ފުރަތަމަ ސަފްހާ | ޚަބަރު | ރަފްޓާ ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރކަމުގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސަވައިފި

ރަފްޓާ ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރކަމުގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސަވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ކަނާތުން ވާތަށް: އަލަށް މަގާމާއި ހަވާލުވެލެއްވި ބްރަމެންދުރަން އަދި ކުރީގެ ޕްރޮޖެކްޓް މެނޭޖަރ އަބޫބަކުރު މުހައްމަދު

މިމަގާމަށް މިފަހަރު ހަމަޖައްސަވާފައިވަނީ ސްރީލަންކާގެ ބޭފުޅެއް

ރަފްޓާ ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރކަމުގެ މަގާމުގައި ހުންނެވި އަލްފާޟިލް އަބޫބަކުރު މުހައްމަދު ގެ ދައުރު ހަމަވުމާއިގުޅިގެން އެމަގާމަށް އާބޭފުޅަކު ހަމަޖައްސަވައިފިއެވެ.

މިމަގާމަށް ހަމަޖެއްސެވި ބޭފުޅަކީ ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ ބްރަމެންދުރަންއެވެ. އޭނާ މަގާމާއި ހަވާލުވެފައިވަނީ 3 މަސްދުވަހުގެ ޕްރޮބޭޝަން ޕީރިއަޑަކަށްފަހު މުއްދަތު އިތުރުކުރާގޮތަށެވެ. މީނާ އަކީ މިފަދަ ޕްރޮޖެކްޓްތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމަށާއި ލަންކާއާއި އަދި އެހެނިހެން ބައެއް ގައުމުތަކުގައި ބައެއް ޕްރޮޖެކްޓްތައް މީނާ ހިންގަވާފައިވާ ކަމަށްވެސް އެނގިފައިވެއެވެ. އަދި މީގެ އިތުރުން މީނާއަކީ ހޯރޓިކަލްޗަރގެ ރޮނގުން މާސްޓަރސް ފެންވަރަށް ތައުލީމް ލިބިފައިވާ ބޭފުޅެއްކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.

މިމަގާމުގައި ކުރިންހުންނެވި އަބޫބަކުރު މުހައްމަދު 2007 ވަނަ އަހަރު މަގާމާއި ހަވާލުވެގެން ގައްދުއަށް ވަޑައިގެންނެވީ 1 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. ނަމަވެސް ފަހުން އިތުރު 1 އަހަރަށް އެފްއޭއޯ އިން ވަނީ އޭނާގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށްދީފަ އެވެ.

އާޕްރޮޖެކްޓްމެނޭޖަރ ގައްދޫ ޕާރޓްނަރޝިޕް ގްރޫޕަށް ތައާރަފްކޮށްދިނުމުގެ ގޮތުން މިރޭ އެގްރޫޕްގެ ބައްދަލުވުމެއް ބޭއްވިފައިވެއެވެ. ގައްދޫ ޕްރޓްނަރޝިޕް ގްރޫޕްގެ 3 ވަނަ ބައްދަލުވުން މިމަހުގެ 28 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވެއެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (1 ލިބިއްޖެ):

  19 May, 2009 09:18:40
avatar
ރަފްޓާ ޕްރޮޖެކްޓް ހިންގާ ބެލެހެއްޓުމަށް ގައްދޫ މީހަކަށް ތަމްރީނުދީ އުފެއްދުމަކީ ހަމަޔަޤީނުން ރަށަށް ލިބޭ ކުރިއެރުމަކަށްވާނެ.
ބަރާބަރު ސަކަރާތް
0
ޖުމްލަ: 1 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 1

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
1.00