ފުރަތަމަ ސަފްހާ | ޚަބަރު | ގައްދޫ ރައްޔިތުންނަށް ބެހުމަށްޓަކައި މޭވާގަސްތަކެއް ގައްދުއަށް ގެނެސްފި

ގައްދޫ ރައްޔިތުންނަށް ބެހުމަށްޓަކައި މޭވާގަސްތަކެއް ގައްދުއަށް ގެނެސްފި

ފޮންޓް ސައިޒް: Decrease font Enlarge font
image ގަމުން ގެނައި މޭވާ ގަސްތައް ޕިކަޕުން ބާލަނީ

މިގަސްތަކަކީ ގައްދޫ ފެހިކުރުމާއިބެހޭ ޕްލޭންގެ ދަށުން ބެހުމަށް ހަމަޖެހިފައިވާ ގަސްތަކެއް

ރަފްޓާ ޕްރޮޖެކްޓްގައި ހިމެނޭ ބައެއް ކަމަށްވާ ގައްދޫ ފެހިކުރުމުގެ ޕްލޭންގެ ދަށުން ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާ މޭވާގަސްތަކެއް ގދ. ގަމުން ގައްދުއަށް މިއަދު ގެނެސްފިއެވެ.

މިމޭވާ ގަސްތައް، އިންދުމަށް ބޭނުންވާ ސައިޒަށް ބޮޑުވަންދެން  މުޑުވައްކޮށްފައިވަނީ ގަމުގައި ތައްޔާރުކޮށްފައިވާ ނާސަރީއެއްގައެވެ. މިނާސަރީގައި މޭވާ ގަސްތަކުގެ އިތުރުން ތަފާތު އެކި ވައްތަރުގެ ގަސްތައް މުޑުވަށް ކޮށްފައިވެއެވެ. 

ނާސަރީގައި އިންދާފައިވާ ގަސްތަކުގެ ތެރޭގައި ހިމެނޭ ފިތިރޯނުގަސްތަކުގެ ތެރެއިން ބައެއް މިހާރުވަނީ ބަފަރޒޯން ނަމުގައި ހަމަޖައްސަވާފައިވާ ސަރަހައްދުގައި އިންދާފައެވެ.

ގައްދޫގެ ގޭގެއަށް ބެހުމަށް ހަމަޖެހިފައިވާ މޭވާ ގަސްތައް ބަހާނެގޮތުގެ އިންތިޒާމް ގައްދޫ ޕަރޓްނަޝިޕް ގްރޫޕްގެ މެދުގައި މަޝްވަރާކުރުމަށްފަހު ވަރަށް އަވަހަށް ނިންމާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. ގޭގެއަށް ބެހުމަށް ހަމަޖެހިފައިވާ މޭވާ ގަސްތަކުގެ ތެރޭގައި އަނބާއި، ފޭރު އަދި އަތަގަސްފަދަ ބައެއް ގަސްތައް ހިމެނެއެވެ.

ނާސަރީގައި މުޑުވައްކޮށްފައިވާ ގަސްތަކުގެ ތެރެއިން ބައެއް މޭވާ ގަސްތައް މަދުވެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (1 ލިބިއްޖެ):

  02 June, 2009 09:34:20
avatar
ފެހިވެފައި ،ހިޔާބޮޑުވެފައި ،މޭވާލިބޭ ކަމަށް ވާނީ ގަސްތައް ފޯވާހެން ހީވެލީމާ ބުރި ކުރުން ކަމަށް ދެކޭބަޔަކު ،ގައްދޫގެ ފަސްގަނޑުގައި އުޅޭނަމަ މިއީ ކާމިޔާބު މަސައްކަތަކަށް ނުވާނެ..ކުރިމަގު އުޖާލާ ކުރުމަށް ކުރެވޭ ބުރަ މަސައްކަތުގައި ރަށުގެ ކުދި ބޮޑު ޒުވާން. މުސްކުޅިން އެކަތި ގަނޑަކަށް ހެދުމަށްޓަކައި ސޯޝިއަލް ގެދަރިންގު ފަދަ ހަރަކާތްތައް ބޭއްވުން މުހިއްމު ކަމަށް ފެނޭ..
ބަރާބަރު ސަކަރާތް
0
ޖުމްލަ: 1 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 1

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
މިލިޔުމަށް ޓެގެއް ނެތް
ރޭޓިންގ އެއް ދިނުމަށް
3.50