ފުރަތަމަ ސަފްހާ | ޚަބަރު | މުޅިރާއްޖެއިން ތައުލީމީގޮތުން އެންމެ ފެންވަރުދަށް 10 ސްކޫލްގެ ތެރޭގައި ގައްދޫ ސްކޫލް ހިމެނިއްޖެ

މުޅިރާއްޖެއިން ތައުލީމީގޮތުން އެންމެ ފެންވަރުދަށް 10 ސްކޫލްގެ ތެރޭގައި ގައްދޫ ސްކޫލް ހިމެނިއްޖެ

ފޮންޓް ސައިޒް: Decrease font Enlarge font

ސްކޫލް ހިންގުމުގައި ތަފާތު މައްސަލަތައް ކުރިމަތިވެ ކުދިންގެ އަޚްލާގްވަނީ ވަރަށް ބޮޑަށް ގޯސްވެފައި.

2008 ވަނަ އަހަރުގެ ނަތީޖާ ދައްކާގޮތުން މުޅި ރާއްޖެއިން އެންމެ ފެންވަރު ދަށް 10 ސްކޫލްގެ ތެރޭގައި ގދ. އަތޮޅުމަދަރުސާ ހިމެނިއްޖެއެވެ. މިކަން ހާމަކުރެއްވީ ސްކޫލްގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންތައްތަކާއި ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބެލުމަށްޓަކައި ގައްދުއަށް ވަޑައިގެންއުޅުއްވާ އަޕަރ ޕްރޮވިންސްގައި ހުންނެވި ތައުލީމީ ކަންތައްތަކާއިބެހޭ އެންމެ އިސްފަރާތްކަމުގައިވާ އަލްފާޟިލް އަހުމަދު ޝަކީލެވެ.

ޝަކީލުގެ އިތުރުން މިދަތުރުގައި އަޕަރ ސައުތް ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު މުހައްމަދު ޝަރީފާއި ގދ. އަތޮޅުގެ ދެ ސްކޫލެއްގެ ޕްރިންސިޕަލުން މިދަތުރުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބޭފުޅުންވަނީ މިކަމާއި ބެހޭ މައުލޫމާތުތައް ހޯދުމަށްޓަކައި ރަށުގެ ތަފާތު ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ހޯއްދަވާފައެވެ. އަދި މިއަދުގެ އެކި ގަޑިތަކުގައި އެފަރާތްތަކާއި ބައްދަލުކޮށްލަން ބޭނުންވާ ފަރާތްތަކާއި ބައްދަލުކުރުމުގެ ދޮރުވެސް ވަނީ ހުޅުވާލެވިފައެވެ.

ސްކޫލްގައި ހުރި މައްސަލަ ތަކާއި އަދި ރަށުގެ އެހެނިހެން ބައެއް ކަންތައްތަކާއި ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށްޓަކައި ރޭ ގދ. އަތޮޅު މަދަރުސާގައި ބޭއްވި ބައްދަލުވުމެއްގައި ގައްދޫގެ ލޭންޑް ޔޫސް ޕްލޭން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް މުހައްމަދު ޝަރީފް ވިދާޅުވިއެވެ. އަދި ގަމުން ވެލާ ކަތިލުން ހުއްޓާލުމާއި ބެހޭގޮތުންނާއި އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ރާއްވަމުން ގެންދަވާ ކަމުގައިވެސް މިނިސްޓަރުގެ ނައިބު މުހައްމަދު ޝަރީފް ރޭގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ގދ. އަތޮޅުމަދަރުސާގެ މެނޭޖްމެންޓާއި ޓީޗަރުން އަދި ބެލެނިވެރިންގެ މެދުގައި ބައިބައި ވުމާއި ޚިޔާލުތަފާތުވުން ވަރަށް ބޮޑަށް އުފެދިފައިވެއެވެ. މިމައްސަލައިގައި މަދަރުސާގެ ޕްރިންސިޕަލާއި އަދި ހެޑްމާސްޓަރ ސްކޫލް ދޫކޮށް ވަޑައިގަންނަވާ ގޮތަށް ވަނީ ނިންމާފައެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (17 ލިބިއްޖެ):

  11 July, 2009 04:26:26
avatar
ގައްދޫ ސްކޫލްގެ ކިޔެވުން ދައްވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ޓީޗަރުންނާއި، ދަރިވަރުން އަދި ބެލެނިވެރިންނާ ދެމެދު އޮންނަން ޖެހޭ ގުޅުން ކުޑައީއެވެ. އެކްކު އަނެކަކަށް ކުރަންޖެހޭ އިތުބާރު ނެތީއެވެ. އެކަކު އަނެކަކާ ވާހަކަ ދެކެވޭލެއް މަދީއެވެ. އެކަކުވެސް ތިމާގެ ކުށް ޤަބޫލުނުކުރަނީއެވެ. އެކަކުވެސް ތިމާގެ ކުރެވޭ ކަން ތައްތައް ރަނގަޅު ކުރަން މަސައްކަތް ނުކުރަނީއެވެ. އެންމެންވެސް އަމިއްލަ މަސްލަހަތަށް ވިސްނަނީއެވެ. އެހެން މީހުންނާ ދޭތެރޭ ނުވިސްނަނީއެވެ. ............. ބެލެނިވެރިން އެމީހުންގެ ދަރިންނަށް ބަލަންވާވަރަށް ނުބަލަނީއެވެ. އެކުދިން އެކުޅެން ދަނީ ފިލވަޅު ނިންމާފަތޯ ނުބެލެނީއެވެ. އެކުދިން ފިލާވަޅު ދަސްކޮއްފިތޯ ނުބެލެނީއެވެ. ކުދިން އެކުދިން ފިލާވަޅު ހެދިތޯ މަންމަ ނުބަލާތީ ފިލާވަލަށް އަޅާ ނުލެވެނީއެވެ. ކްލާހުގައި ޓީޗަރުން ކިޔާދޭ އެއްޗެހި އަޑުނޭހެނީއެވެ. މަދު ހެޔޮވިސްނޭ ބެލެނިވެރި ކަމުގެ ދަށުން ސްކޫލަށް ހެޠޮނިޔަތުގައި އަންނަ ކުދިންނަށް އުނދަގޫ ކުރެވެނީއެވެ. ޓީޗަރުންނަށް ކުދިނަށް ފިލާވަޅުނެގިޔަ ނުދެނީއެވެ. ސްކޫލުން މިކަމާ ދޭތެރޭފިޔަވަޅު ނޭޅެނީއެވެ. ސްކޫލްގައި ދަރިވަރުން ކިޔަމަން ތެރިކަން އަދާކުރާ ޓީޗަރެއް ނުހުރެއެވެ. ކުދިން ކިޔެވުމާދެތެރޭ ދެކެނި ވަރަށް ތަފާތުކޮށެވެ. ހުރިހާ އެންމެންގެ ވިސްނުން ބަދަލުކޮށްގެން ނުނީ ގައްދޫ ސްކޫލަކަށް ކުރިއެރުން ނުލިބޭނެއެވެ. .........ގައްދޫއަށް ހެޔޮއެދޭޒުވާން ދަރި އެއް (އިސްމާއިލް އަޒްމިން)..........
ބަރާބަރު ސަކަރާތް
0
  10 June, 2009 01:02:03
avatar
އަޅުގަނޑު ދަންނަވާނީ ކުދިންގެ ފެންވަރު ދަށްވުމުގަ މުދައްރިސުންނާއި މެނޭޖްމެންޓްގެވެސް ވަރަށް ބޮޑު އިހްމާލެއް އެބައޮތޭ. ބައެއް ދިވެހި މުދައްރިސުންނާއި ޚާއްސަކޮށް ބިދޭސީ ޓީޗަރުން ޓެސްޓް ޕޭޕަރ ކުދިންނަށް ކިޔާދޭ ކަމަށްވޭ. ބެލެނެވެރިން ހިތްހަމަ ޖެއްސުމަށް ޓާމް ޓެސްޓްގައި ރަނގަޅު ނަތީޖާ ލިބިފައި އޯލެވެލްގައި ޔޫސެޓެއް ލިބޭއިރު މިވަނީ ކީއްކަމެއް ސްކޫލްމެނޭޖްމެންޓުން ބަލާ އެކަމާއިބެހޭގޮތުން މުދައްރިސުން ޖަވާބުދާރީ ކުރުވާ ތަނެއް ނުފެނޭ. ޓީޗަރުން ވެސް ފެންނަނީ ހަމައެކަނި ލިބޭ މުސާރައަށް ކިޔަވައިދެނީހެން. މި ތަނުގައި ފެންވަރު ރަނގަޅު މުދައްރިސުން މިހާރު އެބަތިބި. އެހެންވީމަ ނަތީޖާ ދަށްވާންޖެހޭ ސަބަބެއް ނެތް. ޚާއްސަކޮށް ދަށްގްރޭޑްތަކުގައި ކިޔަވާ ކުދިންގެ އިގިރޭސި ފެންވަރު ރަނގަޅުވެގެން ނޫނީ ކުދިންނަށް ކުރި އެރުމެއް ނުލިބޭނެ.
ބަރާބަރު ސަކަރާތް
1
  10 June, 2009 11:24:48
avatar
ގައްދޫ ސްކޫލުގެ ފެންވަރު ވަޒަންކުރެވެން ފެށުނީ އޯލެވެލް ހަދަން ފެށި ހިސާބުން. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ގައްދޫ ސްކޫލުގެ އޯލެވެލް ނަތީޖާ އަބަދުވެސް އޮތީ ވަރަށް ދަށްކޮށް. އެހެން ވީމާ ގައްދޫ ސްކޫލް އޮތީ އޭޕީ ސްކޯގައި ކުރި ނާރާ ސްކޫލެއްގޮތުގައި. އެހެން އޮއްވައި އެހެން ސްކޫލުތައް ކުރި އަރައި ދިޔައީ. އޭގެ ނަތީޖާ އެއްގެ ގޮތުން އެންމެ ދަށް 10 ސްކޫލުގެ ތެރެއަށް ގައްދޫ ސްކޫލް ދިޔައީ.
ބަރާބަރު ސަކަރާތް
1
  10 June, 2009 10:47:22
avatar
ގައްދޫ މަދަރުސާގެ ހާލަތުގެ ވާހަކަ ދައްކާ އިރު މިނިސްޓްރީ ކުއްވެރިކުރުމަކީ އެހާ ތާކުންތާކު ޖެހޭ ވާހައެއްކަމަށް ޤަބޫލެއްނުކުރެވޭ،ސަބަބަކީ ރާއްޖޭގެ ގިނަ މަދަރުސާ ތައް އަހަރަކަށްވުރެ އަހަރެއްދަނީ ކުރިއަރަމުން، މިސާލެއް ގއ.ދާންދޫ މަދަރުސާ ނަތީޖާ ރަގަޅުކަމުން މިއަހަރު އޭލެވެލަށް ކިޔަވައިދޭ،އެއީ އަދި 15ވަރަކަށް އަހަރުވީ މަދަރުސާއެއް، އަޅުގަޑުމެންނަށް މިވީ ވަރަކީ ދުވަސްވީވީހެއްނޫން ތަނުގެ ފެނަވަރުދައްވެގެން ގްރޭޑް 7ގެ ފެންވަރުވެސް ނެތީ،މީގެ އެންމެ ބޮޑު އެއްމައްސަލައަކީ ގައްދޫ ގެ ބެލެނިވެރީންނަކީ ހޭލުންތެރިބަޔަކަށްނުވެ އަބަދުވެސް ޒާތީގޮތްގަޑެއް ގެންގުޅޭ ބަޔަކަށް ވުން، އަދި އެމުޖުތަމައެއް ހަރުދަނާ މުޖުތަމައެއްކަމަށް ވުމުގެ އަސްލު ހަރުދަނާ ޒުވާނުން ގައްދޫގައި ނެތުމަކީވެސް މީގެ އެއްމައްސަލަ،ގައްދޫގެ ޒުވާނުންގެ އާބާދީގެ %80މީހުންނަކީ މަސްތުވާ އެއްޗެހީގެ ޝިކާރާގައިޖެހިފައިވާމީހުން، މި ބައިމީހުންގެ ދަރިން މިއަދު މިއުޅެނީ މަދަރުސާގައި، ކޮންބައެއްތޯ އެކުދީންނާ އަޅާލާނީ،ނަމަވެސް ގައްދޫ އެއްވެސް މީހަކު ޤަބޫލެއްނުކުރޭ ގައްދޫ މީހުންގެ ކުރިމަގެއް އޮތްކަމަށް އަބަދުވެސް ވިސްނުން ހުންނަ ގޮތަކީ މިއަދުގެ ކަނަތައްހަމަޖެހުނީމަ ނިމުނީކަމަށް ހަމައެގޮތައް މަދަރުސާ އައް ދަރީން ދިޔާމަ ނިމުނީ ފިޅަވަޅުދަސްކުރޭތޯ މަދަރުސާގަ ކުރީ ކޮންކަމެއްތޯ ބަލާނެ އައްވެސް ބެލެނިވެރިޔަކުނެތް. އޭގެ ކުޑަ މިސާލެއް ގައްދޫގެ ވަށާ ގަސްއިންދި ދުވަހު ކަންހިނގާދިޔަގޮތް. އަޅުގަޑަކީ އެތާހުރިމީހެއް ގައްދޫގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަކީ ވަރައްހުތުރު މަންޒަރުތަކެއް ޖަމާއަތުގެ އެއްބައިވަންތަ ކަމުގެ ރޫހެއް ނުފެނުނު. ނަމަވެސް އެގަހުން ފާއިދާ ލިބިގެންދާނީކީ އެގަސް އިންދަންދިޔަ މަދުބަޔަކަށްނޫން. މުޅިރަށުގެ ހުރިހާ ރައްޔިތުންނަށް،އަދި ދުނިޔޭގެ ތިމާވެށީގެ ދުވަހު 2700 އާބަދީގެ ތެރެއިން 6 މީހަކު މުޅިރަށުގެ ގޮޑޮދޮށްސާފުކުރަން ނުކުތުމަކީ ގައްދޫގެ ހުރިހާ ރައްޔިތުން ލަދުގަންނަން ޖެހޭ ކަމެއް، އެކަމަކު އަޅުގަޑު ދެކުނިން ރިޔާސީ ކެންޕޭނުގައި ހުދުމުޙުތާރު އަނިޔާވެރި ގައްދޫރައްޔިތުން އަސާސީ ހިދުމަތްތަކުން ބަރީއަ ކުރި މައުމޫނު ނަގަހައްޓަންވެސް މުޅި ގައިގާ ފޮޓޯ ފަދަ ތަކެތި އެލުވައިގެން ގައްދޫގެ ރައްޔިތުން މަގުތަކުގައި ނެށިދުވަސް. ކީއްވެތޯ މިއަދު އެބައިމީހުން ނުނިކުތީ ގޮޑޮދޮށްސާފުކުރަން ނޫނީ މަދަރުސާ ކުރިއަރުވަން، ވީމާ މިހިރި އަޅުގަނޑުމެން އެންމެންވެސް ފުންކޮށް ވިސްނަންޖެހޭ ކަންތައްތައް. މަދަރުސާއާއިބެހޭގޮތުން އަޅުގަޑަށްފެންނަ ގޮތަކީ މިހިނދުންމިހިނދަށް މަދަރުސާ އަކީ ޕްރައިވެޓް ޕާޓްނާޝިޕެއްގެ ދަށުން ހިންގާތަނެއްގެ ގޮތުގައި ސަރުކާރުން ނިންމަވައި ކުރިއަށް ގެންދެވުމަށް ނޫނީ ކުރިއައްއޮތަތަނުގައި ގދ.އަތޮޅުމަދަރުސާ އަކީ ބަޔަކަށް ބޭނުމެއްނުހިފޭ ތަނެއްގެ ގޮތުގައި ވުމަކީ ވުން ގާތްކަމެއް.
ބަރާބަރު ސަކަރާތް
1
  10 June, 2009 01:01:52
avatar
އަޅުގަނޑުގެ ނަޒަރުގައި އެންމެންވެސް ސްކޫލުގެ ފެންވަރު ރަނގަޅުކުރަން ބޭނުމެވެ. ކުދިންގެ އަޚުލާޤާއި ތަޢުލީމީ ފެންވަރު މަތިވާން އެދެއެވެ. ނަމަވެސް މިކަމުގައި އަދާނުވެވިގެން މިއުޅެނީ އެމީހެއްގެ ޒިންމާއެވެ. ވީމާ ކޮންމެ މީހަކުވެސް އަދުންފެށިގެން އަޅުގަނޑުމެންގެ ސްކޫލުގެ ފެންވަރު ރަނގަޅުކޮށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތު ހަރުދަނާ ކުރުމަށްޓަކައި އެމީހަކަށް ވެވުނު ކަމެއްކުރުމަށް ޢަޒުމު ކަނަޑައަޅަމާ ހިނގާށެވެ. މިކަމުގައި އެންމެ ވަރުގަދަ ޢަޒުމެއް ކަނޑައަޅަންޖެހޭނީ ކިޔަވާ ކުދިންނެވެ. ބަޔަކު ކިތަންމެ މަސައްކަތްތަކެއް ކޮށްދިނަސް ކިޔަވާކުދިން ކުރާ މަސައްކަތަކުން ނޫނީ ރަނގަޅު ނަތީޖާއެއް ނުލިބޭނެއެވެ. އެއަށްފަހު މުދައްރިސުންނެވެ. ދަރިވަރުންހޯދާ ދަށް ނަތީޖާއަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރުވާކުޑަކަމުން ކަމުގައި ހަމައެކަނި ނުދެކޭށެވެ. އެއީ ކަންހުންނާނެ ގޮތް ކަމަށް ބަލައިގެން އެގޮންޖެހުންތައް ޙައްލުކުރެވޭނެފަދަ ގޮތަކަށް ތިޔަ ޓީޗަރުންގެ މަސައްކަތް ރާވާށެވެ. ކުދިންޓެސްޓަކުން ދަށްވެއްޖެނަމަ އަލުންއެބައި ރިވައިޒުކޮށް ހަދާށެވެ. އަދި އެޓެސްޓުގެ ނަތީޖާއަކީ ޤަބޫލުކުރެވޭ ފެންވަރަށްވުރެ ދަށްނަތީޖާއެއްނަމަ ޓީޗަރުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެއެވެ. އެކަންދަނެ މެނޭޖުމަންޓުންނާއި ޓީޗަރުން ގުޅިގެން ގޮތްތަކެއް ރާވައި އިތުރުގަޑި ނަގައިދީ އެފިލާވަޅުތަކެއް އަލުން ކިޔަވައިދީ އަލުންޓެސްޓުނަގަން ޖެހޭނަމަ ނަގައި ކުދިންގެ ފެންވަރު ދުވަހުން ދުވަހަށް ހަފްތާއިން ހަފްތާއަށް މޮނީޓަރ ކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމު ކުރާށެވެ. ދެންބެލެނިވެރިންނާއި ރަށުގެ އެންމެހާ އަފުރާދުން ވެސް އެމީހަކު އަދާކުރަންޖެހޭ ޒިންމާދަނެގެން ވެވުނު ވަރަކުން އެމީހެއްގެ ޒިންމާ އަދާކުރެވޭތޯ ބަލާށެވެ. ތިމާގެ ދަރިފުޅު ގޭގައި ފިލާވަޅު ކިޔަން ހޭދަކުރާ ވަގުތު އިތުރު ކުރެވޭތޯބަލާށެވެ. އެކުދިންގެ މަސައްކަތް ދުވަހުން ދުވަހަށް ނިންމާތޯ ޓެސްޓުތަކުން ލިބެނީ ކިހާ މާކުހެއްތޯ ފާސްވޭތޯ ނުވާނަމަ ނުވީކިޢްވެތޯ ދަށްވީ ކޮން ޔުނިޓަކުންތޯ ބަލައި އެޔުނިޓަކުން އިތުރަށް ފިލާވަޅު ދަސްކުރަން ޖެހޭކަން ވިސްނައި ދަރިވަރު ލައްވާ އެމަސައްކަތް ކުރުވުމަށްބާރުއަޅުއްވާށެވެ.މިގޮތުގައި އެއްވެސްމީހަކު ދޫދިނުމެއްނެތި އެއްވާނެއްގައި ގަދައަޅައި މަސައްކަތްކުރަނިކޮށް މިއީ ނުވެވޭވަރުގެ ކަމެއްނޫނެވެ. މީގެ ކުރިންވެސް ގދ. އަތޮޅުމަދަރުސާ ވާނީ އަތޮޅުގެ އެހެނިހެން ސްކޫލުތަކަށް ދޫނުކޮށް ތަފާތު ރޮނގުރޮނގުން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ވީމާ ލޮބުވެތި އެންމެހާ ދަރިވަރުންނާއި އެކުވެރި ޓީޗަރުންނާއި ރަށުގެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މިއަދު ނިކަމެތިކަމުން ސަލާމަތްވުމަށް އަތުކުރި އޮޅާލުމަށް އިލްތިމާސުކުރަމެވެ. އަޅުގަނޑު އެދެނީ ގދ. އަތޮޅުމަދަރުސާއަށް ފަގަތިކަމާއި ކުރިއެރުމެވެ. -އަހުމަދު ނާސިހް-
ބަރާބަރު ސަކަރާތް
2
  09 June, 2009 10:02:15
avatar
1985 ވަނަ އަހަރު ސްކޫލު ހުޅުވުނު ފަހުން އެކަށީގެންވާ ފެނވަރުގެ ތައުލީމީ ދަރިން ތައްޔާރު ކުރެވިފަ އެބަވޭ.. އަޅުގަނޑުވެސް މީ ސްކޫލުގައި ތައުލީމް ހާސިލް ކޮށް މަސައްކަތް ކުރި މީހެއް،ވީމާ ތަފަތު ފެނިފަ ހުރީ
ބަރާބަރު ސަކަރާތް
1
  09 June, 2009 08:11:43
avatar
1985 ވަނަ އަހަރު ގައްދޫ ސްކޫލް ހުޅަވައި ކިޔަވައި ދޭން ފެށިފަހުން ތިބުނާ ފެންވަރު ރަނގަޅު ކުދިން އެތަނުން ނުކުތް ކަމެއް އެނގިފައިނުވޭ. މިހާތަނަށް އައިއިރު ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ގޯސްވަމުން. ސްކޫލުގެ ފެންވަރު ދަށްވާން ދިމާވި މައިގަނޑު ސަބަބުތައް:

1. ކަމަށް އެކަށީގެންވާ ތަމްރީނާއި ހުނަރު ލިބިފައިވާ މެނޭޖްމަންޓެއް ސްކޫލުގައި ގާއިމު ނުކުރެވުން.
2. ސްކޫލުގެ ދާއިމީ ދިވެހި ޓީޗަރުންގެ ފެންވަރު މަތިކުރުމަށް 2003 ވަނަ އަހަރާއި ހަމަޔަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުން.
3. ސްކޫލުގެ ކިޔެވުން އެކަށީގެންވާ މިންވަރަށް ސްޕަވައިޒް ނުކުރެވުން.
4. ބެލެނިވެރިންނަކީ ސްކޫލުގެ ހަގީގީ މައްސަލަތައް ފާހަގަކުރެވޭ ފަދަ ހޭލުންތެރި ބަޔަކަށް ނުވުން
5. މުޖުތަމަޢުގެ އެއްވެސް މީހަކީ ތިމާގެ ކުށް ގަބޫލުކުރާ މީހަކަށް ނުވުން
6. ސްކޫލުގެ ސްޓާފުންގެ މެދުގައި ޒާތީ ހަސަދަވެރިކަން އިންތިހާއަށް ބޮޑުވެ، އެކަމަށް އެއްވެސް ޙައްލެއް ނުގެނެވުން
7. ގައްދޫގެ ވެރިންނާއި، ރަށްކުރިއަރުވާ ކޮމެޓީއިން ސްކޫލުގެ ކަންކަމާއި މެދު އެކަށީގެންވާ އަހްމިއްޔަތެއް ނުބެހެއްޓުން
8.ވެރިންނާއި ރައްޔިތުންނާއި ގުޅުމެއް ނެތުން.
9.ގައްދޫގެ ދަރިން 1990 އިން 2004 އާއި ހަމަޔަށް އާދަޔާއި ޚިލާފަށް ގިނައަދަދަކަށް މާލެއަށް ކިޔަވަން ދިޔައިރު، އެކަމަށް ރަށުގެ އެއްވެސް މަސްއޫލުވެރި ފަރާތަކުން ޙައްލެއް ނުހޯދުން.
10. ރަށުގައި ހަރުދަނާ ޒުވާނުން ހަރުލާނެ ފަދަ ގޮތެއް ނުހޯދުން

އަދި މިނޫނަސް މިފަދަ ވަރަށް ގިނަ ސަބަބުތައް ހިމެނޭ.

އަޅުގަނޑު ދެކޭ ގޮތުގައި މިކަން ޙައްލުކުރުމަށް މިހާރުން މިހާރަށް މިވަނީ ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހިފައި. އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ގޮވާލަނީ ހުރިހާ އެންމެން މިކަމުގައި އެއްތަންވެ، އެކައްޗެއް ކިޔާ އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ފަށަމާ ހިނގާށޭ!
ބަރާބަރު ސަކަރާތް
1
  07 June, 2009 06:09:30
avatar
އަހުމަދު ނާސިހް ގެ ވާހަކަތަކަށް ތާއީދުކުރެވެއެވެ.
ސްކޫލަށް މިހެން ދިމާވީ ބައިވަރުސަބަބުތަކަށްޓަކައެވެ. ތެދުތެދަށްދަންނަވަންޏާ ރަށު ސްކޫލު ދޫކޮށްދިޔަ ޓީޗަރުން މިކަމުގައި ގޯސްކުރެވޭކަށްނެތެވެ. އެބޭފުޅުން ދިޔައީ ހަމައެކަނި އަމިއްލަ އެދުމެއްގައޭ ނުބުނެވޭނެއެވެ. މިހާރުމިއޮތީ ޒަމާން ބަދަލުވެފަ. ކޮންމެމީހަކުވެސް އެމީހެއްގެ ކުރިއެރުމަށް ބަލަންޖެހޭ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ސްކޫލް ދޫކޮށް ދިޔަ ގިނަ ޓީޗަރުންނަކީ ސްކުލަށް ބޭނުންވެފައި ތިބިވަރައްވުރެ ގިނަވެފަތިބި މީހުން. އެއީ ދިވެހި މީޑިޔަމް އަށް ޓްރައިން ވެފަ ތިބި ބައެއް. އެހެން ކަމުން ސްކޫލަށްވެސް އެންމެ ރަނގަޅީ އަމިއްލައަށް އެމީހުން ދިޔުން.

އެހެން ނަމަވެސް އެޓީޗަރުންނާއިއެކު ވަރަށް އަގުހުރިއެއްޗެއް ގެއްލިގެން ދިޔަ. ކުރިން ހީނުކުރާ ގޮތަށް ކަންތައް ދިޔަ. ދިވެހި މީޑިޔަމާށް ކިޔަވައިގެން ތިބި "ގްރޭޑް 7" ގެ ފެންވަރު ނެތް ޓީޗަރުން ގެބަދަލުގައި އަލަށް އައި ކިޔަވައިގެން ތިބި މީހުންގެ ގައިގައި ރައްޔިތުން ގަބޫޅުކުރާ އަހުލާގާއި ސުލޫކެއްނެތް. ދެން މިބުނި ދިވެހި މީޑިޔަމް އަށް ކިޔަވައިދިން ޓީޗަރުންގެ ބަދަލުގައި ތިބީ ވަގުތީ ޓީޗަރުން. ދަށުގްރޭޑްތަކަށް ކިޔަވައިދިން މިޓީޗަރުންގެ ކިބައިގައި އިލްމެއްނެތެ. އަހުލާގެއްނެތް. ގިނަމީހުންނަކީ ގދ. އަތޮޅުމަދަރުސަޢިން އޯލެވެލވެލް ހަދާ ޔޫ ސެޓެއް ގެންނަ މީހުން. ދެން މިމީހުން ކޯއްޗެއް ކިޔަވައި ދޭނީ............
ދެން އޮތީ މެނޭޖްމެންޓްގެ ވާހަކަ. މިވާހަކަ ނުދެއްކިއްޔާ ރަނގަޅީ..

ދެން ރައްޔިތުންގެ އިހުމާލު. ވެރިން އަޅާނުލުން.
...
މިސާލު.... އަހުމަދު ނާސިހު...ސާމިހު. ނާފިޒު...ފާތިމަތު މަންސޫރު. ސާދިގާ...މިމީހުން ގެ ބަދަލުގައި އައި މީހުންނަކީ އަދަބެއް އަހުލާގެއް ނެތް މީޙުން...މިދިޔަ އަހަރުތަކުގައި ކިތައް މުދައްރިސުން ބަދުއަހުލާގީ އަމަލު ތަކާއި ހެދި ގޭގަ ބޭތިއްބި...

ކަމުވޮށިގެން ވާ މީހުން ގެ ދަރިން މާލޭގަ ... އެހެން ވީމަ އެމީހުން އަޅާނުލާ. މީގެ އިތުރުން ބެލެނިވެރިން ޒިންމާ ނުނަގާ
ބަރާބަރު ސަކަރާތް
2
  06 June, 2009 08:00:19
avatar
ތިއީ ވަރަށް ހިތާމަ ހުރި ޚަބަރެއް.ސްކޫލުގެ ނަތީޖާ ދައްވީމަ އޭގެ މާނަޔަކީ އެންމެން އިސްތިޢުފާ ދޭންވީއެކޭ އެއްނޫން. އަޅުގަނޑު ދެކޭ ގޮތުގަ މީގަ ބޮޑަށް އޮތީ ބެލެނެ ވެރިންގެ މައްސަލަ. ބެލެނެވެރިންގެ ސަބަބުން ސުކޫލުގެ ތިބި ހަރުދަނާ ޓީޗަރުން ރަށުން ފައިބަންޖެހުނީ ދެން މިހާރު ކޮންވާހަކައެއްދައްކާކަށް.. މިހާރުވެސް މާލޭގައި ގިނައީ ގައްދޫ ޓީޗަރުން އަދި އެތައް ކުދިން ތަކެއް ޓީޗީން ހަދަމުން އެބަދޭ. އެމީހުން ގައްދުއަށް ނުދާން އުޅެނީވެސް ހަމަ މިސަބަބަށްޓަކައި. އެންމެންވެސް ބޭނުންވަނީ ވެރިކަން. އެކަކުވެސް ގައްދުއަށް ތަރައްޤީ ގެންނާކަށް މަސައްކަތެއްނުކުރޭ. ދެންވެސް އެހެންމީހުންގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ބަދަލުގައި އެންމެން އަތުކުރި އޮޅާލައިގެން އިތުރު ހިތްވަރަކާއެކީ މަސައްކަތްކުރެވޭތޯ ބަލާބަލަ. -ޖޭމް-
ބަރާބަރު ސަކަރާތް
1
  05 June, 2009 04:15:13
avatar
ހުސް މައްސަލަ. ތި ސްކޫލް ހަލާކުވެގެން ތިދިޔައީ އެޑިއުކޭޝަން މިނިސްޓްރީގެ ވެސް ދޯދިޔާކަމުން. ތަނުގައި ތިބިހުރިހާ ކޮލިޓީ ދުރުވިސްނޭ ޓީޗަރުން އަމިއްލަ ފައިދާއަށްވަނީ މާލެ ބަދަލުވެފަ. ކޮންބައެއް މިކަމުގަ ޒިންމާ ނަގާނީ.
ދެން މުޅި ރަށް ހަސަދަވެރިކަމުން ފުރިފަ. ނާސިހް ބުނިހެން އެންމެން އެއްގަލަކަށް އަރައިގެން އެކަކު އަނެކަކަށް އިހްތިރާމް ކުރާ ދުވަހެއް ފެނިގެންނޫނީ ތި މުޖްތަމައު ރަނގަޅެއް ނުވާނެ.
-މގ-
ބަރާބަރު ސަކަރާތް
-1
1 2 next ޖުމްލަ: 17 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 10

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
1.00