ފުރަތަމަ ސަފްހާ | ޚަބަރު | ގަމުން ވެލާކަތިލުމުގެ މައްސަލަ އަނެއްކާވެސް ކުރިމަތިވެއްޖެ

ގަމުން ވެލާކަތިލުމުގެ މައްސަލަ އަނެއްކާވެސް ކުރިމަތިވެއްޖެ

ފޮންޓް ސައިޒް: Decrease font Enlarge font

ފަހަކަށް އައިސް ގަމުން ގިނަ އަދަދެއްގެ ވެލާތަކެއް ކަތިލަމުން ގެންދާކަމަށްވޭ.

ގައްދޫ އާއި ޖެހިގެން އޮންނަ ގދ. ގަމަށް އަރާވެލާތައް ބަޔަކު ކަތިލަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ. މިގޮތުން ގަމަށް އަރާ ގިނައަދަދެއްގެ ވެލާތައް އޭތީގެ މަހާއި ވެލާބިހުގެ ބޭނުމުގައި ކަތިލާ، ވެލާ މަހާއި ވެލާބިސް ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ފޮނުވަމުންދާކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

ގަމަށް އަރާވެލާތަކުގެ ބިސް ނެގުމާއި ވެލާކަހަނބުތަކަށް ގެއްލުން ދިނުމަކީ ސަރުކާރުން މަނާކޮށްފައިވާ ކަމެއް ނަމަވެސް ކައިރި ރަށްރަށުންނާއި ގައްދޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު މިކަން ހުއްޓުމެއްނެތި ކުރަމުންދިޔުމަކީ ހިތާމަހުރި ކަމެކެވެ. މިކަމަކީ ހުވަދު އަތޮޅަށް ޓޫރިޒަމް ތައާރަފްވަމުން އަންނައިރު މިކަމުގެ ސަބަބުން ނުބައި އަސަރުތަކެއް ކުރިމަތިވާނެކަމެކެވެ.

އެހެންކަމުން ކޮންމެވެސް ބަޔަކު އިސްނަގައިގެން މިފަދަ ވިޔާނުދާ އަމަލްތައް ހުއްޓުވަން މަސައްކަތް ކުރުމަކީ މިއަދާއި މުސްތަގްބަލްގެ ޖީލަށްޓަކައި ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. މިފަދަ ކަންކަން ހުއްޓުވުމުގައި ގަވާއިދާއި ގާނޫން ހިމާޔަތް ކުރަން ތިބި ފަރާތްތަކާއި ޖުމްލަ ގޮތެއްގައި މުޅި މުޖްތަމައުގެ ޒިންމާތަކެއް ވާކަން ޔަގީނެވެ.

ތަންކޮޅެއް ކުރިން ގައްދޫ ރަށްކުރިއަރުވާ ކޮމިޓީގެ ފަރާތުން ގަން ބެލެހެއްޓުމަށް މީހަކު ބަހައްޓާފައި ވީނަމަވެސް މިހާރު ގަމުގައި އެއްވެސް މީހެއް ނުހުރެއެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (1 ލިބިއްޖެ):

  02 June, 2009 09:27:12
avatar
ކުރިމަތީގައި ތިކަންކުރާއިރު ،ލޮލޮގައި ފޮތިއަޅާފައި ނެތް ނަމަ ފެނުނީސް. ތި ކަން ގައްދޫގައި ފާޅުކަން ބޮޑު ކޮށް ބަޔަކު ކުރާއިރު ،ފިޔަވަޅު ނޭޅެންވީ ކީއްވެތޯ؟ ވެލާބިސް ގޭގޭއިން ވިއްކަން ހުންންއިރު ،އެއްމެ ކުޑަމިނުން ވެލާބިސް ހޯދީ ކޮންތާކުންތޯ އަހާލެވެނޭ ވެރިއެއް ރަށުގައި ނެތީތޯ؟މި ފަދަ ކުށްވެރިން ނަށް ނަސޭހަތްދޭނެ ނަސޭހަތްތެރިޔަކު ނެތްކަމަށް ވާނަމަ،އަމުރު މައުރޫފު ނު ހިއްގޭ ނަމަ މި ބާވަތުގެ އަމަލުތައް ފާޅުކަންބޮޑު ކޮށް ކުރާނެ..ރަށުގައި އަޑުގަދަ މީހާރުށްގިނަވެ،ގޮށްމުށުގެ ބާރުހުރު މީހާ ހިތުހުރި ގޮތަކަށް އުޅެން ދޫކުރެވިފައިވާނަމަ މި ބާވަތުގެ ގާނޫނާ ޚިލާފު އަމަލު ތަކުން ރަށުގެ ބުރަސޫރަ "ތަގައްޔަރު "ވެދާނެ..ހޭލުންތެރި ވަމާތޯ؟
ބަރާބަރު ސަކަރާތް
0
ޖުމްލަ: 1 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 1

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
0