ގައްދޫ ދާއިރާގެ އިންތިޚާބް ގައްދޫ ޒާހިރު ކާމިޔާބް ކުރައްވައިފި
ގައްދޫ ޒާހިރުވަނީ އިންތިޚާބް ބޮޑު ތަފާތަކުން ކާމިޔާބްކޮށްފައި.
މިމަހު 09 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބް ބޮޑު ތަފާތަކުން ފާއިތުވެ ދިޔަ ދައުރުގައިވެސް ގދ. ގެ މެމްބަރުގެ މަގާމްގައި ހުންނެވި ޒާހިރު އާދަމް(ގައްދޫ ޒާހިރު) ކާމިޔާބްކުރައްވައިފިއެވެ. އިންތިޚާބްގައި އަމިއްލަ ކެންޑިދޭޓެއްގެ ގޮތުގައި ކުރިމަތިލެއްވި ޒާހިރު އާދަމް އިންތިޚާބް ކާމިޔާބް ކުރައްވާފައިވަނީ ޖުމްލަ 1022 ވޯޓް ހޯއްދަވައިގެންނެވެ.
ގައްދޫ ދާއިރާގެ އިންތިޚާބްގައި ގައްދޫ ޒާހިރާއި އެންމެ ގާތުން ވާދަކުރައްވާފައިވަނީ660 ވޯޓް ހޯއްދަވައިގެން އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވި އަހުމަދު ރަޝީދެވެ. މިބޭފުޅާ 2ވަނަ އަށް ގޮސްފައިވަނީ 362 ގަނޑުގެ ތަފާތަކުންނެވެ. އަދި ތިންވަނަ އަށް 267 ވޯޓް ހޯއްދަވައިގެން ގައުމީ ޕާޓީގެ ފަރާތުން ވާދަކުރެއްވި އަބުދުﷲ އަމީން ގޮސްފައިވާއިރު 4 ވަނަ އަށް ގޮސްފައިވަނީ 141 ވޯޓް ހޯދައިގެން އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑޭޓް ކަމުގައިވާ މުހައްމަދު ޒާހިރު (ޖަމީލާ ޒާހިރު) އެވެ. އެންމެ 101 ވޯޓް ލިބިގެން އިންތިޚާބުން އެންމެ ފުލަށް ގޮސްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އިމްތިޔާޒެވެ.



8.6 "މަސްދުވަސްތެރޭގައި ގައްދޫ ސިއްހީމަރުކަޒުގައި އެކްސްރޭމެޝިނަކާއި މައިނަރ އޮޕރޭޝަންކުރެވޭ ފެންވަރަށް ތަނުގެ ހިދުމަތުގެ ފެންވަރު ކުރި އެރުވުމަށްޓަކައި ސަރުކާރުގެ ކަމާއިބެހޭ މިނިސްޓްރީއާއިވާ ހަކަދައްކައިގެން ނުވެއްޖެނަމަ އަމިއްލައަށް އެކްސްރޭމެޝިނެއް ބަހައްޓާދެއްވާނެ".އަޅުގަޑު ހީކުރަން ކުރިއައް އޮތް 3 ދުވަސްތެރޭގައި މިކަންނިންމަވައިދެއްވާނެކަމަށް.
ކޮމެންޓްސް ފުނުއްވާ