ފުރަތަމަ ސަފްހާ | ޚަބަރު | ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ގައްދޫގެ ގޮނޑުދޮށް ސާފްކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ގައްދޫގެ ގޮނޑުދޮށް ސާފްކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ރައްޔިތުން ގެ ބަޔަކު ގައްދޫގެ ގޮނޑުދޮށް ސާފްކުރުމުގެ މަސައްކަތް ކުރަނީ

ސާފްކުރުމުގެ ޕްރޮގްރާމަށް ރައްޔިތުންގެ އެއްބާރުލެއްވުން ކުޑަކަން ފާހަނގަކުރެވޭ

ދުނިޔޭގެ ތިމާވެށީގެ ދުވަހާއިގުޅިގެން ގައްދޫގެ ގޮނޑުދޮށް ސާފްކުރުމުގެ ޕްރޮގްރާމެއް މިއަދު ހެނދުނު ބާއްވައިފިއެވެ. މިއަދު ހެނދުނު 09:00 ގައި ފެށި މިޕްރޮގްރާމަށް ރައްޔިތުންގެ ފަރާތން އެކަށީގެންވާ އެއްބާރުލުމެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ސާފްކުރުމުގެ މިޕްރޮގްރާމްގައި ގައްދޫގައި ގާއިމްކޮށްފައިވާ ބައެއް މުއައްސަސާތަކުގެ ބައެއް މީހުންނާއި ޒުވާނުންގެ އިތުރުން ރައްޔިތުންގެ ތެރެއިން މަދުބައެއް ހަރަކާތްތެރިވިއެވެ. މި ޕްރޮގްރާމަށް އެއްބާރުލުން ހޯއްދެވުމުގެ މަގްސަދުގައި ގައްދޫ އޮފީހުންވަނީ އާންމުންގެ ގިނަ ބައަކާއި ބައްދަލުކުރުމުގެ އިތުރުން ލައުޑް ސްޕީކަރ ބޭނުންކޮށްގެން މުޅިރަށަށް މި އެންގުން އަންގާފައެވެ.

ދުނިޔޭގެ ތިމާވެށި ދުވަހަކީ ކޮންމެ އަހަރެއްގެ ޖޫންމަހުގެ 05 ވަނަ ދުވަހު ފާހަގަކުރަމުންދާ ދުވަހެކެވެ. މިދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 1972 ވަނަ އަހަރު އދ. ގެ ޖެނެރަލް އެސެމްބްލީގެ ފަރާތުން ތިމާވެއްޓާއި ބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި "ސްޓޮކްހޯލްމް ކޮންފަރެންސް" ގެ ނަމުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މިއަހަރުގެ ތިމާވެށި ދުވަހުގެ ޝިއާރަކީ "ޔޯރ ޕްލެނެޓް ނީޑްސް ޔޫ ޔުނައިޓް ޓު ކޮމްބެޓް ކްލައިމެޓް ޗޭންޖް" މިއެވެ. 2009 ވަނަ އަހަރު ދުނިޔޭގެ ފެންވަރުގައި މިދުވަސް ފާހަގަކުރާގޮތަށް ހަމަޖެހިފައިވަނީ މެކްސިކޯގައެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (2 ލިބިއްޖެ):

  06 June, 2009 10:25:41
avatar
މުޖްތަމައެއް ކުރިއަރައި ދަނީ ބޮޑެތި ބިނާ ތަކެއް ހުރީމަކާއެއް ނޫން. އޭގެ ބަދަލުގައި އެމުޖްތަމައެއްގައި ތައުލީމީ ހުނަރުވެރި ހޭލުންތެރި ރައްޔިތެއް އުޅޭ މުޖްތަމައެއް ނޫނީ ކުރިއަކަށް ނުދާނެ. މިފަދަ އިޖްތިމާއީ މަސައްކަތްތަކަކީ އެންމެންވެސް އެއްބާރުލުން ދޭންޖެހޭ ކަންތައްތައް. ގޮނޑުދޮށް ތައް ސާފުވުމުން ހަމަ ރީތީވެސް އަހަރުމެންނަށް. މިހާރުވާގޮތަކީ ތިމާމެންނަށް ކިތަންމެ ފައިދާހުރި ކަމެއް ކުރަން ބަޔަކު އުޅުނަސް އެކަމެއްގެ ތެރެއަށް ޒާތީ ނުވަތަ ހަސަދަވެރިކަން ވައްދައިގެން އެކަމެއް ނުވޭތޯ ބަލަމުން ގެންދަނީ. މިފަދަގޮތަކަށް ކަންތައް ނުވާނެ ހޭލުންތެރި މުޖްތަމައު ތަކުގަ. މިފަދަ ކަންތައްތަކުން ގެއްލުން ލިބެނީ ތިމާމެން ނޫން ދެން ކޮންބަޔަކަށް ބާ؟ އެހެންވީމަ މިފަދަ ކަންތައް ރައްޔިތުންގެ ބޮލަށް ވައްދަން އުޅޭ މީސް މީހުން އެއްފަހަރުވެސް ތިމާމެންނަށް މިކުރެވޭކަމަކުން މުޖްތަމައެއް ފަސާދަވަމުން ދާކަން ވިސްނައި މިފަދަކަންތައް ހުއްޓުމަކަށް ގެނައުމަށް ގޮވާލަން. ހަމަ އެއާއެކު މިފަދަ އިޖްތިމާއީ ކަންތަކުގައި އެންމެން އެއްބާރުލުމަށް ގޮވާލަން.
ބަރާބަރު ސަކަރާތް
0
  05 June, 2009 05:39:55
avatar
އެކުވެރިކަމަކީ ގައްދޫމީހުންނަށް އާއެއްޗެއްހެން ހީވަނީ، ނޫނީ ޖަމާއަތުގެ މަސައްކަތުގައި ބައިވެރިވެ ރަށުގެ ތަރައްޤީއަށް ކަމެއްކުރުމަކީ ގައްދުމީހުންދަންނަ ކަމެއްނޫން.ނަމަވެސް ނާޖާއިޒު ފާއިދާއެއްމީހަކުއަތުން އެއީ ކޮންމެގޮތަކުން ކަމުގައިވިޔަސް ހޯދުމަކީ ގައްދޫގެ ގިނަމީހުންދަނަނަކަމެއް. ބަލަ ގައްދޫގެ ގޮޑުދޮށަށް ކުނިއަޅަނީ ގައްދޫ މީހުންނޫނަބާ! ހަމަގައިމުވެސް ތިނަދޫމީހުން ނޫނީ ވާދޫ މީހުން ގައްދޫގެ ގޮޑުދޮށަށް ކުނިއަޅާކަށްނާދޭ، ކީއްވެތޯ ގައްދޫ އޮފީހުން ގައްދޫގެ ގޮޑުދޮށަށް ކުނިއެޅުން މަނާނުކުރަންވީ، އަޅުގަޑު ދެކުނިން ބޮޑު ހަރަދު ކޮށްލާފަ ކުނިކޮށްޓެއް ހަދާފަހުރިތަން ކީއްވެތޯ އެތަނަށް ކުނި ނެއެޅިގެން އުޅެނީ.ބަލަ ގައްދޫ ރައްޔިތުން މީހުން ކިތަންމެ ނުރުހުނަސް މިފަދަ ޖަމާއަތުގެ ފާއިދާއަށް ކުރާކަންތައްތައް ނުކުރުމުން ގެއްލުންވާނި ހަމަގައްދޫގަ އުޅޭ ރައްޔިތުންނަށް، މިފަދަ ކަންތައްތަކަށްވެސް އަޅުގަޑަށް ހީވަނީ ކޮއްތު 30ފަދަ ހައިރާތެއް ކުރަން ހެންޖެހޭނީ...ކުރިމަގު--
ބަރާބަރު ސަކަރާތް
0
ޖުމްލަ: 2 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 2

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ލިޔުމާއިގުޅޭ ފޮޓޯތައް
ރޭޓިންގ އެއް ދިނުމަށް
1.00