ގދ. ގަމުގައި ހަނޑޫ ހައްދަން ފަށައިފި
މީގެކުރިންވެސް ގަމުގައި ހަނޑޫހެއްދުމަށް މަސައްކަތްކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވޭ.
ގައްދޫ ރައްޔިތުން ދަނޑުވެރިކަމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ގދ. ގަމުގައި ހަނޑޫ ހެއްދުމުގެ މަސައްކަތް ބަޔަކު ފަށައިގެން ކުރިޔަށް އެބަ ގެންދެއެވެ. މިގޮތުން ގަމުގައި 3200 އަކަފޫޓް ސަރަހައްދެއްގައި ގޮވާންކޮށް މިހާރު ހަނޑޫ ގަސްތައް ފޯދިފައިވާ ކަމުގައި ޚަބަރު ލިބިފައިވެއެވެ.
ގަމުގައި ހަނޑޫ ހެއްދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ގައްދޫ ބީޗްރެސްޓް މުހައްމަދު ސައީދު މައުލޫމާތު ދެއްވިގޮތުގައި އޭނާ މިމަސައްކަތްކުރުމަށް ޝައުގުވެރިކަން އުފެދި މިމަސައްކަތް ފެއްޓެވީ ހަނޑުލަކީ ގަމުގައި ހެއްދިދާނެއެއްޗެއްތޯ ބަލައި ތަޖުރިބާ ކުރުމަށް ކަމަށާއިމިމަސައްކަތް ކުރިޔަށް ގެންދަވަނީ ބަގްލަދޭޝް މީހެއްގެ އެހީގައި ކަމަށް ވިދާޅުވިއެވެ. އަދި މިފަހަރުގެ މަސައްކަތުން މާބޮޑު ނަފާއެއް ނުލިބުނުކަމުގައި ވީނަމަވެސް ހަނޑޫ ހެއްދުމުގެ މަސައްކަތް ހުއްޓާލުމަށް ގަސްދުނުކުރައްވާ ކަމަށާއި މީގެ އިތުރުން އިތުރު މެޝީނަރީއާއި ކެމިކަލް ގެނެސްގެން މިމަސައްކަތް އިތުރަށް ފުޅާކުރެއްވުމަށް ގަސްދުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.
ގަމުގައި މިހާރު މުޑުވައްކޮށްފައިވާ ހަނޑޫގަހުން ގާތްގަނޑަކަށް 7 ނުވަތަ 8 ބަސްތާ ހަނޑޫ ލިބޭވަރުވާނެކަމަށް ލަފާކުރެވޭކަމުގައިވެސް އެފަރާތުން މައުލޫމާތު ދެއްވެވިއެވެ.
މިމަސައްކަތަކީ ކާމިޔާބު މަސައްކަތެއްކަމުގައި ވެއްޖެނަމަ އިތުރު ދަނޑުވެރިން މިމަސައްކަތް ކުރުމަށް ޝައުގުވެރިވާކަން ވަނީ ހާމަކޮށްފައެވެ.



ކޮމެންޓްސް ފުނުއްވާ