ގައްދޫ އޮންލައިން ޕޯލްގެ ނަތީޖާ: އިންތިޚާބް ކާމިޔާބްކުރާނީ ޖަމީލާގެ ޒާހިރު
މިޕޯލްގައި އެއްވަނަ އަށް ގޮސްފައިވަނީ ޖަމީލާގެ ޒާހިރު
މޭ 09 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގައްދޫ ދާއިރާގެ އިންތިޚާބް ކާމިޔާބްކުރައްވާނީ ޖަމީލާގެ ޒާހިރު ކަމުގައި ގައްދޫ އޮންލައިން މެދުވެރިކޮށް ޕޯލްއަށް ވޯޓް ދިންމީހުން ބުނެފިއެވެ. މިގޮތުން ވޯޓް ދިންމީހުންގެ ތެރެއިން 44.3% މީހުން އިންތިޚާބް ކާމިޔާބް ކުރައްވާނެކަމުގައި ވޯޓްދެއްވާފައިވަނީ ޖަމީލާގެ ޒާހިރަށެވެ. ޕޯލްގެ 33.4% ގެ ނަތީޖާއަކުން ދެވަނަ ލިބިފައިވަނީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެމްބަރު ޒާހިރު އާދަމަށެވެ. އަދި ޕޯލްގެ 15.3% ވޯޓް ހޯއްދަވައިގެން ތިންވަނަ އަށް ގޮސްފައިވަނީ ގައުމީ ޕާޓީގެ ކެންޑިޑޭޓް އަބުދުﷲ އަމީނެވެ. އެންމެ 1.7% ވޯޓް ލިބިގެން އެންމެ ފުލަށް ގޮސްފައިވަނީ އަމިއްލަ ގޮތުން އިންތިޚާބްގައި ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ރަޝީދެވެ.
މި ނަތީޖާއިން ކާމިޔާބު ހޯއްދެވި ކެންޑިޑޭޓަކީ ކޮންމެހެން އިންތިޚާބް ކާމިޔާބްކުރާނެ ކެންޑިޑޭޓަކަށް ނުވިކަމުގައި ވިޔަސް މި ނަތީޖާއިން ގައްދޫ އޮންލައިނަށް ވަންނަގިނަ މީހުންނާއި، ޒުވާނުންގެ ގިނަ އަދަދެއްގެ ބަޔަކު ތާއީދުކުރައްވާފަރާތަކީ ޖަމީލާގެ ޒާހިރު ކަމުގައި ބެލެވިދާނެއެވެ.



- ގިނައިން ފެންނަ އޯޕަން ސޯސް ޕޮލް ސްކްރިޕްޓް / ޕްލަގިން ލިޔެފަ ހުންނަނީ އެ ބޭނުން ކުރާ ސައިޓްގެ އެޑްމިން އަށްވެސް އެޑިޓް ނުކުރެވޭގޮތަށް ހަމަ އެކަނި ރިސެޓް ކުރެވޭގޮތަށް...
- ފޭކް އައިޕީ އިން ވޯޓު ލެވޭނަމަ ތިޔަބޭފުޅާ ވެސް ތާއީދު ކުރާ ކެނޑިޑޭޓަށް އެގޮތަށް ވޯޓު ލީސްކަން ޔަގީން.. އަދި މި ޕޯލް އަކީ އެހާ މުހިންމު އެއްޗަކަށް ނުވާނަމަ ހަޖަމު ނުކުރެވިގެން ނޫޅުނީސް ކަން ޔަގީން.
=ގަލެކޮނޑިޔާ=
ކޮމެންޓްސް ފުނުއްވާ