ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ރަށްވެހިގެއަށް އިތުރުކުރާބައިގެ މަސައްކަތް ފަށައިފި

ގައްދޫ ރަށްވެހިގެއަށް އިތުރުކުރާބައިގެ މަސައްކަތް ފަށައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ގައްދޫ ރަށްވެހިގެ

އިމާރާތުގައި ކޮންފަރެންސް ހޯލެއްގެ އިތުރުން ތިންކޮޓަރި އިމާރާތްކުރުމަށް ހަމަޖެހިފައިވޭ.

ގައްދޫ ރަށްވެހިގޭގެ އިރުމަތީފަރާތުން އަލަށް ހެދުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދެއެވެ. މިއިމާރާތުގެ މަސައްކަތް އެއްކޮށް ނިމޭއިރު ކޮންފަރެންސް ހޯލެއްގެ އިތުރުން، އެޓޭޗްޑް ބާތްރޫމާއި އެކީ 3 ކޮޓަރި އިމާރާތްކުރާގޮތަށް ހަމަޖެހިފައިވެއެވެ. އެހެންނަމަވެސް މަސައްކަތުގެ މިފޭހުގައި ހެދުމަށް ހަމަޖެހިފައިވަނީ ފާޚާނާއެކީ 2 ކޮޓަރީގެ އިތުރުން ކޮންފަރެންސް ހޯލް ގެ ބައެއް މަސައްކަތްތައްކަމަށާއި މަސައްކަތުގެ 2 ވަނަ ފޭހުގައި ކޮންފަރެންސް ހޯލްގެ މަސައްކަތްތައް މުޅިން ނިންމައި އިމާރާތަށް އެއްކޮޓަރި އިތުރުކުރާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މިއިމާރާތުގެ މަސައްކަތް އެއްކޮށް ނިމޭއިރު ގާތްގަނޑަކަށް އެގާރަލައްކަ ރުފިޔާ އިމާރާތަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމުގައި ގައްދޫ އޮފީހުން މައުލޫމާތު ދެއްވެވިއެވެ.  

ގައްދޫ ރައްޔިތުންގެ މާލިއްޔާއިން ޚަރަދުކޮށްގެން ކުރަމުންދާ މިމަސައްކަތް ކޮންޓްރެކްޓްގެ އުސޫލުން 112 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވަނީ ވެލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއިއެވެ. ޖުމްލަ 3 ފަރާތަކުން ކުރިމަތިލާފައިވާ މިމަސައްކަތް ކުރުމަށް އެކުންފުނިން ހުށަހަޅާފައިވާ އަގަކީ 474174 (ހަތަރު ލައްކަ ހައްދިހަ ހަތަރުހާސް އެއްސަތޭކަ ހައްދިހަ ހަތަރު) ރުފިޔާއެވެ.

ގައްދޫ ރަށްވެހިގޭގައި ކުއްޔަށްދޭ 5 ކޮޓަރި މިހާރުވެސް ތައްޔާރުކޮށްފައިވާ ކަމަށާއި މި ދެއިމާރާތް ނިމުމުން ކުއްޔަށްދޭ ޖުމްލަ 8 ކޮޓަރި ރަށްވެހިގޭގައި ހުންނާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0