ޖަމީލާގެ ޒާހިރުގެ މެނިފެސްޓޯ ތައާރަފް ކުރުމުގެގޮތުން ގައްދޫ ދާއިރާގެ ރައްޔިތުންނާއެކީ ބައްދަލުވުންތަކެއް ބާއްވައިފި
މިބައްދަލުވުންތަކުގައި ޒާހިރުގެ މެނިފެސްޓޯ ތައާރަފްކުރުމާއި ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވެވި.
ޖަމީލާގެ ޒާހިރުގެ މެނިފެސްޓޯ ތައާރަފްކުރުމުގެގޮތުން ގައްދޫ ދާއިރާގައި ހިމެނޭ ދެ ރަށްކަމަށްވާ ގައްދުއާއި ވާދޫގެ ރައްޔިތުންނާއި އެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މިގޮތުން ޒާހިރަށް ސަޕޯޓް ކުރައްވާ ވާދޫގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުން 25 އެޕްރީލްވީ ހޮނިހިރު ދުވަހު ރޭގައި ބާއްވާފައިވާއިރު ގައްދޫ ރައްޔިތުންނާއި އެކު ބައްދަލުވުން ބާއްވާފައިވަނީ 27 ވަނަދުވަހުގެ ރޭގައެވެ.
ޚަބަރުލިބިފައިވާ ގޮތުގައި ގދ. ވާދޫގައި ޖަމީލާގެ ޒާހިރު ބޭއްވި ބައްދަލުވުމަކީ މި އިންތިޚާބީ ފޯރީގައި ވާދޫގައި މިހާތަނަށް ބޭއްވުނު އެންމެ ކުލަގަދަ އިވެންޓެވެ. މިއިވެންޓްތަކުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޒާހިރު ޖަވާބު ދެއްވެވިއެވެ.
މީގެ އިތުރަށް ގައްދޫގައި ޒާހިރުވަނީ ޕެނަލް ޑިސްކަޝަންއެއްގެ ގޮތުގައި ބައްދަލުވުމެއް ބާއްވާ ރައްޔިތުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.



ކޮމެންޓްސް ފުނުއްވާ