ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މަގުމަތީގެ ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށްގެންދަން ފަށައިފި

ގައްދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މަގުމަތީގެ ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށްގެންދަން ފަށައިފި

ފޮންޓް ސައިޒް: Decrease font Enlarge font

މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ ޓްރެފިކް މައްސަލަތައް ހައްލުކޮށް ގާނޫނާއި ގަވާއިދާއި އެއްގޮތަށް ވެހިކަލް ދުއްވުމަށް ބާރުއެޅުން

ގައްދޫގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ގިނަވެ ބާރު ސްޕީޑްތަކުގައި ދުއްވުން އާންމުވެފައިވާތީ އެކަން ހުއްޓުވުމުގެ މަގްސަދުގައި ގައްދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މަގުމަތީ ޓްރެފިކް ބެލެހެއްޓުމުގެ ޚާއްސަ އޮޕަރޭޝަނެއް ފައްޓައިފިއެވެ. މިގޮތުން މި ޕްރޮގްރާމް ކޮންމެ ހުކުރު ދުވަހާއި އާދިއްތަ ދުވަހު ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށް ގައްދޫ ޕޮލިސް ސްޓޭޝަނާއި ހަވާލުވެހުންނެވި އެތާގެ އިންޗާޖް އަލްފާޟިލް އަބްދުލް ހަންނާން މައުލޫމާތުދެއްވެވިއެވެ.

މި އޮޕަރޭޝަންގެ ސަބަބުން ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް އެއްގަމުގައި ދުއްވާ އިންޖީންލީ އުޅަނދުތައް ދުއްވުން ކޮންޓްރޯލް ވެފައިވާ ކަމަށާއި އަދި އެކްސިޑެންޓްތައް ހިނގާ އަދަދުވެސް ވަރަށްބޮޑުތަން މަދުވެފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއްވިއެވެ. ޕޮލިހުންގެ އެންމެ ބޮޑު ބޭނުމަކީ ކުށެއްކުރެވުމުން ޕްރޮސިކިއުޓަރ  ޖެނެރަލްއަށް އަށް އެމައްސަލައެއް ފުނުވައިގެން މީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި ކުށެއްކުރުމުގެ ކުރިން އެކަން ހުއްޓުވުންކަމުގައިވެސް އެފަރާތުން މައުލޫމާތު ދެއްވެވިއެވެ.

އެހެންނަމަވެސް މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ ތެރޭގައި ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭކަން ފާޅުކުރަމުންގެންދާ ކަމަށާއި ފުލުހުންނަށް ބައެއްމީހުންގެ އަތުގައި ލައިސަންސް އޮންނަކަން އެނގޭއިރުގައިވެސް ލައިސަންސާއި ބެހޭގޮތުން ސުވާލުކުރައްވާކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރައްވަމުންދާކަމުގައި ވިދާޅުވިއެވެ. ނަމަވެސް ލައިސަންސަކީ އުޅަނދުދުއްވާ ވަގުތު އަބަދުގައިވެސް އަތުގައި އޮންނަންޖެހޭ އެއްޗެއްކަމަށާއި އެހެންކަމުން ޗެކް ކުރާވަގުތު ލައިސަންސް އަތުގައި އޮންނަން ޖެހޭކަމުގައި އޭނާ ވިދާޅުވިއެވެ. 

ގައްދޫގައި އެންމެ ފަހުން ހިންގި ލައިސަންސް ބުރަކީވެސް ގައްދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އިސްނަގައިގެން ބޭއްވި ލައިސަންސް ބުރެއްކަމަށާއި މިފަދަ އެހެންބުރެއް ކައިރި މުސްތަގްބަލެއްގައި ބޭއްވޭތޯ އަތޮޅު ކައުންސިލަރާއި ގުޅުއްވައިގެން ބައްލަވަމުންގެންދާކަމުގައިވެސް އެފަރާތުން މައުލޫމާތު ދެއްވެވިއެވެ. 

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
1.00