ފުރަތަމަ ސަފްހާ | ޚަބަރު | މާވެއްދޫ އެއަރޕޯރޓްގެ ބިންހިއްކުމުގެ މަސައްކަތް އަނެއްކާވެސް ހުއްޓިއްޖެ.

މާވެއްދޫ އެއަރޕޯރޓްގެ ބިންހިއްކުމުގެ މަސައްކަތް އަނެއްކާވެސް ހުއްޓިއްޖެ.

ފޮންޓް ސައިޒް: Decrease font Enlarge font
image އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ގދ. މާވެއްދޫ

ބިންހިއްކުން ކުރިއަށް ނުގޮސް ހުއްޓިފައި އޮންނަތާ ދުވަސްކޮޅެއްވެއްޖެ

ގދ. މާވެއްދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯރޓްގެ މަސައްކަތުގެ ތެރެއިން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ ބިންހިއްކުމުގެ މަސައްކަތް އަނެއްކާވެސް ހުއްޓުމަކަށް އަތުވެއްޖެކަމަށް މިސައިޓަށް މައުލޫމާތު ލިބިއްޖެއެވެ. މަސައްކަތް ހުއްޓުމަކަށްއައިސްފައިވަނީ ފައިސާގެ ދަތިކަމެއް އުޅުމުގެ ސަބަބުން ކަމަށާއި މަސައްކަތް މެދުކެނޑިފައި އޮންނަތާ ގާތްގަނޑަކަށް ދެތިން ހަފްތާވަރު ވެދާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރަށް  މާވެއްދޫ ސައިޓްގައި ބޭނުންކުރާ ބައެއް އިކުއިޕްމެންޓްސް ތައްބޭނުންކޮށްގެން ގއ. ދާންދޫގައި މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ބިންހިއްކުމުގެ މަސައްކަތް 2008 ވަނަ އަހަރުގެ ތެރޭގައި ނިންމަންޖެހުނު ކަމުގައި ވިޔަސް މިހާތަނަށް ނިމިފައިވަނީ ގާތްގަނޑަކަށް ދިހަވަރަކަށް ޕަސެންޓްގެ މަސައްކަތް ކަމަށްވެއެވެ.

މާވެއްދޫގައި އެއަރޕޯރޓެއް އެޅުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ބޭނުންކުރަމުންދާ ރީޖަނަލް އެއަރޕޯރޓްތަކުގެ ފެންވަރަށްތޯ ނުވަތަ އެއަރސްޓްރިޕެއްގެ ފެންވަރުގައިތޯ އަދި މުޅިން ސާފްވެފައެއް ނުވެއެވެ. އެއަރ ސްޓްރިޕަކީހަމައެކަނި ރަންވޭ އާއި ބޯޓަށް ތެޔޮއަޅާ ވަސީލަތްފަދަ މަދުވަސީލަތްތަކެއް ހިމެނޭގޮތަށް ގާއިމްކުރެވޭ އެއަރޕޯރޓްގެ ވައްތަރެކެވެ.

މާވެއްދޫ އެއަރޕޯރޓްގެ މަސައްކަތް މިހާރު ހިނގަމުންދާ ނުވަތަ ޕްލޭންކޮށްފައިވާ ޕްރޮޖެކްޓްތަކުގެ ގޮތުގައިސަރުކާރުން ހަދާފައިވާ ޕޯޓަލްކަމަށްވާ http://isles.egov.mv ގައިވެސް މިހާތަނަށް ފާހަނގަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ގއ. ވިލިނގިލީގައި ހެދުމަށް ހަމަޖެހިފައިވާ އެއަރޕޯރޓް މި ޕްރޮޖެކްޓްތެރޭގައި ހިމަނާފައިވާކަން ފާހަނގަކޮށްލެވެއެވެ.

އެއަރޕޯރޓްގެ މަސައްކަތް އެދެވޭގޮތެއްގައި ކުރިއަށް ނުދިޔަ ކަމުގައިވީނަމަވެސް އަދި މާވެއްދޫގައި ގާއިމްކުރާ އެއަރޕޯރޓްގެ ފެންވަރެއް ކަނޑައެޅިގެން ނޭނގުނު ކަމުގައި ވީނަމަވެސް މިކަމާއި ދޭތެރޭގައި މަޖިލިސް ފްލޯގައި މިއަތޮޅުގެ އެއްވެސް މެމްބަރެއް ސުވާލުކުރާތަނެއް ރައްޔިތުންނަކަށް ނުފެނެއެވެ. އެހެންކަމުން ރައްޔިތުން ކަންބޮޑުވާ މިފަދަ މުހިއްމުކަންތައްތަކުގެ ހަގީގަތް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަކީ މަޖިލިސް މެމްބަރުން ކުރަންޖެހޭނެ ކަމެއް ކަމުގައި ގައްދޫ ރައްޔިތުން ދެކެއެވެ.

ބިންހިއްކުމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާކަމަށް މުއުތަބަރު ގޮތެއްގައި މިސައިޓަށް އެނގިފައިވީނަމަވެސް އެއިމުން ވިދާޅުވަނީ ބިންހިއްކުމުގެ މަސައްކަތް ކަނޑައެޅިފައިވާގޮތަށް ކުރިޔަށް ދާކަމަށާއި ބިންހިއްކުމުގެ މަސައްކަތް ހުއްޓިފައިވާކަމުގެ މައުލޫމާތެއް ލިބިފައިނުވާކަމަށެވެ.

 

     

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (1 ލިބިއްޖެ):

  01 May, 2009 05:42:55
avatar
އަދިވެސް މިހާރުގެ މެމްބަރު ޒާހިރަށް ވޯޓުދެވޭތޯ ގައްދޫ ރައްޔިތުން މަރުދޭންވީދޯ.
ބަރާބަރު ސަކަރާތް
-1
ޖުމްލަ: 1 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 1

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
2.50