ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ އިންޖީނުގެ ހިންގުން އަޕަރ ސައުތު ޔުޓިލިޓީސް ކުންފުންޏާއި ހަވާލުކުރައްވައިފި

ގައްދޫ އިންޖީނުގެ ހިންގުން އަޕަރ ސައުތު ޔުޓިލިޓީސް ކުންފުންޏާއި ހަވާލުކުރައްވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ގައްދޫ އިންޖީނުގެ

ގައްދޫގެ އިތުރުން ގއ. ވިލިނގިއްޔާއި ގދ. ތިނަދޫގެ އިންޖީނުގެ ހިންގުންވަނީ މިކުންފުންޏާއި ހަވާލުކުރައްވާފައި.

ސްޓެލްކޯގެ ފަރާތުން ހިންގަމުންއައި ގައްދޫ ޕަވަރހައުސް އަޕަރ ސައުތު ޔުޓިލިޓީސް ކުންފުނީގެ ދަށުން ހިންގާގޮތަށް މިއަދު އެކުންފުންޏާއި ހަވާލުކުރައްވައިފިއެވެ. ގައްދޫގެ އިތުރުން މިޕްރޮވިންސްގައި ހިމެނޭ އަނެއް ދެ އިންޖީނުގެ ކަމަށްވާ ގއ. ވިލިނގިއްޔާއި ގދ. ތިނަދޫގެ އިންޖީނުގެ ހިންގުންވެސް މިއަދު ވަނީ ސްޓެލްކޯ ހެޑްއޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިކުންފުންޏާއި ހަވާލުކުރައްވާފައެވެ.

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުހައްމަދު ނަޝީދު މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ވަގުތެއްގައި ގދ. ތިނަދޫގައި އިފްތިތާހްކޮށްދެއްވި މިކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާގޮތަށް އުފައްދަވާފައިވާ ކުންފުންޏެކެވެ. މިކުންފުނީގެ ޗެއަރަމަނަކަށް އަލްފާޟިލް އަހުމަދު ޝަރީފް ނަފީސް ހަމަޖައްސަވާފައިވާއިރު މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސަވާފައިވަނީ އަލްފާޟިލް އަހުމަދު ސައީދު މުހައްމަދެވެ. މިބޭފުޅުންގެ އިތުރުން މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑްގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަކީ:

1) އަލްފާޟިލް ހުސައިން ހަމީޒް

2) އަލްފާޟިލް ޝިމާދު އިބްރާހީމް

3) އަލްފާޟިލް މުހައްމަދު އިގްބާލް ފިކުރީ

4) އަލްފާޟިލް ސަލީމް އިބްރާހިމް

5) އަލްފާޟިލް އަބްރާހިމް ރަޝީދު މި 5 ބޭފުޅުންނެވެ.

މިކުންފުނީގެ ފަރާތުން އަޕަރ ސައުތު ޕްރޮވިންސަށް ބޭނުންވާ ކަރަންޓާއި ފެން، ކައްކާ ގޭސް އަދި ނަރުދަމާ ނިޒާމުގެ ޚިދުމަތް މި ޕްރޮވިންސްގައި ހިމެނޭ ރަށްރަށުގެ ރައްޔިތުންނަށް ފޯރުވައިދެއްވާ ގޮތަށް ހަމަޖެހިފައިވެއެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0