސުނޭރީ ސްޓޯރު ފަޅާލައި ފިހާރައިން ވައްކަންކޮށްފި
ފިހާރައިން ވައްކަންކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނީ ނަގުދު ފައިސާއާއި ސިނގިރޭޓް
ރޭ ދަންވަރުގެ ވަގުތެއްގައި ގައްދޫ ސްނޭރީ ސްޓޯރ ފަޅާލައި އެފިހާރައިން ބަޔަކު ވައްކަންކޮށްފިއެވެ. ގައްދޫ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފިހާރައިން ވައްކަންކޮށްފައިވަނީ ރޭ މެންދަމު ގާތްގަނޑަކަށް 02:30 އެހާކަންހާއިރުގައެވެ.
މިފިހާރައިގެ ތެރެއަށް ވަގުން ވަދެފައިވާ ކަމަށް ބެލެވެނީ ފިހާރައިގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ. ފިހާރައަށް ވައްކަންކުރަން ވަނުމުގެ ތެރޭގައި ހަށިގަނޑު ޒަޚަމްވުމުގެ ސަބަބުން ފައިބާފައި ހުރި ލޭތަކެއް އެސަރަހައްދުގައި ތިބި ކަމަށްވެސް އެނގިފައިވެއެވެ.
މިފިހާރައިން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ނަގުދު ފައިސާއާއި ސިނގިރޭޓެވެ. މިގޮތުން ފިހާރައިގެ ވައްގަނޑުތެރޭގައި އެވަގުތު ތިބި ރުފިޔާއާއި އަދި ސިނގިރެޓް ކާރޓަން ތަކެއް ވަގަށްނަގާފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް ވަގަށް ނަގާފައިވާ ތަކެތީގެ ފުރިހަމަ ތަފްސީލެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
މިމައްސަލަ ގައްދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިހާރު އަންނަނީ ތަހުގީގް ކުރަމުންނެވެ.



ކޮމެންޓްސް ފުނުއްވާ